Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިއްގަރު ހިއްކި ސަރަހައްދު

ދިއްގަރުން ހިއްކި ސަރަހައްދު ހިމާޔަތް ކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ: ކައުންސިލްގެ ރައީސް

22 ޖޫން 2025 | އާދީއްތަ 08:16

ކުރީ ސަރުކާރުގައި ކުރިއަށް ގެންދިޔަ އެންމެ މުހިންމު މަޝްރޫއަކީ ބިން ހިއްކުމުގެ މަޝްރޫއު

އަމްނާ އިމާދު
އަމްނާ އިމާދު | 22 ޖޫން 2025 | އާދީއްތަ 08:16
މ. ދިއްގަރު

މ. ދިއްގަރު

މ. ދިއްގަރު ބިން ބޮޑު ކުރުމުގެ މަޝްރޫއުގެ ރިވެޓްމަންޓު ޖެހުމާއި، އެސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް އެރަށު ކައުންސިލްގެ ރައީސް އަހުމަދު ނިޝާން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ނިޝާން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އެރަށުގައި ކުރިއަށް ގެންދިޔަ އެންމެ މުހިންމު އަދި އެންމެ ބޮޑު މަޝްރޫއަކީ ބިން ބޮޑު ކުރުމަށް ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މަޝްރޫއު ކަމަށެވެ.

Advertisement - newsAdvertisement

ނިޝާން ވިދާޅުވީ ދިއްގަރު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، އެ ރަށަށް 25 ހެކްޓަރުގެ ބިން އިތުރުކޮށްފައިވާ ކަމަށާއި، ބިން ހިއްކާ ނިންމި ނަމަވެސް އެ ސަރަހައްދު ހިމާޔަތް ކުރުމަށް ރިވެޓްމަންޓް ޖެހުމާއި ބޭރުތޮށިލުމުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.

މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން އެކިއެކި ތަރީހުތައް ދިން ނަމަވެސް މަސައްކަތް ފެށިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މަސައްކަތް ކުރިއަށް ނުދާ ސަބަބަށް އިޝާރާތްކޮށް ނިޝާން ވިދާޅުވީ ހިލަ ލިބުމުގައި ދަތިވެފައިވާ ކަމަށް ސަރުކާރުން މައުލޫމާތު ދީފައިވާ ކަމަށާއި، ބާރު ސްޕީޑްގައި މަސައްކަތްތައް ކުރިއަށްދާނެ ދުވަހެއް ނޭނގޭ ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުގައި ބޭރުގެ ބޯޓުތައް ހިލަ ހިފައިގެން އެރަށަށް އައި ނަމަވެސް މިސަރުކާރުގައި ދޭތެރެއަކުން ހިލަ ގެންނަނީ ރާއްޖޭގެ އެހެން ރަށަކުން ކަމަށް ނިޝާން ވިދާޅުވިއެވެ.

ދެން އަޅުގަނޑުމެން ވަރަށް ބޮޑަށް އުންމީދުކުރިން 2023 ހާ ހަމައަށް އެމަސައްކަތް ނިމިގެންދާނެ ކަމަށް. އެހެންނަމަވެސް އެކި ސަބަބުތައް ދިމާވެ 2023 ގައި ވެސް ނުނިމުނު. ދެން ހުރިހާ ރައްޔިތުން ވެސް އުންމީދުކުރި 2024 ގައި ނިމޭނެ ކަމަށް. ދެން އޭރު ޔަގީންކަން ވެސް އަޅުގަނޑުމެންނަށް ދެއްވާފައިވަނީ. އެހެންނަމަވެސް އަދިވެސް މިދަނީ މަޑުޖެހެމުން. ވެލިއަޅާ ނިމިފައި. ރިވެޓްމަންޓް ޖެހުން އޮތީ. މައުލޫމާތު ލިބޭ ގޮތުގައި ހިލަ ލިބުމުގައި ދަތިތަކެއް އެބަ ދިމާވޭ. މިދޭތެރެއިން ވަރަށް ގިނަ ތާރީހުތަކެއް އަޅުގަނޑުމެންނަށް ދެއްވައިފި. މިއަހަރު ފެނުނުއިރު ޖެނުއަރީ، ފެބްރުއަރީ، މާރޗް، އޭޕްރީލް، މެއި އަނެއްކާ ޖޫން މިހެން ގޮސް އޯގަސްޓާ ހަމައަށް އެބަ އޮތް ޑޭޓްތައް ދީފައި.
ދިއްގަރު ކައުންސިލްގެ ރައީސް އަހުމަދު ނިޝާން

ދިއްގަރު ބިން ހިއްކުމުގެ މަޝްރޫއުގެ ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. 16 ސެޕްޓެންބަރު 2023 ގައި ބިން ހިއްކާ ނިންމާފައިވާއިރު، މިއަދާ ހަމައަށް އިތުރު މަސައްކަތެއް އެ ސަރަހައްދުގައި ކޮށްފައިނުވެއެވެ. ދިއްގަރަކީ 9.9 ހެކްޓަރުގެ ބިމެއް އޮންނަ ރަށެކެވެ. ނަމަވެސް ބިން ހިއްކުމާއެކު، 34.9 ހެކްޓަރުގެ ރަށް ވަނީ ބަދަލުވެފައެވެ. މި މަޝްރޫއާއެކު އެރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ވަނީ ލިބިފައެވެ. ނަމަވެސް އެރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ
14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
12 ފެބުރުއަރީ 2017

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް