Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޭ-ޕާކުގެ މައްސަލަ

މަންޑޭ ހުންނަނީ ސަރުކާރުގެ އިސްސަފުގައި، އެއީ ކޭ-ޕާކުގެ މައްސަލަ ނުބެލި އެއްކައިރިއަށް ޖެހޭ ސަބަބު: މެންބަރު މީކާއިލް

21 ޖުލައި 2025 | ހޯމަ 08:37

ކޭ-ޕާކުން އެޕާޓްމަންޓު ގަތް އާއްމުން ތިބީ ނިކަމެތިކަމުގައި

އަމްނާ އިމާދު
އަމްނާ އިމާދު | 21 ޖުލައި 2025 | ހޯމަ 08:37
ކޭ-ޕާކް ފްލެޓްތަކުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ހަސަން މަމްދޫހުގެ އަޑު އެހުމެއް ކުރިއަށް ގެންދަނީ - ފައިލް ފޮޓޯ

ކޭ-ޕާކް ފްލެޓްތަކުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ހަސަން މަމްދޫހުގެ އަޑު އެހުމެއް ކުރިއަށް ގެންދަނީ - ފައިލް ފޮޓޯ

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ-ޕާކް ފްލެޓްތަކުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ހަސަން މަމްދޫހު (މަންޑޭ) ހުންނަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ އިސްސަފުގައި ކަމަށާއި، އެއީ މިމައްސަލަ ނުބެލި، އެއްކައިރިއަށް ޖެހޭ ސަބަބު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި ފެށި ހައުސިންގ މަޝްރޫއުއާ ގުޅިގެން ދިމާވި މައްސަލަތައް ހައްލުނުވެ ދިގުލައިގެންދިޔުމާމެދު ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން މެންބަރު މީކާއިލް ވިދާޅުވީ ކޭ-ޕާކުގެ އެޕާޓްމަންޓުތައް ދޫނުކޮށް ލަސްކުރާ ސަބަބު ސާފުކުރަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

މެންބަރު މީކާއިލް ވިދާޅުވީ މިސަރުކާރަށް ކޭ-ޕާކު މައްސަލަ ހައްލު ކުރުމާއި، ރައްޔިތުންނާ ގުޅުންހުރި އަސާސީ ބޯހިޔާވަހިކަމުގެ އިތުރު މައްސަލަތައް ހައްލު ކުރުން މުހިންމު ނޫން ކަމަށެވެ. އަދި މި ސަރުކާރަށް މިއަދު މުހިންމު ވަނީ ދައުލަތުގެ ރިޒާވުން 600 މިލިއަނެއްހާ ރުފިޔާ ނަގައިގެން މާދުރުގައި އޮތް ފުށިދިއްގަރުފަޅެއް ހިއްކުން ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު މީކާއިލް ވިދާޅުވީ ކޭ-ޕާކުން އެޕާޓްމަންޓު ގަތް އާއްމުން ތިބީ ނިކަމެތިކަމުގައި ކަމަށާއި، އެމީހުން އެތަނުން އެޕާޓްމަންޓު ގަތުމަށް ނެގި ލޯނަށް މިއަދު ވެސް ފައިސާ ދައްކަމުންދާ ކަމަށެވެ. ކުއްޔަށް ދިރިއުޅެމުންދާއިރު، ކުލީގެ ފައިސާ ދެއްކުމުގެ އިތުރުން ދައުލަތަށް ވެސް ޓެކްސް ފައިދާ ދައްކާ ކަމަށެވެ. އަދި މި ސަރުކާރުން ދަނީ އެމީހުން އިތުރަށް ނިކަމެތި ކުރަމުން ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު މީކާއިލް ވިދާޅުވީ މިސަރުކާރުން ކޭ-ޕާކު މައްސަލަ އެއްކައިރިކޮށްލާފައިވާ ކަމަށާއި، މިމައްސަލައިގައި ދައުވާ އުފުލާފައިވާ މަންޑޭ ފެނިގެންދަނީ ސަރުކާރުގެ އިސްސަފުން ކަމަށެވެ.

އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަމަކީ ކޮންމެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކާ ދިމާކޮށް ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް، މިފަދަ މައްސަލަތަކުގައި ތާށިވެފައި ތިއްބަވާ ބޭފުޅުން އެކިއެކި ސިޔާސީ ޕާޓީތަކުގެ ބޭފުޅުން އެންމެ ކުރީ ސަފުގައި އެންމެކުރީ ބަރީގައި މިބޭފުޅުންނަށް އިއްޒަތް އަރުވާ މަންޒަރު އަޅުގަނޑުމެންނަށް އެބަ ފެނޭ. ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި މިހާރު މިކޭޕާކުގެ މައްސަލާގައި ހިމެނޭ މަންޑޭ އިންޒަތްތެރި ރައީސް ޕީއެންސީގެ އެކިއެކި ރައްޔިތުން މަޖިލީހުގެ މެންބަރުން ކެންޑިޑޭޓުންގެ ސެރެމަނީތަކުގައި ރިބަން ކަނޑާ ދިނުމަށް މަންޑޭ ހުރީ އެނގޭތޯ އިއްޒަތްތެރި ރައީސް. މިކޮންފަދަ ވާހަކައެއްތޯ އަޅުގަނޑުމެން ދައްކަން މިޖެހެނީ. އަޅުގަނޑުމެންނަށް ވަރަށް ސާފު ކޭޕާކުގެ މައްސަލަ އެއްކައިރިއަށް ޖައްސާލާފައި އިއްޒަތްތެރި ރައީސް ސަރުކާރަށް ކޭޕާކު މައްސަލަ އެއްކާރިއަށް ޖައްސާލާފައި ފުށިދިއްގަރުފަޅެއް ހިއްކަން އިސްކަންދޭންޖެހޭ މައްސަލަ އަޅުގަނޑުމެންނަށް އެބަ ސާފުވޭ. އެހެންވީމަ ދައުލަތެއްގެ އިސްކަން ދޭ ތަރުތީބު އަލުން އެކުލަވާލަން މިސަރުކާރަށް އަޅުގަނޑު ގޮވާލަން.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ކޭ-ޕާކް ފްލެޓްތަކުގެ މައްސަލާގައި ދައުވާ އުފުލާފައިވާ މަންޑޭ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައިވަނީ 3 ޖުލައި 2025 ގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑު އެހުމުގައެވެ.

އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ 23 ޖޫން 2025 ގައެވެ.

މި މައްސަލައިގައި މަންޑޭގެ މައްޗަށް 104 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި ޖައިޝާން ސައީދުގެ މައްޗަށް 97 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް