Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޭ-ޕާކް ރެސިޑެންސީސް މަޝްރޫޢު

ކޭޕާކް މައްސަލައިގައި 50 މީހުންގެ ސޮޔާއި އެކު މަޖިލީހަށް ޕެޓިޝަނެއް

ޢާންމު މަޞްލަޙަތާއި ޢަދުލު އިންޞާފު ގެއްލިގެންދާ ކަންކަމުގައި އަޅާލައި ފިޔަވަޅު އެޅުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށް ޕެޓިޝަންގައި ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 13 ޖުލައި 2025 | އާދީއްތަ 08:17
ހުޅުމާލޭގައި ތަރައްގީކުރަމުން ދާ ކޭ ޕާކު ފްލެޓުތައް

ހުޅުމާލޭގައި ތަރައްގީކުރަމުން ދާ ކޭ ޕާކު ފްލެޓުތައް

ކޭ-ޕާކް ރެސިޑެންސީސް މަޝްރޫޢުއާ ގުޅިގެން ދިގުލައިގެން ގޮސްފައިވާ އަދި ހައްލުނުވެ އޮތް ބޯހިޔާވަހިކަމުގެ މައްސަލަ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް (ކުޑޫ)، މަޖިލީހުގެ ރައީސް އަށް މި ޕެޓިޝަނާއި ގުޅޭގޮތުން ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ، އެ ޕެޓިޝަންގެ މައްސަލަ އަކީ ކޭ-ޕާކް ރެސިޑެންސީސް މަޝްރޫޢުއާ ގުޅިގެން ދިގުލައިގެން ގޮސްފައިވާ އަދި ހައްލުނުވެ އޮތް ބޯހިޔާވަހިކަމުގެ މައްސަލަ އާއި ގުޅިގެން ހުށަހެޅި ޕެޓިޝަންއެކެވެ.

Advertisement - newsAdvertisement

އެ ޕެޓިޝަނާއި ގުޅޭ ގޮތުން އޭނާ ވިދާޅުވެފައި ވަނީ ގިނަ އަދަދެއްގެ މަޢުޞޫމު ރައްޔިތުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށްފައިވާ މި ހައުސިންގ މައްސަލައާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް އެކަމަށް އަވަސް ޙައްލެއް ހޯދުމަށް އެދި އެތަނުން އެޕާޓްމަންޓް ބައްލަވައިގެންފައިވާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.

އެހެންކަމުން މިކަންތައްތަކަށް އަވަސް ހައްލެއް، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ހޯއްދަވައިދެއްވުމަށް މެމްބަރު ކުޑޫ ވަނީ އެދިވަޑައިގަންނަވާފައެވެ.

މަޖިލީހަށް މި ޕެޓިޝަން ހުށަހަޅާފައި ވަނީ 50 މީހުންގެ ސޮޔާއި އެކުގައެވެ.

ޕެޓިޝަން އާއި އެކު ހުށަހެޅި ސިޓީގައި ބުނެފައި ވަނީ ކޭ-ޕާކް ރެސިޑެންސީސް މަޝްރޫޢުއާ ގުޅިގެން ދިގުލައިގެން ގޮސްފައިވާ އަދި ހައްލުނުވެ އޮތް ބޯހިޔާވަހިކަމުގެ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށެވެ. އެގޮތުން ގިނަ އަދަދެއްގެ މަޢުޞޫމު ރައްޔިތުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށްފައިވާ މި ހައުސިންގ މައްސަލައާ ގުޅޭގޮތުން ވަރަށް ކަންބޮޑުވުންތައް ހުރި ކަމަށް ބުނެފައިވެއެވެ.

އެ ޕެޓިޝަން އާއި އެކު ހުށަހެޅި ސިޓީގައި ބުނެފައި ވަނީ ފެށުނީއްސުރެ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މި މައްސަލައިގައި ޒިންމާ ނަގަން އިންކާރުކޮށް، އަދި މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅެއްވެސް އަޅާފަ ނުވާ ކަމަށެވެ. ހަމައެހެންމެ އެތެރޭގެ ރިވިއުތަކެއް ހަދާނެކަމުގެ ޔަޤީންކަން ތަކުރާރުކޮށް ދީފައިވީ ނަމަވެސް، ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރުވެސް އެއްވެސް ކުރިއެރުމެއް ލިބިފަ ނުވާކަން އެ ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން މިކަމުގެ ސަބަބުން، މި މައްސަލަ ދިގުލައިގެން ސީދާގޮތުންނާއި ނުސީދާގޮތުން އެތަށް ހާސް ޢާއިލާތަކަށް އަސަރުކޮށްފައިވާ ކަމަށެވެ. މި ޢާއިލާތައްކަށް މިހާރު ވަނީ ސީރިއަސް މާލީ، ޤާނޫނީ އަދި ނަފްސާނީ ދަތިތަކާ ކުރިމަތިލާންޖެހިފަ ކަމަށް އެ ޕެޓިޝަންގައި ވެއެވެ.

އެޗްޑީސީ ފަދަ ދައުލަތުގެ ބާރު ލިބިފައިވާ، ވަސީލަތްތައް ތަނަވަސް މުއައްސަސާއަކުން މި މައްސަލައިން އަސަރުކޮށްފައިވާ ފަރާތްތަކަށް އަސާސީ އިންސާފު ނުވަތަ ލުޔެއްވެސް ހޯދައި ނުދީ އޮތުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

ހަމައެހެންމެ އެޗްޑީސީގެ ސީދާ ޒިންމާ މާ ކުޑަ މަޝްރޫޢުތަކެއް ކަމުގައިވާ ޖާހް އިންވެސްޓްމަންޓްގެ "ދަ ގާޑަންސް" ފަދަ މަޝްރޫޢުތަކަށް އެޗްޑީސީއިން ހަރުދަނާ އެހީތެރިކަން ފޯރުކޮށްދެމުންދާތަން ފެންނަމުންދާ ކަމަށް ބުނެފައިވެއެވެ. ކޭ-ޕާކްގެ މައްސަލަތަކަކީ އެޗްޑީސީގެ އަމިއްލަ ގޯސްތަކަކުން ދިމާވެފައިވާ މައްސަލައެއް ކަމަށް ވެސް ވަނީ ބުނެފައެވެ. މީގެ ތެރޭގައި ހިމެނެނީ ބިން ދޫކުރުމުގައި ހުރި މައްސަލަތަކާއި، ރެގިއުލޭޓަރީ ބެލުން ނެތުމާއި، އަދި ޒިންމާދާރުކަމެއް ނެތި ތަކުރާރުކޮށް ސުންގަޑި ފަސްކުރަމުންދިޔަ ކަމަށް ބަޔާންކޮށްފައިވެއެވެ.

" މި ހާލަތަކީ ހަމައެކަނި އިދާރީ ފެއިލްވުމެއް ނޫނެވެ. މިއީ ޤާނޫނުއަސާސީގެ ދަށުން އަދާކުރަންޖެހޭ ވާޖިބުތަކާ ޚިލާފުވުމެކެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައިވާ ގޮތުން، "ކޮންމެ މީހަކަށްމެ ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމުގެ ޙައްޤު ލިބިގެންވެއެވެ." ކޭ-ޕާކްގެ ވިކްޓިމުންނަށް މިހާރު ކުރިމަތިވެފައިވާ އިހުމާލު މި އުސޫލާ ޚިލާފުވެ، އަދި ރައްޔިތުން ދައުލަތުގެ މުއައްސަސާތަކަށް ކުރާ އިތުބާރު ގެއްލޭ ގޮތަށް ޢަމަލުކުރެވެމުންދެއެވެ." އެ ސިޓީގައި ވަނީ މި ފަދައިން ބުނެފައެވެ.

މީގެ އިތުރުން، ޤާނޫނުއަސާސީގެ 70 ވަނަ މާއްދާ އަދި 75 ވަނަ މާއްދާގެ ދަށުން، ރައްޔިތުންގެ މަޖިލީހަށް ވަނީ ދައުލަތުގެ މުއައްސަސާތަކުގެ ޢަމަލުތައް ބެލުމުގެ އަދި ހުރިހާ ދިވެހި ރައްޔިތުންގެ ޙައްޤުތަކާއި ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ސާފު މެންޑޭޓެއް ލިބިދީފައެވެ. އެހެންކަމުން، ޢާންމު މަޞްލަޙަތާއި ޢަދުލު އިންޞާފު ގެއްލިގެންދާ ކަންކަމުގައި އަޅާލައި ފިޔަވަޅު އެޅުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށް ވަނީ ބުނެފައެވެ.

އެ ޕެޓިޝަންގައި މަޖިލީހުގެ ކިބައިން އެދިފައި ވަނީ އެޗްޑީސީން މިމައްސަލާއިގަ ހައްލެއް ހޯދާދިން ލަސްކުރަމުންދިއުން ތަޙްޤީޤުކުރުމާއި، މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވުމާއި، އަސަރުކޮށްފައިވާ ޢާއިލާތަކުގެ ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ހިމާޔަތްކޮށް، ޢަދުލުވެރި އަދި އަވަސް ހައްލެއް ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު