Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލްތައް ހިންގުން

މި ސަރުކާރަށް ރަށްރަށަށް 60 ނުވަތަ 70 ހާސް ރުފިޔާ ދިނުމަށް ބޮޑުވޭ، އުއްތަމަ ފަނޑިޔާރަށް މަހަކު 70 ހާސް ރުފިޔާ ދިނުން އެއްވެސް އެއްޗަކަށް ނުވޭ: މެންބަރު އަމީން ފައިސަލް

16 ޖޫން 2025 | ހޯމަ 07:00

މި ސަރުކާރުން ލާމަރުކަޒީ ނިޒާމަކީ ހަރަދު ބޮޑު ނިޒާމެއްގެ ގޮތުގައި ދައްކަން ބޭނުންވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 16 ޖޫން 2025 | ހޯމަ 07:00
ރައްޔިތުން މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވާހަކަދައްކަވަނީ

ރައްޔިތުން މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވާހަކަދައްކަވަނީ

މި ސަރުކާރަށް ރާއްޖޭގެ ރަށްރަށަށް 60 ނުވަތަ 70 ހާސް ރުފިޔާ ދިނުމަށް ބޮޑުވާ ކަމަށާއި، އުއްތަމަ ފަނޑިޔާރަށް މަހަކު 70 ހާސްދޭން ނިންމުން އެއްވެސް ކަމަކަށް ނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމަށް ދިމާވެފައިވާ ދަތިތަކާއި، ގޮންޖެހުންތަކާ ހުށަހަޅާ ގަރާރަށް ބަހުސް ކުރައްވަމުން މެންބަރު އަމީން ފައިސަލް ވިދާޅުވީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމަކީ ހަރަދު ބޮޑު ނިޒާމެއްގެ ގޮތުގައި ދައްކަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށް މެންބަރު އަމީން ފައިސަލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިސަރުކާރަށް ބޮޑުވެގެން އުޅެނީ ރަށަކަށް ނުވަތަ ކައުންސިލަރަކަށް މޫސާރަ ދޭންވުމުން ކަމަށެވެ. އެގޮތުން ރަށަކަށް 60 ނުވަތަ 70 ހާސް ރުފިޔާ ދޭންވެޖެއްނަމަ ބޮޑުވާ ކަމަށާއި، ނަމަވެސް އުއްތަމަ ފަނޑިޔާރަށް މަހަކު 70 ހާސް ރުފިޔާ ދިނުން އެއްވެސް އެއްޗަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިސަރުކާރުގެ ސިޔާސީ މަގާމުތަކަށް އިޝާރާތް ކުރައްވައި މެންބަރު އަމީން ފައިސަލް ވިދާޅުވީ އިންތިޚާބަކާ ގުޅިގެން އެރަކަށް ނަގާ 15 މުވައްޒަފުންނާއި، ވެރިކަން ދެމެހެއްޓުމަށްޓަކައި މިސަރުކާރުން ކުރާ ބޭކާރު ހަރަދުތައް އިންތިހާއަށް ބޮޑު ކަމަށެވެ. އެއީ ލާމަރުކަޒީ ނިޒާމުގެ މައްސަލައެއް ނޫން ކަމަށް މެންބަރު އަމީން ފައިސަލް ވިދާޅުވިއެވެ.

މިއުޅެނީ ނިޒާމުގެ މައްސަލައެއް ނޫން. މިނިސްޓްރީތަކަށް ވެސް ސިޔާސީ މަގާމަށް ވެސް ވެރިންނަށް ވެސް އައްޔަން ކުރާ މީހުންގެ އިހުލާސްތެރިކަމެއް ނެތިގެން މިއުޅެނީ. ހިސާބަށްވުރެ ނުލަފާކަން ވައްކަން ކުރަން ބޫތު ކައިފަ ހުރީމަ ވާ ގޮތް މި ފެންނަނީ. އެހެންވީމަ ނިޒާމުގެ ތެރެއިން ގޯސްމީހުން އައްޔަންކޮށްފައި ދެން ނިޒާމެއް ނޫން ކުށްވެރި ކުރަންވީ. ގޯސް މީހުން އައްޔަން ކުރެވުނީމަ އެމީހުން ބާލާފައި ރަނގަޅު މީހުން އައްޔަން ކުރެވޭނެ ގޮތެއް ހޯދަންވީ. ގާނޫނުގައި އެބައޮތް 5 މިލިއަން ދަށުގެ ހުރިހާ ޕްރޮޖެކްޓެއް ދޭންޖެހޭނީ ކައުންސިލްތަކަށްދޭ. މިއަދު ވެސް ކުރިން ވެސް މިކަމެއް ނުވޭ. ކުރިން ވެސް އެގޮތަށް އެކަން ކުރާނަމަ މިހާރު ރަށްރަށުގައި ނުނިމފައި ހުރި ޕްރޮޖެކްޓްތައް ވެސް ނިންމޭނެ.
ރައްޔިތުން މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް

މެންބަރު އަމީން ފައިސަލް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ފުޑާލުމަށް އެއްބަސްނުވެވޭނެ ކަމަށާއި، ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ދެކޮޅު ކަމަށެވެ. ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން، ކައުންސިލަރުންގެ އަދަދު މަދުނުކޮށް، މިއަދު ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި، ހޮސްޕިޓަކްތަކަށް އައްޔަން ކުރައްވާފައިވާ ސިޔާސީ ބޭފުޅުންގެ ވަކި ކުރުން މާ ރަނގަޅުވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ހެލްތް ސެންޓަރުތަކަށް ވެސް ބަޖެޓު ވަކިކުރުމަށްފަހު ދޭ ކަމަށްވާނަމަ މާ ރަނގަޅަށް އެ މަރުކަޒުތައް ހިންގާނެ ކަމަށާއި، ރަށްރަށުން ސަރުކާރަށް ބަރޯސާވުން ކުޑަވާނެ ކަމަށެވެ.

މީގެ އިތުރުން މެންބަރު އަމީން ފައިސަލް ވިދާޅުވީ ބައެއް ރަށްރަށުގެ ކައުންސިލްތަކުގެ މަސައްކަތް ވަރަށް ރަނގަޅު ކަމަށާއި، ރަށްރަށުގެ ތަރައްގީއަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. ބަޖެޓުގައި ވާ ގޮތަށް ކައުންސިލްތަކަށް ފައިސާ ދޫކުރާނަމަ މިނިސްޓްރީތަކަށްވުރެ ރަނގަޅަށް ކައުންސިލުންތަކުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މާލެސިޓީ ކައުންސިލް ނުހިނގުމަކީ ނިޒާމުގެ މައްސަލައެއް ނޫން ކަމަށެވެ. އެއީ މާލެސިޓީ ކައުންސިލަށް އިންތިޚާބުކުރާ ބައެއްގެ މައްސަލަ ކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް