Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސް ހުކުރު ދުވަހު

އިސްލާހު ކޮށްފައިވާ ހިންގާ ޤަވާއިދޫ ފާސް ކުރުމާއި، އިލެކްޓޯރަލް ކޯޑް ފާސް ކުރުމުގެ އިތުރުން، އެފްއޭއެމްގެ އައު ހިންގާ ކޮމެޓީގެ އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުން ކޮންގްރެސްގައި އޮންނާނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2025 | ހޮނިހިރު 07:14
މިއަހަރު ބޭއްވި އެފްއޭއެމް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން

މިއަހަރު ބޭއްވި އެފްއޭއެމް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އޯޑިނަރީ ކޮންގްރެސް، ޖޫން 25 ވާ ހުކުރު ދުވަހު ބާއްވަން ނިންމައި އިއުލާން ކޮށްފި އެވެ.

އެފްއޭއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އަންނަ ހުކުރު ދުވަހު އެ އިދާރާގެ ކޮންގްރެސް އޮންނާނެ ކަމަށެވެ. މީގެ ކުރިން މިއަހަރުގެ ތެރޭގައި އެފްއޭއެމް އިން ވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ވެސް ބާއްވައިފަ އެވެ.

އެ ކޮންގްރެސްގެ އެޖެންޑާގައި ހިމަނާފައި ވަނީ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ފާސް ކުރުމަށް ހުށަހެޅުމާއި، 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާން ހުށަހެޅުމާއި، 2025 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުމާއި، 2025 އިން 2028 ވަނަ އަހަރަށް އޮޑިޓް ކުރާ އެކްސްޓާރނަލް އޮޑިޓަރުން އައްޔަން ކުރުމާއި، އިސްލާހު ކޮށްފައިވާ ހިންގާ ޤަވާއިދޫ ފާސް ކުރުމާއި، އިލެކްޓޯރަލް ކޯޑް ފާސް ކުރުމުގެ އިތުރުން، އެފްއޭއެމްގެ އައު ހިންގާ ކޮމެޓީގެ އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމެވެ.

އެފްއޭއެމް އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ އެ ކޮންގްރެސްގައި ހުށަހެޅޭ އިސްލާޙު ކުރެވިފައިވާ ހިންގާ ޤަވާއިދަކީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އާއި، ސަރަހައްދީ ފުޓުބޯޅަ އިދާރާ (އޭއެފްސީ)ގެ ލަފާގެ މަތިން، އަދި އެފްއޭއެމްގެ މެމްބަރު ކުލަބުތަކުގެ މަޝްވަރާ އާއެކު އެކުލަވާލެވިފައިވާ ޤަވާއިދު ކަމަށެވެ.

މީގެ އިތުރުން އެ ކޮންގްރެސް އާއެކު އެފްއޭއެމް ނޯމަލައިޒޭޝަންގެ މަސައްކަތުގެ އެންމެ ފަހުގެ މަރުހަލާ ފެށިގެން ދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އައު ހިންގާ ކޮމެޓީގެ އިންތިޚާބު ބާއްވައި، ނޯމަލައިޒޭޝަން ކޮމެޓީގެ ދައުރު މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ފީފާ އިން ރާއްޖެ ނޯމަލައިޒް ކޮށްފައި ވަނީ އެއް އަހަރުގެ މުއްދަތަކަށެވެ. އެ މުއްދަތުގެ ތެރޭގައި އެފްއޭއެމްގެ ކަންކަން ރަނގަޅުކޮށް، އައު ހިންގާ ކޮމެޓީ އިންތިޚާބު ކުރަން ޖެހޭނެ ކަމަށް ވެސް އޮތީ އަންގައިފަ އެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ

22 މާރިޗު 2017
 މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ
17 މާރިޗު 2017

ފަލަސްތީން މެޗަށް އާދީއްތަ ދުވަހު ގައުމީ ޓީމު ފަރިތަކުރުންތައް ފަށަނީ!

17 މާރިޗު 2017
ފަލަސްތީން މެޗަށް އާދީއްތަ ދުވަހު ގައުމީ ޓީމު ފަރިތަކުރުންތައް ފަށަނީ!
15 މާރިޗު 2017

ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!

15 މާރިޗު 2017
ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!
25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
13 ފެބުރުއަރީ 2017

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު