Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ޤުރުއާން ދަސްކުރުމުގައި އެންމެ ބޮޑަށް ވިސްނަން ޖެހޭ ކަމަކީ ޤުރުއާން ދަސްކުރުމުން ﷲގެ ހަޒްރަތުން ލިބޭނެ ދަރަޖަ - ހުތުބާ

1 އޯގަސްޓު 2025 | ހުކުރު 08:56

ހުތުބާގައި ބުނެފައިވާ ގޮތުގައި ޤުރުއާން ދަސްކުރެވޭނީ ގިނައިން އަޑުއަހާ ގިނައިން ޤުރުއާން ކިޔަވައިގެން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 އޯގަސްޓު 2025 | ހުކުރު 08:56
ތުއްތު ކުއްޖަކު ޤުރުޢާން ކިޔަނީ

ތުއްތު ކުއްޖަކު ޤުރުޢާން ކިޔަނީ

ކީރިތި ޤުރުއާން ދަސްކުރުމުގައި އެންމެ ބޮޑަށް ވިސްނަން ޖެހޭ ކަމަކީ މާތްﷲ ވަޖުހުފުޅަށް އަދައިގެން ޤުރުއާން ދަސްކުރުމުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޒުތަރުން ލިބޭ މަތިވެރި ދަރަޖަކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ކީރިތި ޤުރުއާން ހިތު ދަސްކުރުން މި މައުޟޫއު އަށް ހުކުރު ދުވަހު ދިން ހުތުބާގައި ބުނެފައި ވަނީ ކީރިތި ޤުރުއާނަކީ އޭގެ އަކުރަށް ފިއްޔަކަށް ބަދަލު އައުމެއް ނުވާ ގޮތަށް ގިޔާމަތާއި ހަމައަށް ދެމިގެންދާ މުއުޖިޒާތެއް ކަަމަށެވެ. ކީރިތި ޤުރުއާން ރައްކާތެރިކުރައްވާނެ ގޮތްތައް މާތްﷲ ލައްވާފައިވާ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement
މުސްލިމް އަޙުންނޭވެ! ކީރިތި ޤުރުއާން ހިތު ދަސްކުރުމަކީ ދުންޔަވީ ހަޔާތާއި އުޚްރަވީ ހަޔާތުގައި ވެސް އޭގެ ފައިދާ އެ މީހަކަށް ލިބޭނެ ކަމެއް. ދުނިޔަވީ ފައިދާ ބަޔާންކުރައްވާ ރަސޫލާ ހަދީސްކުރައްވަނީ " ބަޔަކަށް އިމާމުވެ ނަމާދުކޮށްދޭހުށީ، އެ ބައިމީހުންގެ ތެރެއިން ﷲގެ ފޮތް އެންމެ ރަނގަަޅަށް ކިޔަވަން ދަންނަ މީހާ"އެވެ.
ހުތުބާ

މީގެ އިތުރުން ވެސް ޤުރުއާން ކިޔަވާ އެއަށް އަމަލުކުރުމުގައި ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މުހިންމުކަމަށް ހުތުބާގައި އަލިއަޅުވާލާފައިވެއެވެ. އެގޮތުން ކީރިތި ޤުރުއާންގެ މިންވަރެއް ހިތުގައި ނުވާ މީހާގެ މިސާލަކީ ވީރާނާވެފައިވާ ގެއެއްގެ މިސާލުކަމަށް ރަސޫލާ صلى الله عليه وسلم ވިދާޅުވެފައިވާކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ކީރިތި ޤުރުއާން ހިތު ދަސްކުރުމަކީ މަރުވުމަށް ފަހުގައި ވެސް އޭނާގެ ދަރަޖަ މަތިވެރިވާނެ ކަމެއްކަން ރަސޫލާ އަންގަވާފައިވާކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ އެހެނިހެން ޢިލްމުތައް ހާސިލްކުރުމަށް ފަސޭހަވާނެ ކަމެއް ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

އުންމަތުގެ ސަލަފުން އެ ބޭކަލުންގެ ދުވަސްވަރުގައި ޙަދީޘް ޢިލްމު އުނގަންނަވައިދެއްވުމުގައި އެ ބޭކަލުންގެ ދަރިވަރުން ކީރިތި ޤުރްއާން ހިތުދަސްކުރުން ލާޒިމުކުރެއްވިއެވެ. اَلْإِمَامُ النَّوَوِيْ رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ. "ސަލަފުންގެ ޒަމާނުގައި ކީރިތި ޤުރްއާން ހިތުދަސް ދަރިވަރަކަށް ނޫނިއްޔާ ޙަދީޘް ޢިލްމާއި ފިޤުހު ޢިލްމު އެބޭކަލުން އުނގަންނަވައެއް ނުދެއްވައެވެ." އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ހިތުގައި ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ޝައުޤުވެރިކަން އިތުރުކުރައްވައި ކީރިތި ޤުރްއާނަށް ލޯބި އިތުރު ކުރައްވާނދޭވެ!
ހުތުބާ

ހުތުބާގައި ބުނެފައިވާ ގޮތުގައި ޤުރުއާން ދަސްކުރެވޭނީ ގިނައިން އަޑުއަހާ ގިނައިން ޤުރުއާން ކިޔަވައިގެންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް