Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ރައްޔިތުން ލަދުގަންނަވާލާ މުއިއްޒު ކުޑަކަކޫ ޖެއްސެވި 500 މިލިއަން ޑޮލަރު؟

28 ޖުލައި 2025 | ހޯމަ 11:01

ރައީސް މުއިއްޒު އިންޑިޔާއަށާއި އިންޑިޔާގެ ވެރިންނަށް ވަރަށް ބޮޑަށް ކުރިން ފާޑު ވިދާޅުވިއެވެ. ރާއްޖެއަށް ނުފޫޒު ފޯރުވާކަމަށް ވިދާޅުވިއެވެ. އެކަމަކު ރައީސްގެ ރާގު މިހާރު ވަނީ ބަދަލުވެފައެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 28 ޖުލައި 2025 | ހޯމަ 11:01
ސަލްޓަންޕާކް ގައި ގަސް އިންދުމުގެ ތެރެއިން

ސަލްޓަންޕާކް ގައި ގަސް އިންދުމުގެ ތެރެއިން

އިންޑިޔާ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެން މިހާރު އެވަނީ އެނބުރި ގައުމަށް ވަޑައިގަންނަވާފައެވެ. އެކަމަކު އަދިވެސް އެކަމުގެ ވާހަކަތަކާއި ފޮޓޯތައް ސޯޝަލް މީޑިޔާގައި އެދަނީ ފަތުއަޑު ކިޔާފައި ފެތުރެމުންނެވެ. ރަށްރަށުގެ ހޮޅުއަށިތަކުގައާއި މީހުން އެއްވެ އުޅޭ ގިނަ ތަންތަނުގައިވެސް އަދިވެސް ދައްކާ އެއްވާހަކައަކީ ހަމަ އެވާހަކައެވެ.

އެހުރިހާ ފޮޓޯތަކަކުންވެސް އަޅައިގެން އެއް ފޮޓޯއަކީ މޯދީވެސް ބައިވެރި ކުރައްވައިގެން ސަލްޓަންޕާކުގައި ބޭއްވި ގަސް އިންދުމުގެ ރަސްމިއްޔާތުގެ ތެރެއިން މޯދީ އިންދެވި ގަހަށް ރައީސް މުއިއްޒު ކަކޫފުޅު ބަޅު ކުރައްވައި ފަކީރާއަކުން އެގަހަށް ފަސްލައްވާ މަންޒަރެވެ. އެފޮޓޯއަށް ކޮމެންޓް ކުރެއްވި ގިނަ މީހުންގެ މައިގަނޑަކީ އެއީ ރައީސް މުއިއްޒުގެ އަދުގެ ހާލަތު ކަމެވެ. އެމަނިކުފާނުގެ ސައިޒް ކަމެވެ. އެވަނީ މޯދީގެ ގާތުގައި ކަޑުކަކުލަށް ތިރިވެފައި ކަމަށެވެ. މޯދީ އާއި އިންޑިޔާއިން ބުނިއްޔާ ބުނިހާ ގޮތަކަށް ރާއްޖޭގެ އަދުގެ ސަރުކާރާއި ޚުދު ރައީސް މުއިއްޒު ޖެހިވަޑައިގަންނަވާނީ އާންހޫން ވިދާޅުވާން ކަމަށެވެ. އެނޫން އެއްވެސް ގޮތެއް މިއަދަކު މިސަރުކާރަކަށްވެސް އަދި މުއއްޒަކަށްވެސް ނޯންނާނެ ކަމަށެވެ. އެހާވެސް މުއިއްޒު އެވަނީ އިންޑިޔާއިން ކޮންޓްރޯލް ކޮށްފައި ކަމަށެވެ.

އެމީހުން އެހެން ބުނުމުގައި ހަގީގަތްތަކެއް އެބަހުއްޓެވެ. ކުރިން ވެރިކަމަށް ވަޑައިގެންނެވުމަށް އިންޑިޔާއޭ ވިދާޅުވެ ދެއްކެވި ހުތުރުކަންބޮޑު ވާހަކަތަކެވެ. ކަނޑައެޅިގެން ހެއްދެވި ރޯ ބުހުތާނު ދޮގުތަކެވެ. އޭރުގެ ސަރުކާރާ އާއްމު ރައްޔިތުން ޖެއްސުމަށް މޮޅު އުކުޅެއްގެ ގޮތުގައި ބޭނުން ކުރެއްވި އިންޑިޔާ އައުޓެވެ. އިންޑިޔާގެ ނުފޫޒުން ރާއްޖޭގެ އިސްތިގްލާލާ މިނިވަންކަމަށް އަސަރުކުރާ ވާހަކައެވެ. ދިވެހި ސަރުކާރުގެ ވެރިންނަށް އޭރު އެއްގޮނޑިން ތެދުވެ އަނެއް ގޮނޑީގައި އިށީނދެވޭނީވެސް އިންޑިޔާއިން ދޭ ހުއްދައެއްގެ މައްޗަށް ކަމަށް އޭރު އަޑަށް ބާރުލައްވާފައި ވިދާޅުވިއެވެ. މިއީކީ މިއަދު ފަށްފަށްކޮށްފައި ނަގަނަގައިގެން ދައްކާން ޖެހޭ ވަރަށްވުރެ ހާމަކަން ބޮޑު ވާހަކަތަކެކެވެ. މަންޒަރުތައް އަދިވެސް ތައްމިނަށް ފެންނާން ހުރި ކަންކަމެވެ. ވެރިކަމަށް ވަޑައިގެންނެވުނީމާވެސް ރައީސް މުއިއްޒު ވިދާޅުވީ، އިންޑިއާއަކީ ރާއްޖެއަށް ބުލީ ކުރާ ގައުމެއް ކަމަށެވެ. އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކޮންޓްރޯލް ކުރާ ކަމަށް ތުހުމަތު ކުރެއްވި އެވެ. ދިވެހި ދައުލަތުގެ ކުރީގެ އެންމެ މަތީ ވެރިޔާ އަޅުވެތިކޮށް، އެމަނިކުފާނަށް އަމުރުމައުރޫފް ހިންގަނީ އިންޑިއާއިން ކަމަށް ވިދާޅުވި އެވެ. އެސަބަބަށްޓަކައި ރާއްޖެއިން އިންޑިއާއާ ދުރަށް ޖެހުމުގެ މަގު ޗާޓެއް ރައީސް މުއިއްޒު އިއުލާނު ކުރެއްވި އެވެ. ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތް ކުރުމުން ހިނގައިދިޔަ ކަންކަމުގެ ތެރެއިން، އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު މުނޫ މަހާވަރު ހާރިޖީ އޮފީހަށް ހާޒިރުކޮށް ސުވާލު ކުރި އެވެ.

އެވަރުގެ ސަރުކާރަކުން އިންޑިއާއާ ދެކޮޅު ސިޔާސަތު މުޅިން ބަދަލުކޮށް، މިހާރު އިންޑިއާއަކީ "ދީލަތި، ވަފާތަރިއެއް" ގޮތަށް ސިފަކޮށް، އަދި ގައުމީ ސަލާމަތަށް ނުރައްކަލެއްގެ ގޮތުގައި ދެއްކި އިންޑިއާގެ އަސްކަރީ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ރާއްޖޭގައި ބޭއްވުމަށް މި ސަރުކާރުން އަމިއްލަ އަށް އެދިގެން އެ އެއްބަސްވުންތަކުގެ މުއްދަތު އިތުރުކުރީމާ އެއްޗެއް ނުބުނާން ހުއްޓަސް އެވާހަކަ އެގޮތައް ދެއްކޭނެތާއެވެ. ކުރިން ރަތްމަހަކަށް ނުގޮވާ ވަރަށް އެމީހަކާ ދިމާލަށް އެއްޗެހި ވިދާޅުވި މީހާއަކީ މިއަދު "ވޮންޑަރފުލް މޭން" އެއްގެ ގޮތުގައި ސިފަ ކުރެއްވީމާ ސައިޒް ވެފައި ހުރިވަރު އިތުރަކަށް ބުނެދޭކަށް ނުޖެހެއެވެ.

ކޮންމެއަކަސް މުއިއްޒު ސައިޒް ވެއްޖެއެވެ. ހަމަ ރަނގަޅަށްވެސް އިންޑިޔާއާއި މޯދީގެ ގާތުގައި ކުޑަވެއްޖެއެވެ. މިއީ ދިވެހިން އެކަނި ދައްކާ ވާހަކައެއް ނޫނެވެ. އެވާހަކަތައް މިއަދު އެހެރީ އިންޑިޔާއާއި ބައިނަލް އަގްވާމީ އެހެން ނޫސްތަކުގައެވެ. މުއިއްޒުއަށާއި ރާއްޖެއަށް އެމީހުން ވަށްބަހުންނާއި ސީދާ ސީދަލަށް ބަވަމުން އެދަނީ ދިވެހިން ލަދުގަންނަވަރަށެވެ. މުއިއްޒު ކުރެއްވި ކަމަކުން ރައްޔިތުން ލަދު ގަނެއްޖެއެވެ. ނެންގެވި ޔޫޓާން ނުވަތަ ޖެއްސެވި އުނބުގެ ސަބަބުން ދިވެހިން އިސްދަށަށް ޖަހާން ޖެހިއްޖެއެވެ. ސުވާލަކީ މިހާ ބޮޑަށް މުއިއްޒު ކުޑަވެ ސައިޒްވީ އިންޑިޔާގެ ލޯނުތައް ރީސްޓްރަކްޗަރ ކޮށްދެއްވުމާއި ދެއްވާނެ ކަމަށް ވިދާޅުވި 560 މިލިއަން ޑޮލަރު ހެއްޔެވެ. އެހެންކަމަށްވާނަމަ ކުރިއަށް އޮތްތަނުގައިވެސް ވިސްނަވައްޗެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ މަރްހޫމް ނައިފަރު ދޮހޮއްކޮ ބުނާހެން "އެދޭނަމަ ލޯބިވާންވީވެސް ހިތައް ކުޅަދާނަ މިންވަރަކުން."ނެވެ. "އަދާވާތްތެރި ވިޔަސްވާންވީ ހިތަށް ކުޅަދާނަ މިންވަރަކުން" ނެވެ. އެއީ ލައްކަ ވާހަކައެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

07 މެއި 2017

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

07 މެއި 2017
ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟
15 އެޕްރީލު 2017

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!
03 އެޕްރީލު 2017

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
08 މާރިޗު 2017

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
02 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟
17 ޖެނުއަރީ 2017

ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.

17 ޖެނުއަރީ 2017
ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް