Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެތުލެޓިކް ބިލްބާއޯ

ބިލްބާއޯގައި މަޑު ކުރަން ނިންމައި، ނިކޯ އެއްބަސްވުން އައު ކޮށްފި

ނިކޯ ވަނީ އަށް އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ބިލްބާއޯގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެހެންކަމުން، 2035 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މިހާރު އޭނާ ބިލްބާއޯގައި ހުންނާނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖުލައި 2025 | ހޮނިހިރު 04:21
ބިލްބާއޯ އަށް ކުޅެމުން އަންނަ ސްޕެއިންގެ ނިކޯ ވިލިއަމްސް

ބިލްބާއޯ އަށް ކުޅެމުން އަންނަ ސްޕެއިންގެ ނިކޯ ވިލިއަމްސް

އެތުލެޓިކް ބިލްބާއޯ އަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ނިކޯ ވިލިއަމްސް، އެ ކުލަބުގައި މަޑު ކުރަން ނިންމައި އެއްބަސްވުން އައު ކޮށްފި އެވެ.

އުމުރުން 22 އަހަރުގެ ކުޅުންތެރިޔާ ބިލްބާއޯއާ އެކު ސޮއި ކޮށްފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2027 ވަނަ އަހަރު އެވެ. ނަމަވެސް، އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވައި، އޭނާ ހޯދުމުގެ މަސައްކަތް ބާސެލޯނާ އިން ވަނީ ކޮށްފަ އެވެ. މީގެ ކުރިން ވެސް ނިކޯ ހޯދުމަށް ބާސެލޯނާ އިން މަސައްކަތް ކޮށްފައިވާއިރު، މި ފަހަރު ވެސް ވަނީ އެކަމާ ގުޅުން ހުރި މަޝްވަރާތައް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

ނިކޯ ހޯދުމުގެ ގޮތުން ބިލްބާއޯ އަށް ދައްކަން ޖެހޭ އަދަދާ މެދު އިތުރު މަޝްވަރާތަކެއް ކުރަން ޖެހުނުއިރު، ބާސެލޯނާ އިން ބޭނުންވީ އެ އަދަދު ބަހާލައިގެން ދެއްކުމަށެވެ. ނަމަވެސް ބިލްބާއޯ އިން ވަނީ އެކަމާ އެއްބަސްވާން ދެކޮޅު ހަދައިފަ އެވެ. އޭގެ ފަހުން ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު ޑެކޯ ވަނީ، ނިކޯ ބާސެލޯނާ އަށް އަންނަން ބޭނުން ވެފައި ހުރި ކަމަށާއި، އޭނާ ގެނައުމަށް ބާސެލޯނާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

ނަމަވެސް ބިލްބާއޯ އިން ވަނީ ނިކޯގެ އެއްބަސްވުން އައު ކޮށްފައިވާ ކަމަށް އިއުލާން ކޮށްފަ އެވެ. އެގޮތުން، ނިކޯ ވަނީ އަށް އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ބިލްބާއޯގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެހެންކަމުން، 2035 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މިހާރު އޭނާ ބިލްބާއޯގައި ހުންނާނެ އެވެ. އައު އެއްބަސްވުމުގެ ދަށުން ނިކޯގެ ރިޒީލް ކްލޯސް ފީގެ އަދަދު ވެސް 50 އިންސައްތަ ބޮޑުވާނެ ކަމަށް އެ ކުލަބުން ވަނީ ހާމަކޮށްފަ އެވެ.

އެއްބަސްވުން އައު ކުރުމަށް ފަހު ނިކޯ ބުނެފައި ވަނީ، އޭނާ ހުރީ އޭނާ ހުންނަން ބޭނުންވާ ކުލަބުގަައި ކަމަށެވެ. އަދި ބިލްބާއޯ އަކީ އޭނާގެ ގެ ކަމަށާއި، އެ ކުލަބުގައި ހުންނަން ނިންމީ އޭނާގެ ހިތާ ރޫހުން ކަމަށް ނިކޯ ވަނީ ބުނެފަ އެވެ.

ނިކޯ ވަނީ ބިލްބާއޯ އަށް ކުޅެދިން 167 މެޗުގައި 31 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ކޮޕާ ޑެލް ރޭ ފުޓުބޯޅަ މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ. ނިކޯ އަކީ ސްޕެއިންގެ ޤައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ، އެ ޓީމުގައި ވެސް ހިމެނޭ މުހިންމު ކުޅުންތެރިޔެކެވެ.

އިތުރަށް ކިޔާލަން

19 މާރިޗު 2017

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
04 މާރިޗު 2017

މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން

04 މާރިޗު 2017
މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން
24 ފެބުރުއަރީ 2017

އަހަރެން ޔުނައިޓެޑްގައި މަޑުކުރާނަން: ރޫނީ

24 ފެބުރުއަރީ 2017
އަހަރެން ޔުނައިޓެޑްގައި މަޑުކުރާނަން: ރޫނީ
22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު