Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދު

އެމްޑީޕީއަކީ ގައުމެއް ބަދަލުކޮށްލާ، ރައްޔިތަކަށް ހެވެއް ހޯދައިދޭ މުޅި އޭޝީއާ ތެރޭގައި އޮތް ހަމައެކަނި ސިޔާސީ ޕާޓީ - ނަޝީދު

އެމްޑީޕީއަށް ދަރަނި އަލުން އަތުރާލަން އެނގޭނެ، ފައިސާ ދައްކާނެ ގޮތްވެސް އަދި ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުކުރަން ދެންކުރަން އޮތީ ކޮންކަމެއްކަންވެސް އެމްޑީޕީއަށް އެނގޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 ޖޫން 2025 | ހޯމަ 17:41
ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ކުރީގެ ރައީސް މުޙައްމަދު ނަޝީދު

އެމްޑީޕީއަކީ މުޅި އޭޝިއާ ތެރޭގައި ގައުމެއް ބަދަލުކޮށްލާ، ރައްޔިތަކަށް ހެވެއް ހޯދައިދޭ ހަމައެކަނި ސިޔާސީ ޕާޓީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަލްޓަން ޕާކުގައި ބޭއްވުނު ހާއްސަ ޖަލްސާގައި އެމްޑީޕީގެ ޕޯޑިއަމްގައި ހުއްޓިވަޑައިގެން ހުންނަވާ ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެންމެ މުހިންމު އެއް އަމާޒަކީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް، ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ހުށަހެޅުމާއި، އަދި އެ ނިޒާމް އަށަގެންނެވުން ކަމަށެވެ.

Advertisement - newsAdvertisement

ގާތްގަނޑަކަށް 2 އަހަރު ފަހުން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ މި ނިޒާމް ރާއްޖޭގައި ގާއިމްކުރުމަށްޓަކައި ގަދަ އަޅާ ހިތްވަރާއެކު މަސައްކަތް ކުރި ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީއަކީ ދިވެހިރާއްޖޭގެ ކަންކަން ކުރިން އޮތްގޮތް ހަނދާނަށް ނުގެނެވޭ ވަރަށް ކަންކަން ބަދަލުކޮށްލި ބައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކަށް ރައްޔިތުން ކުރާ އިތުބާރު އިތުރަށް ހޯދަން ޖެހޭ. އެ އިތުބާރު މި ޕާޓީއަށް އިރާދަކުރެއްވިއްޔާ ރައްޔިތުންދޭނެ. އެއީ ރައްޔިތުންނަށް މި ޕާޓީގެ ފަލްސަފާއެއްވެސް އަދި މާޒީއެއްވެސް އަދި މި ޕާޓީ މުސްތަގުބަލުގައި ދާން އޮތް ގޮތްވެސްމެ އެ ރައްޔިތުންނަށް ނޯޅޭނެ. އަޅުގަނޑު ހިތުގައި ޝައްކެއް ނުހިނގާ. ރާއްޖޭގެ ރައްޔިތުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ފުރިހަމަ ގޮތުގައި ރައްދުކޮށްދޭނެ. ސިޔާސީ މަސައްކަތަކީ މާތް މަސައްކަތެއް. ސިޔާސީ ވެރިއަކު މަސައްކަތުގައި އުޅޭނީ އެންމެ ބޭނުމެއްގައި. އެއީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮކަމެއް ކޮށްދެވޭތޯ ބެލުމަށް.
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި، މަސައްކަތުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި ކަމަށެވެ. ދިވެހި ދައުލަތުގެ ދަރަނި މިހާރު ހުރީ އުފެއްދުންތެރިކަމުގެ 120 އިންސައްތައިގައި ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މިއަދު ދިވެހިރައްޔިތުންގެ އާންމު ހާލަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި ކަމަށެވެ. އަދި އަންނަ އަހަރު 1.2 ބިލިއަން ޑޮލަރުގެ ދަރަނި އަނބުރާ ދައްކަންޖެހޭ ކަމަށާއި، ނަމަވެސް ދައުލަތުގެ ގްރޮސް ރިޒާވްގައި ހުރީ 813 މިލިއަން ޑޮލަރު ކަމަށެވެ. އަދި އެއީ އިންޑިއާ ސަރުކާރުގެ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ހިމެނޭ ގޮތަށް އިން އަދަދެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަންނަ އަހަރަށް އަޅުގަނޑުމެން މި އަޅާ އިރުގައި މި ދަރަނި އަދާކުރެވޭނެ ގޮތެއް ހޯދަންޖެހޭނެ. ވާދަވެރި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު އެއް މަސައްކަތަކީ ރައްޔިތުންނަށް މި މައުލޫމާތު ހުށަހަޅައިދިނުން. ވަމުންދާގޮތް އޮޅުންފިލުވައިދިނުން. ކޮން އިރަކުން ކޮން ފައިސާއެއް ކޮންތާކަށްތޯ އަޅުގަނޑުމެން ދައްކަން އޮތީ. މި ފައިސާ ދައްކާން އޮތީތީ މި ރާއްޖެއަށް އަދި ރައްޔިތުންނަށް ދިމާވަމުން އަންނަ އުނދަގޫތައް އަޅުގަނޑު ހިތުން ކޮންމެ ދުވަހަކު މިދަނީ ފެންނަމުން. ޑޮލަރުގެ އަގު 19.40 އަރައިގެން ހިނގައްޖެ. އެހެންވީމާ ފިޔާކިލޯއެއް، އަލުވި ކިލޯއެއް މުގު ކިލޯއެއްގެ އަގު އަރައިގެން ގޮސް ހުންނާނެ ތަން. އިއްޔެ ބާޒާރަށް 300 ރުފިޔާ ހިފައިގެން ނުކުތް އިރު ފަރުޖެހުނޭ. މިއަދު 500 އިންވެސް ނުވޭ. އެއްވެސް ބޭފުޅެއްގެ މުސާރައަށް ބަދަލެއް ނާދޭ، ކުއްޔަށް ކަރަންޓަށް ފެނަށް ބަދަލެއް ނާދޭ. ހައްތަހާވެސް ދޭންޖެހޭ މިންވަރާއި ހަރަދު މިދަނީ ބޮޑުވަމުން.
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ސަރުކާރުގެ ހަރަދު ނުކުރާ މިންވަރަށް ތިރިވެއްޖެ ކަމަށާއި، ހަމައެކަނި ކުރައްވާ ކަމަކީ މުސާރަ ދެއްވުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އިގްތިސާދަށް ނުކުންނާނެ ފައިސާއެއް، އެނބުރޭނެ ފައިސާއެއް އަދި ކުރިއަރައިގެންދާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ އާންމު ހާލަތު ރައްޔިތުން ހޯދަންޖެހޭ ކަމަށާއި، އެމްޑީޕީ އަކީ ރައްޔިތުންގެ ސަލާމަތް އަބަދުވެސް ހޯދައިދޭނެ ޕާޓިއެއް ކަމަށެވެ. އެމްޑީޕީއަށް ދަރަނި އަލުން އަތުރާލަންވެސް އެނގޭނެ ކަމަށާއި، ފައިސާ ދައްކާނެ ގޮތްވެސް އަދި ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުކުރަން ދެންކުރަން އޮތީ ކޮންކަމެއްކަންވެސް އެމްޑީޕީއަށް އެނގޭނެ ކަމަށެވެ.

މި ޕާޓީއަކީ ހިސާބު ޖަހާ ޕާޓީއެއް. މި ޕާޓީއަކީ ރަނުން ރަނަށް މިންއަޅާ ޕާޓީއެއް. މި ޕާޓީއަކީ ދެން ވާނެގޮތް ދެނެގަންނަ ޕާޓީއެއް، މި ޕާޓީއަކީ ތިބޭފުޅުންނަށް ހެޔޮލަފާ ގޮތް ފޯރުކޮށްދޭނެ ޕާޓީއެއް. އެމްޑީޕީއަކީ ދަންނަވަންތޯ ހުރިހާ ކަނޑަކަށް އެކަނި ހެޔޮވަރު އޮޑިއެއް ނޫން، މިއީ މުޅި އޭޝިއާ ތެރޭގައި، ގައުމެއް ބަދަލުކުރަން ރައްޔިތަކަށް ހެވެއް ހޯދައިދޭކަން ހަގީގަތުގައި ނުވެސް ނެތް.
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު އެމްޑީޕީގެ ޕޯޑިއަމްއެއްގައި ވާހަކަފުޅު ދައްކަވާފައިވަނި ގާތްގަނޑަކަށް 2 އަހަރު ފަހުންނެވެ. 21 ޖޫން 2023 ގައި އެމަނިކުފާނު ވަނީ އެމްޑީޕީ އިން ވަކިވެވަޑައިގެންފައެވެ. އަދި ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާއަކީ އެމަނިކުފާނު އަލުން އެމްޑީޕިއާއި ގުޅިވަޑައިގަތުމާއި، އެމްޑީޕީއިން ދިޔަ ސިޔާސީ އިސް ފަރާތްތަކަށް މަރުހަބާ ކިޔުމަށް ބޭއްވި ހާއްސަ ޖަލްސާއެކެވެ.

މުހައްމަދު ނަޝީދުއެމްޑީޕީސަލްޓަން ޕާކު ގިނަ ޕާޓީ ނިޒާމް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު