Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚާރިޖީ ވުޒާރާ

މާލެގެ ތޮށި މަރާމާތުކުރުމުގެ މަޝްރޫއަށް 10.5 މިލިއަން ޔޫ.އެސް ޑޮލަރުގެ އެހީއެއް ޖަޕާނުން ދެނީ

28 ޖުލައި 2025 | ހޯމަ 11:03

މި މަޝްރޫޢަށް ޖަޕާނު ސަރުކާރުން 10.5 މިލިއަން ޔޫއެސް ޑޮލަރުގެ އެހީ ދެއްވުމަށް ހަމަޖެހިފައިވޭ

އަލީ ޝާހީން
އަލީ ޝާހީން | 28 ޖުލައި 2025 | ހޯމަ 11:03
"އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ދިވެހި ސަރުކަރާއި ޖަޕާން ސަރުކާރާ ދެމެދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

"އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ދިވެހި ސަރުކަރާއި ޖަޕާން ސަރުކާރާ ދެމެދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޖަޕާން ސަރުކާރުގެ އެހީގައި މާލޭ ވަށައިލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫޢަށް ދެއްވުމަށް ހަމަޖެހިފައިވާ އެހީއާގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ދިވެހި ސަރުކަރާއި ޖަޕާން ސަރުކާރާ ދެމެދު ސޮއިކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބު، ޕާލަމަންޓްރީ ވައިސް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް މިސް އިކުއިނޯ އަކިކޯ އެވެ.

Advertisement - newsAdvertisement

މި "އެކްސްޗޭންޖް އޮފް ނޯޓްސް" ގެ ދަށުން ދެއްވުމަށް ހަމަޖެހިފައިވާ 10.5 މިލިއަން ޔޫ.އެސް ޑޮލަރު އަކީ މާލޭ ވަށައިލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫޢުގެ "ކޮންސްޓްރަކްޝަން ފޭސް" އަށް ދެއްވާފައިވާ އެހީއެކެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، މާލެ ވަށައިގެންވާ އެތޮށްޓަކީ ހަމައެކަނި ރައްކައުތެރިކަމުގެ ބިނާއެއް ނޫންކަމަށާއި، އެ ބިނާއަކީ ދެ ގައުމުގެ ދުވަސްވީ ގާތްގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެއްކަމަށެވެ. އަދި 2004 ވަނަ އަހަރުގެ ސުނާމީ ކާރިޘާގައި ވެރިރަށް މާލެއަށް ލިބިގެންދިޔަ ރައްކައުތެރިކަމަކީ މާލޭ ވަށައިލާފައިވާ ތޮށީގެ ސަބަބުން ލިބިގެންދިޔަ ހިމާޔަތްކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ޑރ، ޚަލީލް ވިދާޅުވީ، ދެ ޤައުމު ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބާ 2027 ވަނަ އަހަރު ފާހަގަކުރެވިގެންދާނެ ކަމަށެވެ.

އެރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބްގެ އިތުރުން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއާއި ޚާރިޖީ ވުޒާރާގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ޖަޕާން އެމްބަސީއާއި ޖައިކާ އޮފީހުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2018

މި އަހަރު އަލިފާނުގެ 105 ހާދިސާއެއް، ގޭސް ލީކްވުމުގެ 65 ހާދިސާއެއް ހިނގާފައިވޭ: އެމްއެންޑީއެފް

31 ޑިސެމްބަރު 2018
މި އަހަރު އަލިފާނުގެ 105 ހާދިސާއެއް، ގޭސް ލީކްވުމުގެ 65 ހާދިސާއެއް ހިނގާފައިވޭ: އެމްއެންޑީއެފް
06 އޮކްޓޯބަރު 2018

ތ. ގުރައިދޫ ބަނދަރު ނުރައްކަލެއްގައި: ތޮށިގަނޑުގެ ދަށުން ވެލިގަނޑު ވަނީ ދަމައިގެންފައި

06 އޮކްޓޯބަރު 2018
ތ. ގުރައިދޫ ބަނދަރު ނުރައްކަލެއްގައި: ތޮށިގަނޑުގެ ދަށުން ވެލިގަނޑު ވަނީ ދަމައިގެންފައި
21 އޯގަސްޓު 2018

ފިޔާތޮށި ކުލަ އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭނޭ ކަމަށް ބުނެފި

21 އޯގަސްޓު 2018
ފިޔާތޮށި ކުލަ އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭނޭ ކަމަށް ބުނެފި
30 ޖުލައި 2018

ކުޑަރިކިލުގެ ބޭރު ތޮށި ލައިދީ ނަރުދަމާގެ ނިޒާމް ރަނގަޅު ކޮށްދޭނަން: އިބޫ

30 ޖުލައި 2018
ކުޑަރިކިލުގެ ބޭރު ތޮށި ލައިދީ ނަރުދަމާގެ ނިޒާމް ރަނގަޅު ކޮށްދޭނަން: އިބޫ
16 އެޕްރީލު 2018

ފަރެސްމާތޮޑާގެ ބަނދަރުގެ މަސައްކަތް ނިމުނުތަނާ، ތޮށިގަނޑުން ބައެއް ވެއްޓިއްޖެ

16 އެޕްރީލު 2018
ފަރެސްމާތޮޑާގެ ބަނދަރުގެ މަސައްކަތް ނިމުނުތަނާ، ތޮށިގަނޑުން ބައެއް ވެއްޓިއްޖެ
15 އެޕްރީލު 2018

މާލޭ އީސްޓް ކޯސްޓް ބޭރު ތޮށި ހެދުމަށް އެމްޓީސީސީއާއި ހަވާލު ކޮށްފި

15 އެޕްރީލު 2018
މާލޭ އީސްޓް ކޯސްޓް ބޭރު ތޮށި ހެދުމަށް އެމްޓީސީސީއާއި ހަވާލު ކޮށްފި
12 އެޕްރީލު 2018

ރިންގް ރޯޑް މަޝްރޫއަށް މާލޭގެ ބޮޑެތި ގަސްތައް ކަނޑަމުންދާތީ ސިޓީ ކައުންސިލުން ރަތަށް!

12 އެޕްރީލު 2018
ރިންގް ރޯޑް މަޝްރޫއަށް މާލޭގެ ބޮޑެތި ގަސްތައް ކަނޑަމުންދާތީ ސިޓީ ކައުންސިލުން ރަތަށް!
22 މާރިޗު 2018

މިއަދުވެސް ޝެއިހް އިމްރާން ޑޮކްޓަރަށް ދެއްކުމަށް މާލެގެނެސްފި

22 މާރިޗު 2018
މިއަދުވެސް ޝެއިހް އިމްރާން ޑޮކްޓަރަށް ދެއްކުމަށް މާލެގެނެސްފި
29 އޯގަސްޓު 2017

ދެކުނު ފަރާތުގައި އަލަށް ހެދި ނެރު ކައިރީ އޮތް ތޮށިގަނޑަށް އަނެއްކާވެސް ލޯންޗެއް އަރައިފި

29 އޯގަސްޓު 2017
ދެކުނު ފަރާތުގައި އަލަށް ހެދި ނެރު ކައިރީ އޮތް ތޮށިގަނޑަށް އަނެއްކާވެސް ލޯންޗެއް އަރައިފި
14 މާރިޗު 2017

ދިއްދޫ އަބުރު ފަންޑަަށް 23،105 ލިބިއްޖެ

14 މާރިޗު 2017
ދިއްދޫ އަބުރު ފަންޑަަށް 23،105 ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް