Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމައިގައި އިސްރާއީލް އަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ

ރޫބިއޯ ވިދާޅުވީ ޣައްޒާގެ ރައްޔިތުންނަށް ރަނގަޅު މުސްތަޤުބަލެއް ހައްގުވާ ކަމަށެވެ. އެހެން ނަމަވެސް، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ރަނގަޅު މުސްތަޤުބަލު ހޯދޭނީ، ހަމާސް ޖަމާއަތް މުޅިން ބަލިކޮށްގެން ނުވަތަ ނައްތާލައިގެން ކަމަށް ރޫބިއޯ ވަނީ ވިދާޅުވެފަ އެެވެ.

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވަނީ އިޒްރޭލަށް ގައްޒާގައި ކުރިއަށްދާ ހަނގުރާމައިގައި ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2025 | އަންގާރަ 04:57
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، އެމެރިކާ އިން އިސްރާއީލް އަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ.

ރޫބިއޯ މިހެން ވިދާޅުވެފައި ވަނީ އޭނާ އިސްރާއީލް އަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ރޫބިއޯ ވިދާޅުވީ ހަމާސް ޖަމާއަތް ނައްތާލުމަކީ މުހިންމު ކަމެއް ކަމަށާއި، އެ ހަނގުރާމައިގައި އެމެރިކާ އިން އިސްރާއީލް އަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

ރޫބިއޯ ވިދާޅުވީ ޣައްޒާގެ ރައްޔިތުންނަށް ރަނގަޅު މުސްތަޤުބަލެއް ހައްގުވާ ކަމަށެވެ. އެހެން ނަމަވެސް، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ރަނގަޅު މުސްތަޤުބަލު ހޯދޭނީ، ހަމާސް ޖަމާއަތް މުޅިން ބަލިކޮށްގެން ނުވަތަ ނައްތާލައިގެން ކަމަށް ރޫބިއޯ ވަނީ ވިދާޅުވެފަ އެެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ، އިސްރާއީލް އަށް ރޫބިއޯ ކުރެއްވި ދަތުރުފުޅަކީ އެމެރިކާ އިން އިސްރާއީލް އަށް ދެމުން އަންނަ އެއްބާރުލުމުގެ ސާފު މެސެޖެއް ކަމަށެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަން ފާހަގަ ކުރައްވައި ނަތަންޔާހޫ ވިދާޅުވީ، އެމެރިކާ އަދި ޓްރަމްޕް އަކީ އިސްރާއީލް އަށް ލިބުނު އެންމެ ރަނގަޅު ރަޙުމަތްތެރިޔާ ކަމަށެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ރޫބިއޯ ވަނީ، ފަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލު ކުރުމަށް ޔޫރަޕުގެ ބައެއް ޤައުމު ތަކުން ނިންމާފައިވާ ނިންމުމަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، އެއީ ހަމާސް ޖަމާއަތަށް އިތުރު ހިތްވަރު ލިބިގެން ދާނެ ނިންމުމެއް ކަމަށެވެ. އެއީ ހަމައެކަނި ލޯ މައްޗަށް ދައްކާލަން ކުރާ ކަމެއް ކަމަށާއި، ނަމަވެސް އެކަމުގެ ފައިދާ ހަމާސް ޖަމާއަތަށް ލިބިގެން ދާނެ ކަމުގައި ރޫބިއޯ ވިދާޅުވެފައިވެ އެވެ.

ޣައްޒާ ސިޓީ އެއްކޮށް ހިފުމާއި، ފަލަސްޠީނުގެ ދައުލަތެއް ޤާއިމުވިޔަ ނުދިނުމަށް ވެސްޓް ބޭންކުގެ ބައެއް ސަރަހައްދުތައް އިސްރާއީލްއާ އެއްކުރުމުގެ ވާހަކަތަކާ ގުޅޭ ގޮތުން ކުރިއަށް އޮތް ތަނުގައި ނަތަންޔާހޫއާ އެކު މަޝްވަރާ ކުރައްވާނެ ކަމުގައި ރޫބިއޯ ވިދާލުވި އެވެ.

ޣައްޒާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަކީ އެމެރިކާގެ ރައީސް ޓްރަމްޕްގެ އެންމެ ބޮޑު އެއް ވައުދެެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވެސް ޓްރަމްޕް ވަނީ އެކަމަށް ވައުދުވެފަ އެވެ. ނަމަވެސް، ޓްރަމްޕްގެ ވެރިކަަމަށް އަށް މަސް ދުވަސް ވެގެން ދިޔައިރު ވެސް، އެކަމުގައި ޓްރަމްޕް އަށް ކާމިޔާބު ހޯދިފައި ނުވާ ކަމަށެވެ.

މަސްދަރު: އޭއެފްޕީ

މާކޯ ރޫބިއޯ ބެންޖަމިން ނަތަންޔާހޫއެމެރިކާ-އިޒްރާއީލްޣައްޒާހަމާސްއިޒްރޭލް-ފަލަސްޠީން

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 އެޕްރީލު
އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި
20251 އަހަރު ކުރިން
ރާއްޖެ

އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު
20242 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް
20215 އަހަރު ކުރިން
ދުނިޔެ

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟
20197 އަހަރު ކުރިން
ރިޕޯޓު

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު