Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫއެސް އޯޕަން

ޔޫއެސް އޯޕަންއަށް ފެޑެރާ ފިޓުވެއްޖެ

އެންމެ ފަހުން ފެޑެރާ ޔޫއެސް އޯޕަން މުބާރާތް ކާމިޔާބު ކޮށްފައިވަނީ މީގެ ނުވަ އަހަރު ކުރިން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 28 އޯގަސްޓު 2017 | ހޯމަ 07:16
ސުވިޒަލޭންޑުގެ ރޯޖާ ފެޑެރާ

ސުވިޒަލޭންޑުގެ ރޯޖާ ފެޑެރާ

ޔޫއެސް އޯޕަން ޓެނިސް މުބާރާތަށް ސުވިޒަލޭންޑުގެ ރޯޖާ ފެޑެރާ ފިޓު ވެއްޖެއެވެ.

ކެނެޑާ އޯޕަންގެ ފައިނަލްގައި އެލްކްޒެންޑާ ޒަވަރޭވް އަތުން ބަލިވި މެޗުގައި ފެޑެރާގެ ބުރަކަށްޓަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ވަނީ ދެ ހަފްތާ ވަންދެން ކުޅުމާއި ދުރުގައި ހުރެފައެވެ. މި އަނިޔާގެ ސަބަބުން މި މަހު ކުޅުނު ސިންސިނާޓީ އޯޕަންގައި އޭނާ ވާދަ ކޮށްފައި ނުވެއެވެ. އަދި މި މުބާރާތުގައި އޭނާ ނުކުޅުމުގެ ސަބަބުން އޭޓީޕީ ރޭންކިންގެ އެއްވަނައަށް އެރުމަށް އޭނާއަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ފެޑެރާ ބުނެފައިވަނީ ޔޫއެސް އޯޕަންއަށް ފިޓުވުމަށް ދެ ހަފްތާ ލިބުނު ކަމަށާއި އެ ދެ ހަފްތާގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުނު ކަމަށެވެ. އަދި މި ހަފްތާގައި ޕްރެކްޓިސްތަކެއް ކުރިޔަށް ގެންދިޔަ ކަމަށާއި އޭނާގެ އަނިޔާއިން ރިކަވާ ވުމުގައި ލިބުނު ކުރިއެރުމާއި މެދު ހިތްހަމަ ޖެހޭ ކަމަށްވެސް ފެޑެރާ ބުނެފައިވެއެވެ.

2012 ވަނަ އަހަރު ޔޫއެސް އޯޕަންގެ ޗެމްޕިއަން އެންޑީ މުރޭ ވަނީ މި އަހަރުގެ މުބާރާތުން ވަކިވެފައެވެ. އޭނާ މުބާރާތުން ވަކިވެފައިވަނީ އުނަގަނޑަށް ލިބުނު އަނިޔާއިން އެއްކޮށް ރަނގަޅުވެފައި ނުވާތީ ކަމަށް އޭނާ ހަމަކުރިއެވެ.

އެންމެ ފަހުން ފެޑެރާ ޔޫއެސް އޯޕަން މުބާރާތް ކާމިޔާބު ކޮށްފައިވަނީ މީގެ ނުވަ އަހަރު ކުރިންނެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ފައިނަލްއިން ބަލިވެފައެވެ. ފެޑެރާވަނީ މި އަހަރު ދެ ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައެވެ. އެއީ އޮސްޓްރޭލިއަން އޯޕަންއާއި ވިމްބަލްޑަންއެވެ. ޔޫއެސް އޯޕެން މުބާރާތް ފެޑެރާ ކާމިޔާބު ކޮށްފި ނަމަ އެ މުބާރާތް ވާނީ އޭނާ ކާމިޔާބުކުރާ 20 ވަނަ ގްރޭން ސްލޭމްއަށެވެ.

އިތުރަށް ކިޔާލަން

30 އޯގަސްޓު 2017

ޔޫއެސް އޯޕަން: ފެޑެރާއާ ނަދާލްވެސް ދެވަނަ ބުރަށް

30 އޯގަސްޓު 2017
ޔޫއެސް އޯޕަން: ފެޑެރާއާ ނަދާލްވެސް ދެވަނަ ބުރަށް
29 އޯގަސްޓު 2017

ޔޫއެސް އޯޕަން: ޝަރަޕޯވާ ފެށުން ރަނގަޅު ކޮށްފި

29 އޯގަސްޓު 2017
ޔޫއެސް އޯޕަން: ޝަރަޕޯވާ ފެށުން ރަނގަޅު ކޮށްފި
14 އޯގަސްޓު 2017

ފެޑެރާ ބަލިކޮށް ކެނެޑާ އޯޕެންގެ ޗެމްޕިއަންކަން ޒަވަރޭވް ހޯދައިފި

14 އޯގަސްޓު 2017
ފެޑެރާ ބަލިކޮށް ކެނެޑާ އޯޕެންގެ ޗެމްޕިއަންކަން ޒަވަރޭވް ހޯދައިފި
05 އޯގަސްޓު 2017

ޔޫއެސް އޯޕަން ޗެމްޕިއަން ވަވަރިންކާ އަށް ދެން މި އަހަރު ނުކުޅެވޭނެ!

05 އޯގަސްޓު 2017
ޔޫއެސް އޯޕަން ޗެމްޕިއަން ވަވަރިންކާ އަށް ދެން މި އަހަރު ނުކުޅެވޭނެ!
16 މެއި 2017

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

16 މެއި 2017
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު