Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ބޮސްމޭން މުޢިއްޒާއި އޭނާގެ ބޯއީސް

23 ޖޫން 2025 | ހޯމަ 13:32

މުއިއްޒު ހިތުހުރި ގޮތަކަށް ކަންތައް ކުރަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި ޕީއެންސީ މެންބަރުން ފިތިފައި ތިބޭތީ ކަމަށް ބުނަމުންދާ އަޑު ދަނީ ގަދަވަމުންނެވެ.

އަލީ ޝާހީން
އަލީ ޝާހީން | 23 ޖޫން 2025 | ހޯމަ 13:32
ބޮސްމޭން މުޢިއްޒާއި އޭނާގެ ބޯއީސް

ބޮސްމޭން މުޢިއްޒާއި އޭނާގެ ބޯއީސް

ވެރިކަން ކުރުމުގެ ބާރާއި މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތާއެކު ވަރަށް ހަމަޖެހިގެން ވެރިކަން ކުރަމުން އައި މި ސަރުކާރު ޑިފެންސަށް ފައިބަން ފަށައިފިއެވެ. ކޮންމެއަކަސް ޑިފެންސަށް ފައިބަން ޖެހޭ ސަބަބުތައް ވަރަށްވެސް ގިނައެވެ. ބޮޑު ތާއީދެއް ލިބި ވެރިކަމަށް އައީ ވައުދުތަށް ގޯނި ގޯނީގައި ތުން އައްސާ ބަރާ ކޮށްގެންނެވެ. އެންމެންނަށް ފެންނާނެހެން ފޮތް ފޮތުގައި ލިޔެގެންނެވެ. ބަދުނާމު ވަނީ އެކި އެކި ދާއިރާތަކުގެ މެންބަރުންނެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިންނަވަނީ ބާބުލާލު ހެދިފައި އެނބުރޭ ގޮނޑީގައެވެ.

މުއިއްޒު ހިތުހުރި ގޮތަކަށް ކަންތައް ކުރަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި ޕީއެންސީ މެންބަރުން ފިތިފައި ތިބޭތީ ކަމަށް ބުނަމުންދާ އަޑު ދަނީ ގަދަވަމުންނެވެ. އަމިއްލަ ބާރު އަމިއްލައަށް ކަނޑުވާލައިގެންތިބެ މުއިއްޒު އެޅިހާ ބަތަކަށް ރިހަވެގެން އުޅޭ އަށްޑިހަ ވަރަކަށް މެންބަރުންނަކީ ރައްޔިތުންނަށް މިއަދު ޖެހެމުން މިދާ ގިލަންވެރި ކަމުގެ މައިގަނޑު ސަބަބެވެ.

ދައުލަތް ދަވާލުމުގައި މުއިއްޒުގެ ހަގީގީ ބައިވެރިންނަކީ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނެވެ. މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލާ ދަތްނެތް ސިންގާ ތަކަކަށް އެ މުއައްސަސާތަށް ހަދާދީގެން އުޅެނީވެސް މިބުނާ މެންބަރުންނެވެ. ފަނޑިޔާރުގެ މުއިއްޒުގެ ގޮނޑިކޮއްކޮއަކަށް ހަދައިދެނީވެސް އެ މެންބަރުންނެވެ.

ދައުލަތުގެ ބަޖެޓުން ބައި އަޅައިގެން ދައުލަތުގެ މިލްކިއްޔާތު ބަހާލައި ކައިހުސްކުރަނީވެސް މެންބަރުންނަށް ބައިއެޅިގެންނެވެ. ދާއިރާއަށް ކަމެއް ނުކޮށްދީވެސް އަމިއްލަ ޖީބުތައް ފުރާލެވޭތީ ދާއިރާގެ ހައްގުގައި ޗުއްޕުވެސް ނުބުނެ އެތިބެނީ ހިނިއައިސްފައެވެ. ދާއިރާގެ ރައްޔިތުންނަށް ހައްގު މިންވަރަކީ ހަމައެކަނި އާސަންދަ ކަމުގައި ދެކިގެން ދައުލަތް ކައި ހުސްކުރާ މެންބަރުންގެ ލަދު ހަޔާތުގެ ކަންފުޅެއްވެސް ހަމަ ނެތީތާއެވެ.

މަޖިލީހުގެ ކަންކަން މުއިއްޒު ބުނާގޮތަށް ތަރުތީބުކޮށްދޭނެ މީހަކު ހުރެއެވެ. ކުރި ބޯށީގައި އަބްދުއް ރަހީމް ބައިންދާފާ އިނަސް މުޅި ގޭމް ޕްލޭން ރާވަނީ މުއިއްޒު އެވެ. އިންނަމާދޫ މާވަޑި ފަލާހު މޫނުމައްޗަށް ނެރެ ދައްކާފައި ބަހައްޓައިގެން ރާރާގުޑި ހައްދާފައި މީހުނާ ކުރިމަތިލާން ބަޔަކުތިބެއެވެ. ވައި އަނބުރަން ނެރެފައި ތިބެނީ ހޯރަފުށީ މުހައްމަދާއި ބާރަށު ޝުޖާއު ކަހަލަ ދެތިން މައިކެވެ.

ގާނޫނީ އޮނިގަނޑު ރޫޅާލާ ޝަރުއީ ނިޒާމް މުއިއްޒުގެ އަންބޮޑިއަށް ޖަހާދިނުމުގައި އިތުރު ގޮތެއް ނެތް އެމަނިކުފާނުގެ ބޯއީސް ހިދުމަތުގައި ތިބެއެވެ. ޖުމްލަކޮށް ޕީއެންސީއަށް ނިސްބަތްވާ ހުރިހާ މެންބަރުންހެން އެތިބީ ކޮށްގެން ތިބި ހުވަޔާ ހިލާފަށް ރައްޔިތުން ދޫކޮށް މުއިއްޒަށް ބޯލަނބާ ކިޔަމަން ގަތުމަށް ބައިއަތު ހިފައިގެންނެވެ.

ކޯމަހު ކުރީ އައިނަކަށް އެރިގެންއުޅޭ މަސްދޯންޏެކޭ މި މެންބަރުންނެކޭ ތަފާތެއްނެތެވެ. ފަސް އަހަރު ދުވަހަށް ނަގާނެ ވަރަކަށް ނަގަން ލިބިފައި އޮތް ރަންވަޅަކަށް މަޖިލިސް މެންބަރުކަން ވަނީ ހަދާފައެވެ. އިންސާނީ ކަރާމާތެއް ދުނިޔަވީ ހަމައެއް ގޮތެއް ފޮތެއް ހަލާލެއް ހަރާމެއް ބެލުމެއްނެތެވެ. ދިނީމާ ހިފަނީ ބިރަކާ ނުލައެވެ. މުޢިއްޒު ބުންޏަސް އެއީ ހަމަ ތެދެކެވެ. ދިމްޔާތުން އެކި ކުލަ ކުލައިގެ ދަބަހަސް ނެރޭތަން ފެންނަމީހުން މަދެއް ނޫނެވެ. މަޖީލުހުގެ މެންބަރުންނާއި ވަޒީރުން ހަނީމޫނަށް ދަނީ ދިމްޔާތަށް ބާވައޭވެސް ހިތަށްއަރައެވެ.

މި ފަދަ އެތަށް ކަމެއް ބޮސްމޭން ރައީސް މުޢިއްޒުގެ ފުށުން ފެންނަން އެބަހުއްޓެވެ. ކޮނުނުކޮނުނުހެން ގިނަވާނީ ފަހެވެ. މި ހިސާބުން މި ވަގުތަށް ކުރުކޮށް ލާނަމެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2024

އިޒްރޭލުން ހައްޔަރު ކުރި ފަލަސްޠީނުގެ އަންހެނަކަށް ދިން އަނިޔާތައް، އޭނާގެ ދުލުން...

17 ފެބުރުއަރީ 2024
އިޒްރޭލުން ހައްޔަރު ކުރި ފަލަސްޠީނުގެ އަންހެނަކަށް ދިން އަނިޔާތައް، އޭނާގެ ދުލުން...
24 އެޕްރީލު 2023

ސޫދާންގެ ތަޅާފޮޅުންގަނޑުގެ މެދުގައި ބެދުނު ޖަމާލުގެ ތަޖުރިބާ، އޭނާގެ ދުލުން!

24 އެޕްރީލު 2023
ސޫދާންގެ ތަޅާފޮޅުންގަނޑުގެ މެދުގައި ބެދުނު ޖަމާލުގެ ތަޖުރިބާ، އޭނާގެ ދުލުން!
21 ޖެނުއަރީ 2019

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

21 ޖެނުއަރީ 2019
ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
05 މެއި 2018

އަރީފް ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާކުރާއިރު، ސައުދީ ހައްޔަރުކޮށް ދައުވާނުކުރީ ކީއްވެ؟

05 މެއި 2018
އަރީފް ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާކުރާއިރު، ސައުދީ ހައްޔަރުކޮށް ދައުވާނުކުރީ ކީއްވެ؟
23 އެޕްރީލު 2017

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް