Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-އީރާން ހަނގުރާމަ

ޕުޓިން އާއި ޓްރަމްޕްގެ ފޯނު ކޯލެއް، އިސްރާއީލްގެ ހަމަލާތައް ޕުޓިން ކުށްވެރި ކުރައްވައިފި

މި މަޝްވަރާތަކާ ގުޅޭ ގޮތުން ރަޝިޔާގެ ތަރުޖަމާނު ޔޫރީ އުޝަކޮވް ވިދާޅުވެފައި ވަނީ، އިސްރާއީލްގެ އަސްކަރީ ޙަރަކާތްތައް ޕުޓިން ކުށްވެރި ކުރައްވާފައިވާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ޖޫން 2025 | އާދީއްތަ 08:22
ރަޝިޔާގެ ރައީސް ޕުޓިން އަދި އެމެރިކާގެ ރައީސް ޓްރަމްޕް

ރަޝިޔާގެ ރައީސް ޕުޓިން އަދި އެމެރިކާގެ ރައީސް ޓްރަމްޕް

އިސްރާއީލް އިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، މިހާރު ކުރިއަށް ދަމުން އަންނަ ހަމަލާތައް ބަދަލު ކުރުންތަކާ ގުޅިގެން ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވައިފި އެވެ.

ޕުޓިން އާއި ޓްރަމްޕް މަޝްވަރާ ކުރައްވާފައި ވަނީ ފޯނުން ގުޅުއްވައިގެން ހޮނިހިރު ދުވަހުގެ ވަގުތެއްގަ އެވެ. ދެ ރައީސުންގެ ދެ މެދުގައި ގިނަ މަޝްވަރާތަކެއް ކުރިއަށް ދިޔަ މި ފޯނު ކޯލު ވަނީ ގާތް ގަނޑަކަށް 50 މިނެޓަށް ދިގު ދެމިގެން ގޮސްފަ އެވެ.

އެ ފޯނު ކޯލުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައި ވަނީ، އިސްރާއީލް އާއި އީރާނާ ދެމެދު އުފެދިފައިވާ ހަނގުރާމައިގެ ޙާލަތާ ގުޅޭ ގޮތުންނެވެ.  މި މަޝްވަރާތަކާ ގުޅޭ ގޮތުން ރަޝިޔާގެ ތަރުޖަމާނު ޔޫރީ އުޝަކޮވް ވިދާޅުވެފައި ވަނީ، އިސްރާއީލްގެ އަސްކަރީ ޙަރަކާތްތައް ޕުޓިން ކުށްވެރި ކުރައްވާފައިވާ ކަމަށެވެ. އަދި މިހާރު އުފެދިފައި އޮތް ޙާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ކަންބޮޑުވުން ވެސް ޕުޓިން ފާޅު ކުރައްވާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. 

މި މަޝްވަރާތަކުގައި އެމެރިކާގެ ރައީސް ޓްރަމްޕް ވެސް ވަނީ މެދު އިރުމަތީގެ ޙާލަތާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައި އެވެ. އަދި އެ މަޝްވަރާތަކުގައި ޕުޓިން އާއި ޓްރަމްޕް ވަނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވައިފަ އެވެ. 

ޕުޓިން އާއި ޓްރަމްޕާ ދެމެދު އޮތް ގުޅުން ކޮންމެ ވެސް ވަރަކަށް ހީނަރުވެފައިވާ ކަމަށް އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައި ޓްރަމްޕާ ގުޅުއްވައި ދެއްކެވި ވާހަކައިގައި ޕުޓިން ވަނީ އިތުރަށް މަޝްވަރާ ކުރަން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ޓްރަމްޕާއި ޕުޓިންގެ ގުޅުން ގޯސްވެފައިވާ ކަމަށް ބެލެވެން ފެށީ ދާދި ފަހުން ޓްރަމްޕް ދައްކަވަން ފެއްޓެވި ވާހަކަތަކުގެ ސަބަބުންނެވެ. އެގޮތުން ރަޝިޔާ ޔުކްރެއިންގެ ހަނގުރާމަ ހުއްޓާލުމުގެ މައްސަލައިގައި ޓްރަމްޕް ވަނީ ޕުޓިން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. ހޮނިހިރު ދުވަހު ކުރެވުނު މަޝްވަރާތަކުގައި ޕުޓިން ވަނީ ޓްރަމްޕްގެ 79 ވަނަ އުފަންދުވަހުގެ ތަޙުނިޔާ ވެސް އަރިސްކޮށްފަ އެވެ. 

އީރާނަށް އަމާޒުކޮށް އިސްރާއީލް އިން ދިން ހަމަލާތަކުގެެ ސަބަބުން މިހާރު އުފެދިގެން އުޅޭ ޙާލަތާ ގުޅޭ ގޮތުން ޕުޓިން އިސްރާއީލް ކުށްވެރިކޮށްފައިވާއިރު، އެމެރިކާ އަކީ އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރި ވަމުން އަންނަ ޤައުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

09 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު