Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުށްކުރާ ބިދޭސީން ހުއްޓުވުން

ޖުވާކުޅުމާއި ހަށިވިއްކުމުގެ ކުށަށް އަރައިގަންނަ ބިދޭސީން ގިނަވެއްޖެ: މިނިސްޓަރު

ކުށުގެ ވެށިން ހައްޔަރުކުރާ ބިދޭސީން ޑީޕޯޓްކޮށްލުމުގައި ގޮންޖެހުންތަކެއް އެބަހުރި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 މާރިޗު 2023 | ބުދަ 05:19
ބިދޭސީން

ބިދޭސީން

ކުރިން ބިދޭސީން ޝާމިލްވުން މަދު ކުށްތަކުގައްޔާއި ބޮޑެތި ކުށްތަކުގައި ބިދޭސީން ބައިވެރިވާ މިންވަރު އިތުރުވަމުންދާކަމަށާއި، އޭގެ ތެރޭގައި ހަށިވިއްކުމުގެ ކުށާއި ޖުވާގެ ކުށް ފާހަގަކުރެވޭ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެފަދައިން ފާހަގަކުރައްވާފައި ވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ)، މިނިސްޓަރ އޮފް ހޯމް އެފެއާޒަށް ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލަށް ޖަވާބުދެއްވަމުންނެވެ. އެ ޖަވާބު މަޖިލީހަށް އިއްވަވައި ދެއްވީ މަޖިލީހުގެ އަމީންއާމުގެ ނައިބެވެ. އޭނާ ސުވާލުކުރައްވާފައި ވަނީ މާލެ އާއި އަތޮޅުތެރޭގައި ވަރކްޕާމިޓާއި ވިސާ ނެތި ޤާނޫނާއި ގަވާއިދުތަކާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ފަރާތުން ޢާންމު އިޖްތިމާޢީ މިންގަނޑުތަކީ ޚިލާފުވާ މައްސަލަތައް ހުއްޓުވުމަށާއި އަދި މިފަދަ ފަރާތްތަކުން ދިވެހިންނަށް ލިބިފައިވާ އިޖްތިމާޢީ އަދި އިޤްތިޞާދީ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށް ކުރަމުންދާ ޤާނޫނާއި ޚިލާފު ކަންކަން ހުއްޓުވުމަށް ފާއިތުވި 3 އަހަރު ކުރައްވާފައިވާ މަސައްކަތަކީ ކޮބައިތޯ ސާފުކުރެއްވުމަށެވެ.

ކުރިން ބިދޭސީން ޝާމިލްވުން މަދު ކުށްތަކުގައި އާއި ބޮޑެތި ކުށްތަކުގައި ބިދޭސީން ބައިވެރިވާ މިންވަރު އިތުރުވަމުންދާ ކަން ފާހަގަކުރެވިފައިވުމާއި ގުޅިގެން ސިޔާސަތުތައް ކަނޑައެޅުމުގައި އާއި އޮޕަރޭޝަންތައް ކަނޑައެޅުމުގައި މިނިސްޓްރީންނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އެކަމަށް އިތުރު ސަމާލުކަމެއް ދެމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ބިދޭސީން އެ ކުށެއްގައި ޝާމިލްވާ މިންވަރު ދެނެގަނެ އިތުރުކަމަށް ފާހަގަވާ ކުށްތައް ކަމަށްވާ ހަށިވިއްކުމުގެ ކުށާއި، ޖުވާކުރުމުގެ ކުށާއި ދެކޮޅަށް ފާއިތުވި 3 އަހަރު ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަންތައް ހިންގާފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޖިނާއީ ކުށްތަކަށް ނުވި ނަމަވެސް އާއްމުންނަށް އުނދަނގޫވާގޮތަށް ހިނގާކަންކަން ބަލައި ހުއްޓުވަން ފުލުހުން މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން އާއްމުންނަށް އުނދަނގުވާގޮތަށް އުޅަނދުތައް ސާފުކުރުމާއި، ގަވާއިދާޢި ޚިލާފަށް މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރިކުރާ ބިދޭސީންނާއި ދިވެހިންގެ މައުލޫމާތު އެއްކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ މައުލޫމާތުގެ އަލީގައި ސިޓީ ކައުންސިލާއެކު ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވިއެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ ހުޅުމާލޭ ޕްރިޒަން ކޮމްޕްލެކްސް މަޝްރޫޢުގެ ދަށުން ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ބައިތިއްބާ ޑިޓެންޝަން ސެންޓަރުގެ ޖާގަ އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. ނަމަވެސް ކުށުގެ ވެށިން ހައްޔަރުކުރާ ބިދޭސީން ޑީޕޯޓްކޮށްލުމުގައި އެމްބަސީތަކުން ލިބެން ޖެހޭ އެއްބާރުލުން ނުލިބުމަކީ ގޮންޖެހުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން އާއްމު އިޖުތިމާއީ މިންގަނޑާއި ޚިލާފު އަމަލުތަކަށް ހުއްޓުވުމަށާއި، އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ދިރިއުޅޭ އަދި ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް ލިބިދީފައިވާ އިޖުތިމާއީ އަދި އިގްތިސާދީ ހައްގަކަށް އުނިކަން އަންނަ ގޮތަށް ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމުގައި އެކަންކަމުގައި ޝާމިލްވާ ބިދޭސީންނާއި ދިވެހިންނަށް ފާއިތުވި 3 އަހަރު ތެރޭގައި ފިޔަވަޅު އެޅިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންނަމަވެސް ޤަވާއިދާއި ޚިލާފަށް ވަރކް ޕަރމިޓާ ނުލައި އަދި ވިސާ ނެތި މަސައްކަތް ކުރާ މައްސަލަ އާއި ޤާނޫނަކުން ނުވަތަ ޤަވާއިދަކުން ދިވެހިންނަށް ޚާއްސަވާ މަސައްކަތްތަކުގައި ބިދޭސީން ޝާމިލްވާ މައްސަލައަކީ އިކޮނޮމިކް މިނިސްޓްރީ އާއި އިމިގްރޭޝަންގެ ބެލުމުގެ ދަށުން ހައްލު ހޯދަން ޖެހޭ މައްސަލަ އެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން އެފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް އެ އިދާރާތަކާ އެކު މަސައްކަތްކޮށް ބައްދަލުވުންތައް ބާއްވަވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ޖަވާބުގައި އިތުރަށް ވިދާޅުވީ އެފަދަ މައްސަލަތަކާއި ގުޅޭ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ސީދާ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ނުވާ ކަަމަށެވެ. އެހެންނަމަވެސް އިމިގްރޭޝަނާއެކު ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް ސްމަގްލިން ނުވަތަ ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވާ ފަރާތްތައް ދެނެގަނެ ކުށް ހިނގުމުގެ ކުރިން އެކަންކަން ހުއްޓުވާފައިވާ ކަމަށެވެ.

ބިދޭސީންހޯމް މިނިސްޓަރު، އިމްރާން އަބްދުﷲއިބްރާހީމް ރަޝީދު (ބޮންޑާ)

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ މިދަނީ "މުގާބޭ އިކޮނޮމީ" އަކާ ދިމާލަށް: ބޮންޑާ

ރާއްޖެ މިދަނީ "މުގާބޭ އިކޮނޮމީ" އަކާ ދިމާލަށް: ބޮންޑާ

26 އޮކްޓޯބަރު 2025
މީޑިއާ ކޮންޓްރޯލް ބިލަކީ، "ވާނުވާ" ޖަހާފައި މީޑިއާތައް ބަންދު ކުރާ ބިލެއް : ބޮންޑޭ

މީޑިއާ ކޮންޓްރޯލް ބިލަކީ، "ވާނުވާ" ޖަހާފައި މީޑިއާތައް ބަންދު ކުރާ ބިލެއް : ބޮންޑޭ

04 ސެޕްޓެމްބަރު 2025
ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

12 ޖުލައި 2025
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

03 ޖުލައި 2025
ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި

ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި

03 ޖުލައި 2025

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު