Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވީއޭއެމް ކަޕް

ޕޮލިހުން ސިފައިން ބަލި ކުރިއިރު، ދަޑިމަގާއި އެޗްޑީސީ ވެސް މޮޅުވެއްޖެ

ޕޮލިސް ކުލަބުން ވަނީ ތިން ސެޓު ދެ ސެޓުން ސިފައިންގެ ކުލަބުގެ މައްޗަށް ކުރި ހޯދާފައި އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖޫން 2025 | ހޯމަ 05:42
ވީއޭއެމް ކަޕްގައި ޕޮލިސް ކުލަބާއި ސިފައިންގެ ކުލަބު ބައްދަލު ކުރި މެޗުގެ ތެރެއިން

ވީއޭއެމް ކަޕްގައި ޕޮލިސް ކުލަބާއި ސިފައިންގެ ކުލަބު ބައްދަލު ކުރި މެޗުގެ ތެރެއިން

ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކަޕްގައި ޕޮލިސް ކުލަބާއި، ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު އަދި ކުލަބު އެޗްޑީސީ އިން ކުޅުނު މެޗުތަކުން މޮޅުވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބެވެ. މި މެޗު ޕޮލިސް ކުލަބުން ކާމިޔާބު ކުރީ ތިން ސެޓު ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ޕޮލިސް ކުލަބުން ކާމިޔާބު ކުރީ 25-19 އިންނެވެ. ނަމަވެސް، ސިފައިންގެ ކުލަބުން ވަނީ 19-25 އިން ދެ ވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ.

ތިން ވަނަ ސެޓުގައި ސިފައިންގެ ކުލަބުން ވަނީ 21-25 އިން ޕޮލިސްގެ މައްޗަށް ކުރި ހޯދައިފަ އެވެ. ނަމަވެސް ހަތަރު ވަނަ ސެޓުގައި ޕޮލިހުން ވަނީ 25-17 އިން ކުރި ހޯދައިފަ އެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓު ޕޮލިހުން ކާމިޔާބު ކުރީ 15-08 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ޗިރަގް އެވެ.

ދެ ވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ދަޑިމަގު އަދި ސަދާން ސްޕޯޓްސް ކުލަބެވެ. މި މެޗު ދަޑިމަގުން ކާމިޔާބު ކރުީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އެ ޓީމުން ކާމިޔާބު ކުރީ 25-20، 25-12 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދަޑިމަގުގެ ބަޓުރް ބަޓްސުރީ އެވެ.

ތިން ވަނަ މެޗުގައި އާދީއްތަ ދުވަހުގެ ރޭ ބައްދަލު ކުރީ އެޗްޑީސީ އާއި ހުރާ ކޮމިއުނިޓީ ކުލަބެވެ. މި މެޗު އެޗްޑީސި އިން ކާމިޔާބު ކުރީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ހުރާ އިން ކާމިޔާބު ކުރީ 25-22 އިންނެވެ. ނަމަވެސް އެޗްޑީސީ އިން ވަނީ ދެން ކުޅުނު ތިން ސެޓު ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ 23-25، 26-28 އަދި 22-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޗްޑީސީގެ ޝަމާއީލް ޙުސެއިން އެވެ.

ވީއޭއެމް ކަޕް

އިތުރަށް ކިޔާލަން

03 ޖުލައި 2025

ސިފައިންގެ ކުލަބުން ވީއޭއެމް ކަޕް ކާމިޔާބު ކޮށްފި

03 ޖުލައި 2025
ސިފައިންގެ ކުލަބުން ވީއޭއެމް ކަޕް ކާމިޔާބު ކޮށްފި
29 ޖޫން 2025

އެޗްޑީސީ، ޕޮލިސް އަދި ހުރާ ވެސް މޮޅުވެއްޖެ

29 ޖޫން 2025
އެޗްޑީސީ، ޕޮލިސް އަދި ހުރާ ވެސް މޮޅުވެއްޖެ
26 ޖޫން 2025

ސިފައިންގެ ކުލަބު، އެޗްޑީސީ އަދި ހުރާ މޮޅުވެއްޖެ

26 ޖޫން 2025
ސިފައިންގެ ކުލަބު، އެޗްޑީސީ އަދި ހުރާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު