Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުގަލްފް އެއަރ

ގަލްފް އެއަރގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް، ކޮންމެ ހަފްތާއަކު 5 ފްލައިޓް ބާއްވާނެ

27 އޮކްޓޯބަރު 2019 | އާދީއްތަ 17:02

ފުރަތަމަ ފްލައިޓަށް މަރުހަބާ ދެންނެވީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުސައިން ޖަލީލް

މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ | 27 އޮކްޓޯބަރު 2019 | އާދީއްތަ 17:02
ރާއްޖެއަށް ޖެއްސި ގަލްފް އެއަރގެ ފްލައިޓަށް މަރުހަބާ ދަންނަވަނީ

ރާއްޖެއަށް ޖެއްސި ގަލްފް އެއަރގެ ފްލައިޓަށް މަރުހަބާ ދަންނަވަނީ

ބަހްރައިންގެ ގަލްފް އެއާރގެ އުދުހުންތައް ރަސްމީކޮށް ފަށައި، ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސައިފި އެވެ.

އެއާލައިންގެ ދަތުރުތައް ފަށައި، ފުރަތަމަ ފްލައިޓެއްގެ ގޮތުގައި ޖައްސާފައިވަނީ އެ އެއާލައިންގެ ޖީއެފް144 އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ބޯޓަށް ބޯޓަށް މަރުހަބާ ދެންނެވީ މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުސައިން ޖަލީލް އެވެ.

ގަލްފް އެއަރގެ އުދުހުންތައް ރާއްޖެއަށް ރަސްމީކޮށް ފެށުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި އެ އެއާލައިންގެ ޗީފް ކޮމާޝަލް އޮފިސަރު މިސްޓަރ ވިސެންޓް ކޯސްޓެ ވަނީ ފަތުރުވެރިންގެ ތެރޭގައި ހިމެނޭ އާއިލާތަކަށާއި އަލަތު ކައިވެންޏެއްކޮށް ލަގްޒަރީ ފެންވަރުގައި ޗުއްޓީ ހޭދަކޮށްލެވޭނެ މަންޒިލެއް ކަމުގައި ރާއްޖެ ސިފަކުރައްވާފައެވެ. އަދި ވިދާޅުވީ ހަފްތާއަކު ފަސް ޑައިރެކްޓް ފްލައިޓް ބަހްރައިން އިން ރާއްޖެއަަށް ކުރަން ފެށުމުން، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިދަތުރުގެ ސަބަބުން ދެޤައުމު ދަތުުރުފަތުރުގެ ވިއުގައަކުން ގުޅާލެވި، ދެޤައުމަށްވެސް ފައިދާ ވެގެންދާނެ އެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެކްޓިން ހެޑް އޮފް އޮޕަރޭޝަންސް އިބްރާހިމް ހަނީފު ވިދާޅުވީ، މި ފެށި ދަތުރުތަކާއެކު، އިގްތިސާދީ ގޮތުންނާއި ފަތުރުވެރިކަމުގެ ރޮނގުން އިތުރު ކުރިއެރންތައް ރާއްޖެއަށް ލިބިގެންދާނެ ކަމަށެވެ. އަދި އޭނާ ވަނީ ގަލްފް އެއާގެ ދަތުރުތަކާއެކު އެއާޕޯޓްގެ ހިދުމަތްތައްވެސް ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަލްފް އެއަރގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށާފައިވާއިރު، އެ އެއަރލައިނުން ހަފުތާއަކު 5 ދަތުރު ރާއްޖެއަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއަށް ފުރަތަމަ ޖެއްސި ގަލްފް އެއާބަސް އޭ320 ނިއޯ އަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތިމާވެއްޓާއި ރައްކާތެރި ގޮތެއްގައި އުފައްދާފައިވާ ފްލައިޓެކެވެ. އަދި އެ ފްލައިޓް ފަރުމާކޮށްފައިވަނީ އެންމެ ހިތްހަމަ ޖެހިގެން ދަތުރުކޮށްލެވޭނެ ފަދަ ގޮތަކަށްކަން ފާހަގަކޮށްލެވެއެވެ.

ގަލްފް އެއަރގެ ވައިގެ އުދުހުންތައް އެންމެ ފުރަތަމަ ފަށާފައިވަނީ 1950 ވަނަ އަހަރުއެވެ. އެ އެއަރލައިނުން ދުނިޔޭގެ 26 ޤައުމެއްގެ 47 މަންޒިލަކަށް ދަތުރުކުރެއެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
05 މާރިޗު 2017

ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ

05 މާރިޗު 2017
ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް