Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްހައްޖު 1438

ހައްޖު މުހިންމު ވާ 7 ސަބަބެއް

ހައްޖަކީ އިސްލާމް ކަމުގެ 5 ވަނަ ރުކުން

ރާއްޖެ އެމްވީ | 29 އޯގަސްޓު 2017 | އަންގާރަ 20:07
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮސްފައިވާ ފުރޮޅުލީ ގޮނޑިއެއްގައި އިން އަންހެނަކަށް މީހަކު އެހީތެރިވަނީ

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮސްފައިވާ ފުރޮޅުލީ ގޮނޑިއެއްގައި އިން އަންހެނަކަށް މީހަކު އެހީތެރިވަނީ

ހައްޖަކީ އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން ހިމެނޭ ރުކުނެކެވެ. މިއަހަރު ހައްޖުގެ އަޅުކަން ކުރިއަށް ދާނީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. ޖިސްމާނީ ގޮތުން އަދި މާލީ ގޮތުން ކެރި ކުޅަދާނަ ވެގެންވާ ކޮންމެ މުސްލިމަކު މަދުވެގެން އުމުރުން އެއް ފަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް އިސްލާމް ދީން ގޮވާލައެވެ. ހައްޖުގެ އަޅުކަމަކީ 628 ވަނަ އަހަރު ކުރެވުނު ފުރަތަމަ ހައްޖަށް ފަހު ކޮންމެ އަހަރަކު ދުނިޔޭގެ އެންމެ ބޮޑު ޖަމާއަތުގައި ކުރެވޭ އަޅުކަމެވެ. ކީރިތި ރަސޫލާ އާއި އެކަލޭގެފާނުގެ ސަހާބީން އެ މަތިވެރި އަޅުކަން އަދާކުރެއްވި ގޮތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެކި ނަސްލުތަކުގެ އެކި ފަންތީގެ އެކި ކުލައިގެ މީހުން ޖަމާވެ އެއް ބައެއްގެ ގޮތުގައި އެއްވެސް ތަފާތެއް ނެތި އެއް ޖަމާއަތެއްގައި މި އަޅުކަން އެ ގެންދަނީ ކޮންމެ އަހަރަކު ފުރިހަމަ ކުރަމުންނެވެ. މި ލިޔުމުގައި މި ބަލާލަނީ މި މަތިވެރި އަޅުކަން މުހިންމުވާ 7 ސަބަބަކަށެވެ.

  1. އިސްލާމްދީނުގެ ރުކުނެއް ކަމުގައި ވުން: މުސްލިމުން ނަށް ހައްޖުގެ އަޅުކަމަކީ އިސްލާމް ކަމުގެ 5 ވަނަ ރުކުނެވެ. މިކަމަށް ކެރި ކުޅަދާނަ ވެގެންވާ ކޮންމެ މުސްލިމަކުމެ މި އަޅުކަން ފުރިހަމަ ކުރުމަކީ ދީނުގައި އަންގަވާފައިވާ ގޮތް ކަމުގައިވާތީ އެ ރުކުން މި އަޅުކަމުގެ ސަބަބުން ފުރިހަމަވެއެވެ.
  2. އެއްބައިވަންތަކަން: އެކި ނަސްލުގެ އެކި ގައުމުގެ އެކި ކުލައިގެ އަދި އެކި ބަހުން ވާހަކަ ދައްކާ، އެކި ސަގާފަތައް ނިސްބަތްވާ މީހުންގެ ގޮތުގައި ދުނިޔޭގައި އުޅެމުން ދިޔަ ނަމަވެސް މުސްލިމުންނަކީ އެއް ބަޔެކެވެ. އެއް ޖަމާއަތަކަށް ނިސްބަތްވާ ބައެކެވެ. ހައްޖުގެ އަޅުކަމުގެ ތެރޭގައި މިދެންނެވި ތަފާތުތައް ހައްޖުވެރިން އެއްކިބާ ކުރެއެވެ. މުއްސަންޖެއް ފަގީރެއް ނިކަމެއްޗެއް ހައިބަތު ހުރި މީހެއް ހައްޖުގެ އަޅުކަމުގެ ތެރޭގައި ތަފާތުކޮށް ވަކި ކުރެވޭނެ ގޮތެއް ނޯންނާނެއެވެ. ހައްޖަކީ މުސްލިމުންނަކީ އެއްބައެއްކަން ހާމަކޮށްދޭ މަތިވެރި އަޅުކަމެކެވެ.
  3. ދިރިތިބުމުގެ މަގްސަދު: މުސްލިމުން މި ބިންމަތީގައި ދިރިތިބުމުގެ އެންމެ ބޮޑު މަގްސަދަކީ ﷲ އަށް އީމާންވުމާއި، އާޚިރަތަށް ތައްޔާރު ވުމެވެ. ދިރިތިބުމުގެ މި މަގްސަދު މުސްލިމުންގެ ހިތްތަކުގައި އާލާ ކުރުމަށް ހައްޖުގެ އަޅުކަމަކީ މުހިންމު ކަމެކެވެ. ހައްޖުގެ ތެރޭގައި ކުރާ އަޅުކަމާއި ދުއާގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދުނިޔޭގައި އުޅުމުގެ ހަގީގީ މަގްސަދު ހިތްމައްޗަށް ގެނެސް އެ ހަނދާން އާކޮށް އާލާ ކުރުމެވެ.
  4. ހިތްތިރިކުރުން: ހައްޖުގެ އަޅުކަމުގެ ތެރޭގައި ދުނިޔޭގެ ހަޔާތާއި އުޚުރަވީ ހަޔާތުގެ މަގްސަދުގެ ހަގީގީ އިހްސާސް އެ އަޅުކަން އަދާކުރާ މީހާއަށް ކުރެވެއެވެ. ދުނިޔޭގައި އެމީހަކަށް ލިބިފައިވާ ހައިބަތާއި، ތަނަވަސް ކަމާއި، އިއްޒަތާއި، ޝަރަފްވެރިކަން އެއްކިބާކޮށް ހިތްތިރިކަމާއެކު ދިރިއުޅުމުގެ ފިލާވަޅު ލިއްބައިދެއެވެ.
  5. އަޚްވަންތަކަން އާލާވުން: ހައްޖަކީ ދުނިޔޭގެ އެތައް މިތަނުން މުސްލިމުން އެއްތަނަކަށް ޖަމާވާ އަޅުކަމެކެވެ. އެއްވެސް ހުރަހެއް ދަތިކަމެއް ނެތި އެކަކު އަނެކަކާ ހިތްހެޔޮ ކަމާއެކު ބައްދަލުވާ އަޅުކަމެކެވެ. އޭގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކު ދަތުމާއި އެކުވެރިކަމާއި އަޚްވަންތަކަން ބަދަހިކޮށް އާލާކުރުމަށް މަގު ފަހިވެގެން ދެއެވެ.
  6. އުނގެނުމުގެ މަގެއް: ހައްޖުގެ އަޅުކަން އަދާކުރުމަށް ކުރާ ދަތުރަކީ އެއްބަޔަކު އަނެއް ބަޔަކަށް ބައްދަލުވެ ކުރިން ނޭނގޭ އެތައް އާ ކަންތައްތަކެއް ދަސްކުރުމަށް ހުޅުވިގެންދާ މަގެކެވެ.
  7. އައުފެށުމެއް: ޝައްކެއްވެސް ނެތް ގޮތުގައި، މަބްރޫރު ހައްޖެއް ފުރިހަމަ ކުރެވުމަކީ، މާޒީގައި ކުރެވިފައިވާ ކުއްތަކާއި، ހެދިފައިވާ ގޯސްތަކުން މީހާގެ ހަށިގަނޑާ ނަފްސް ސާފުވެ ތޯހިރުވެގެންދާ ކަމެކެވެ. ރަސޫލާ ހަދީސް ކުރައްވާފައިވާ ގޮތުން އެފަދަ ހައްޖެއް ފުރިހަމަ ކޮށްފައިވާ މީހާއަކީ މަންމަންގެ ބަނޑުން އުފަންވި އިރު ހުރި ސާފުކަންމަތީގައި ހުރި މީހެކެވެ. އެހެން ކަމުން ހައްޖުގެ އަޅުކަމުން ލިބިގެންދަނީ ސާފު އައު ފެށުމަކުން ހަޔާތް އަލުން ފެށުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

އިތުރަށް ކިޔާލަން

18 އޯގަސްޓު 2017

ތާރީޚީ ގޮތުން ހައްޖު

18 އޯގަސްޓު 2017
ތާރީޚީ ގޮތުން ހައްޖު
15 އޯގަސްޓު 2017

ގަވައިދާ ޚިލާފަށް ހައްޖުވާން އުޅުނު 95،400 މީހުން އަތުލައިގަނެފި

15 އޯގަސްޓު 2017
ގަވައިދާ ޚިލާފަށް ހައްޖުވާން އުޅުނު 95،400 މީހުން އަތުލައިގަނެފި
14 އޯގަސްޓު 2017

ހައްޖު މޫސުމަށް މަދީނާއޮތީ ތައްޔާރަށް!

14 އޯގަސްޓު 2017
ހައްޖު މޫސުމަށް މަދީނާއޮތީ ތައްޔާރަށް!
12 އޯގަސްޓު 2017

ހައްޖުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުން

12 އޯގަސްޓު 2017
ހައްޖުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުން
11 އޯގަސްޓު 2017

ހައްޖުވެރިންނަށް ލުއި ފަސޭހަ ކޮށްދިނުމަށް ސައުދީ ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްފި

11 އޯގަސްޓު 2017
ހައްޖުވެރިންނަށް ލުއި ފަސޭހަ ކޮށްދިނުމަށް ސައުދީ ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު