Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބޯޓު އޮޕަރޭޓަރސް ޓްރެއިނިންގް ޕްރޮގްރާމް

އެލިޔާ އާއި އެމް.އައި.ޓީ ގުޅިގެން ކުރިއަށް ގެންދިޔަ ބޯޓު އޮޕަރޭޓަރސް ޓްރެއިނިންގް ޕްރޮގްރާމް ނިންމާލައިފި

މި ޓްރެއިނިންގް ޕްރޮގްރާމަކީ ލޯންޗްތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންނަށް އަމާޒުކޮށް ކޮންމެ އަހަރަކުވެސް ބާއްވަމުން ގެންދާ ތަމްރީނު ޕްރޮގްރާމެއް

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 18 ޖުލައި 2019 | ބުރާސްފަތި 14:28
ބޯޓު އޮޕަރޭޓަރސް ޓްރެއިނިންގް ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރަކަށް ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް ސެޓްފިކެޓް ދެއްވަނީ

ބޯޓު އޮޕަރޭޓަރސް ޓްރެއިނިންގް ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރަކަށް ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް ސެޓްފިކެޓް ދެއްވަނީ

އެލިއާ އިންވެސްޓްމަންޓްސް އާއި މޯލްޑިވްސް އިންސްޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) ގުޅިގެން ކުރިއަށް ގެންދިޔަ ތިން ދުވަހުގެ ބޯޓު އޮޕަރޭޓަރސް ޓްރެއިނިންގް ޕްރޮގްރާމް ނިންމާލައިފިއެވެ.

ޓްރެއިނިންގ ޕްރޮގްރާމް ނިންމާލުމުގެ ގޮތުން ބުރާސްފަތި ދުވަހު އެމް.އައި.ޓީ ގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމްއެވެ.

މި ޓްރެއިނިންގް ޕްރޮގްރާމަކީ ލޯންޗްތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންނަށް އަމާޒުކޮށް ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހާޝިމް ވިދާޅުވީ މި ޕްރޮގްރާމުން ދަސްވި އެއްޗެއްގެ އަގު ހިފެހެއްޓޭނީ އެމީހެއްގެ ވަޒީފާގެ ތެރޭގައި އެކަންކަން ބޭނުން ކުރުމުން ކަމަށެވެ.

ޕްރޮގްރާމުގައި އަމަލީ ގޮތުން ކަންކަންކުރާނެ ގޮތުގެ ހުނަރާއި ފަންނީގޮތުން ބައިވެރިންނަށް މައުލޫމާތު ހިއްސާ ކުރެވިފައިވެއެވެ. މީގެ ތެރެއިން ފަސްޓް އެއިޑް ދޭނެ ގޮތުގެ މައުލޫމާތާއި ދިމާވެދާނެ އަލިފާނުގެ ހާދިސާއަކުން ސަލާމަތްވާނެ ގޮތްތަކުގެ ހުނަރު ބައިވެރިންނަށް ދެވިފައިވާނެ ކަމަށާ ކުއްލި ހާލަތްތަކުގައި ދިމާވެދާނެ ކަންކަމުން ސަލާމަތްވާނެ ގޮތުގެ މައުލޫމާތު ހިއްސާކުރެވި މެރިޓައިމް ގަވާއިދުތަކަށް ކެޕްޓަނުން އަހުލުވެރިކުރެވިފައިވާނެ ކަމަށް އެމް.އައި.ޓީން ބުނެފައިވެއެވެ.

އެލިއާ އިންވެސްޓްމެންޓްސް ގެ މެނޭޖިންގ ޑިރެކްޓަރ އަލައު އަލީ ވިދާޅުވެފައިވަނީ ޕްރޮގްރާމުން ދަސްވި ކަންކަމުގެ ބޭނުން ހިފަން ވާނެ ކަމަށާ އެކުގައި މަސައްކަތް ކުރާ މީހުންނަށް މި އުނގެނުނު ކަންކަން ދަސްކޮށްދޭން ވާނެ ކަމަށެވެ.

ތިމާވެށި ރައްކާތެރިކުރުމުގެ މުހިއްމުކަމާއިމެދު، ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނަށް އެ އިންސްޓިޓިއުޝަނުން މައުލޫމާތު ދީފައިވެއެވެ. އަދި ތިމާވެށި ރައްކާތެރިކުރުމަށް އަމަލީ މަސައްކަތްތަކެއް ފެށުމުގެ ގޮތުން އެލިއާ އިންވެސްޓްމަންޓްސްއާއި އެމް.އައި.ޓީގެ މުވައްޒިފުންގެ އިތުރަށް ޕްރޮގްރާމުގެ ބައިވެރިންވަނީ މާލޭގެ ހާބަރ ސަރަހައްދު ސާފު ކޮށްފައެވެ. މިކަން ކުރެވިގެންދިޔައީ މާލެސިޓީ ކައުންސިލާއި ވެސް ގުޅިގެން އެފަރާތުގެ ފުރިހަމަ އެއްބާރުލުމާއެކުގައެވެ.

މި ޓްރެއިނިންގް ޕްރޮގްރާމް ކުރިއަށް ދިޔައީ މިމަހުގެ 16 އިން 18 އަށެވެ. ޕްރޮގަރާމްގައި އެކި އެކި ރިސޯޓްތަކުންނާއި ކަނޑު އުޅަނދުފަހަރު ގެންގުޅޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކުން ޖުމްލަ 38 ފަރާތެއް މި ޕްރޮގްރާމުގެ ދަށުން ޓްރެއިނިންގ ހާސިލް ކޮށްފައިވެއެވެ.

މިއީ އެލިއާއިން މި ޓްރެއިނިންގް ޕްރޮގްރާމް ބާއްވާ 6 ވަނަ އަހަރެވެ. އަދި މި އަންނަ އަހަރުގައި ވެސް އާ ބައިވެރީންނާއެކު މި ޓްރެއިންނިންގް ޕްރޮގްރާމް ކުރިއަށް ގެނެދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމުގައި ދިވެހިންގެ އިތުރުން ޕާކިސްތާން، ބަންގްލަދޭޝްއިން، ނައިޖީރިޔާ އަދި މަޑަގަސްކަރައިގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

އިތުރަށް ކިޔާލަން

21 މެއި 2017

ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ

21 މެއި 2017
ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ
15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
11 މެއި 2017

މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި

11 މެއި 2017
މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި
19 އެޕްރީލު 2017

ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި

19 އެޕްރީލު 2017
ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި
05 އެޕްރީލު 2017

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ
29 މާރިޗު 2017

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި
26 މާރިޗު 2017

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ
11 މާރިޗު 2017

ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި

11 މާރިޗު 2017
ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި
08 މާރިޗު 2017

އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކް ބަހަނީ

08 މާރިޗު 2017
އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކް ބަހަނީ
01 ފެބުރުއަރީ 2017

އެއްލައިދޫ މަނިކުއާ ގުޅިގެން އެެމެރިކާ ކުންފުންޏަކުން ދެ ރިސޯޓެއް ހުޅުވަނީ

01 ފެބުރުއަރީ 2017
އެއްލައިދޫ މަނިކުއާ ގުޅިގެން އެެމެރިކާ ކުންފުންޏަކުން ދެ ރިސޯޓެއް ހުޅުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު