Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލަރުން މަދުކުރާ ގަރާރު

ކައުންސިލަރުން މަދުކުރާ ގަރާރަށް އާންމުންގެ ހިޔާލު ހޯދަނީ

23 ޖޫން 2025 | ހޯމަ 14:31

ހިޔާލު ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ނުވަތަ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މެއިލް މެދުވެރިކޮށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 ޖޫން 2025 | ހޯމަ 14:31
ރައީސް ޑރ. މުއިއްޒު ދ. މީދޫ ކައުންސިލް އާ ބައްދަލު ކުރެއްވުން

ރައީސް ޑރ. މުއިއްޒު ދ. މީދޫ ކައުންސިލް އާ ބައްދަލު ކުރެއްވުން

ކައުންސިލަރުން މަދުކުރާ ގަރާރަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ "ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 15 އަހަރު ފުރުނުއިރު އެ ޤާނޫނަށް ގެނެވިފައިވާ އިޞްލާޙުތަކާއި، އެ ނިޒާމު ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މައްޗަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރު" އަާށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ލާމަރުކަޒީ ކޮމިޓީން ދިރާސާކުރަމުންދާ މި ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 8 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ އީމެއިލް އެޑްރެހަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވައިދިނުމަށެވެ.

ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ ރައީސް ޑރ، މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅެކެވެ. އެގޮތުން އެމަނިކުފާނު ވަނީ މިފަހުން ހަރަދު ކުޑަކުރުމުގެ ގޮތުން ކައުންސިލްތަކުގެ މެންބަރުންނާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށާއި އަތޮޅު ކައުންސިލްތައް އުވާލުމަށް އެމަނިކުފާނު ބޭނުންފުޅުވާކަމަށާއި އެގޮތަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ހިނގަމުން މިދާ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކުރިއިރު، ކައުންސިލްތަކަށް ދޭ ބްލޮކު ގްރާންޓު އޮތީ މަދުވެސްކޮށްފަ އެވެ.

އަދި "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން މެއި 15، ގައި ރައީސް ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ މާލީ އެހީ، ބްލޮކް ގްރާންޓު ނަގައިގެން ކައުންސިލްތަކުން ތަޖުރިބާ ދަތުރުގެ ނަމުގައި ދަނީ ބެންކޮކަށް ކަމަށްވެސް ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މީގެ ކުރިން ވަނީ ކައުންސިލަރުން މަދުކުރުމާއި ގުޅޭ ޚިޔާލު ފާޅުކުރައްވާފައެވެ. އެގޮތުން، ކައުންސިލްތަކުގައި ފުލްޓައިމްކޮށް ޚިދުމަތްކުރާން ކައުންސިލުގެ ރައީސާއި، ނައިބު ރައީސް އެކަނި ތިބޭ ގޮތަށް ކަނޑައަޅައި، ބާކީ ކައުންސިލަރުންނަކީ ޕާޓްޓައިމް މެންބަރުންނަށް ހެދުމަކީ އެ މަނިކުފާނު ހުށަހަޅުއްވާ ޚިޔާލުކަމުގައި ވަނީ ވިދާޅުވެފައެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގައި ބުނެފައިވަނީ ލާމަރުކަޒީ ނިޒާމު ވެފައި އޮތީ ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުން ރަށުގެ އިސްވެރިންގެ ގޮތުގައި އިންތިހާބުކުރާ ނިޒާމަކަށް ކަމަށެވެ. މީގެ އިތުރުން ކައުންސިލަރުންގެ އަދަދުތަކާ ގުޅޭގޮތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން ދައުލަތުގެ ޚަރަދު ބޮޑުވެ، އިގްތިސޯދުކުރަން ޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި ގާނޫނުގައި ބަޔާންކުރާތީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ކޮންމެ ރަށަކުން މަދުވެގެން ފަސް ކައުންސިލަރުން ތިބެން ލާޒިމުކޮށްފައި އޮތް އޮތުން ރަނގަޅުތޯ ސުވާލުއުފައްދާފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

05 ޖޫން 2017

ކައުންސިލަރުންނަށް ރައީސް މައުމޫނުގެ ނަސޭހަތް: "ވަރުގަދަ އަޒުމާއެކު ތަރައްގީއާއިގެން ކުރިއަށް ވަޑައިގަތުން އެދެން"

05 ޖޫން 2017
ކައުންސިލަރުންނަށް ރައީސް މައުމޫނުގެ ނަސޭހަތް: "ވަރުގަދަ އަޒުމާއެކު ތަރައްގީއާއިގެން ކުރިއަށް ވަޑައިގަތުން އެދެން"
02 ޖޫން 2017

އަލަށް އިންތިހާބްވި ކައުންސިލަރުން ހުވާކުރުން މާދަމާ ރޭ

02 ޖޫން 2017
އަލަށް އިންތިހާބްވި ކައުންސިލަރުން ހުވާކުރުން މާދަމާ ރޭ
23 މެއި 2017

ހިޔާލުފާޅުކުރާ ފަރާތްތަކަށް އިންޒާރުދޭ މައްސަލަތައް ބެލެންޖެހޭ: ޓްރާންސްޕޭރެންސީ މޯލްޑިވްސް

23 މެއި 2017
ހިޔާލުފާޅުކުރާ ފަރާތްތަކަށް އިންޒާރުދޭ މައްސަލަތައް ބެލެންޖެހޭ: ޓްރާންސްޕޭރެންސީ މޯލްޑިވްސް
16 މެއި 2017

ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ސަރުކާރަށް ދޫ ނުދިނުމަށް ސިޓީ ކައުންސިލަރުންގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގެންފި

16 މެއި 2017
ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ސަރުކާރަށް ދޫ ނުދިނުމަށް ސިޓީ ކައުންސިލަރުންގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގެންފި
15 މެއި 2017

އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

15 މެއި 2017
އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި
13 މެއި 2017

އެމްޑީޕީ ކައުންސިލަރުން ވެސް ލަހެއް ނުވެ ސަރުކާރާ ގުޅޭނެ: ނިހާން

13 މެއި 2017
އެމްޑީޕީ ކައުންސިލަރުން ވެސް ލަހެއް ނުވެ ސަރުކާރާ ގުޅޭނެ: ނިހާން
09 މެއި 2017

ކައުންސިލަރުން ހުވާކުރުން ޖޫން މަހުގެ 3 ގައި

09 މެއި 2017
ކައުންސިލަރުން ހުވާކުރުން ޖޫން މަހުގެ 3 ގައި
25 އެޕްރީލު 2017

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ

25 އެޕްރީލު 2017
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ
05 އެޕްރީލު 2017

އާންމުންގެ ފާޑުކިޔުމަކީ ހަގީގަތެއް ނޫން ކަމަށް މީރާއިން ބުނެފި

05 އެޕްރީލު 2017
އާންމުންގެ ފާޑުކިޔުމަކީ ހަގީގަތެއް ނޫން ކަމަށް މީރާއިން ބުނެފި
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް