Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ-ހަނގުރާމަ

ސިންވާރުގެ ހަށިގަނޑު ފެނިފައިވާ ކަމަށް އިސްރާއީލް އިން ބުނެފި

އިސްކާރީލްގެ އަސްކަރިއްޔާ އިން ހާމަކޮށްފައިވާ ގޮތުގައި ސިންވާރުގެ ހަށިގަނޑު ފެނިފައި ވަނީ ޣައްޒާގެ ޚާން ޔުނިސްގައި ހުންނަ ޔޫރަޕިއަން ހޮސްޕިޓަލްގެ ދަށުގައިވާ ބިމު އަޑީގެ ޓަނަލް އަކުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޖޫން 2025 | ހޯމަ 06:21
އިސްރާއީލުގެ ސިފައިން އާންމުކުރި ވީޑިއޯއަކުން ނަގާފައިވާ ސްކްރީން ޝޮޓެއްގައި ހަމާސްގެ ވެރިޔާ މުހައްމަދު ސިންވާރު

އިސްރާއީލުގެ ސިފައިން އާންމުކުރި ވީޑިއޯއަކުން ނަގާފައިވާ ސްކްރީން ޝޮޓެއްގައި ހަމާސްގެ ވެރިޔާ މުހައްމަދު ސިންވާރު

ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ އިސް ލީޑަރު މުޙައްމަދު ސިންވާރުގެ ހަށިގަނޑު ފެނިފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ހާމަކޮށްފި އެވެ. 

އިސްކާރީލްގެ އަސްކަރިއްޔާ އިން ހާމަކޮށްފައިވާ ގޮތުގައި ސިންވާރުގެ ހަށިގަނޑު ފެނިފައި ވަނީ ޣައްޒާގެ ޚާން ޔުނިސްގައި ހުންނަ ޔޫރަޕިއަން ހޮސްޕިޓަލްގެ ދަށުގައިވާ ބިމު އަޑީގެ ޓަނަލް އަކުންނެވެ. 

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ މީގެ ކުރިން ވަނީ، ހަމާސްގެ ލީޑަރު ސިންވާރު އަވާހަރާކޮށްލާފައިވާކަން ހާމަކޮށްފަ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެ ދުވަހު އެނާ ދީފައި ނުވެ އެވެ.

ސިންވާރު އަވަހާރަކޮށްލުމަށް ފަހު އޭނާގެ ހަށިގަނޑު ފެނިފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ހާމަކޮށްފައިވާ އިރު، އެ އަސްކަރިއްޔާ އިން ބުނެފައި ވަނީ ސިންވާރު އަވަހާރަކޮށްލާފައި ވަނީ މިއަހަރުގެ މެއި މަހުގެ 13 ދުވަހު ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި، ވައިގެ މަގުން ދެެވުނު ހަމަލާއެއްގައި ކަމަށެވެ. 

މީގެ އިތުރުން އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ ސިންވާރުގެ އިތުރުން، އޭނާ އާއެކު ހަމާސް ޖަމާއަތުގެ އިތުރު މެމްބަރުން ތަކެއް ވެސް އަވަހާރަކޮށްލެވިފައިވާ ކަމަށެވެ. ސިންވާރުގެ ހަށިގަނޑު ފެނުނު ޓަނަލްގެ ތެރެއިން އޭނާގެ ބައެއް އަމިއްލަ ސާމާނުގެ އިތުރުން، ބައެއް އިންޓެލިޖެންސް މައުލޫމާތުތައް ލިބިފައިވާ ކަމަށް ވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ބުނެފަ އެވެ. 

އިސްރާއީލްގެ އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނަރަލް އެފީ ޑެފްރިން ނޫސްވެރިންނަށް މައުލޫމާދު ދެމުން ބުނެފައި ވަނީ، ސިންވާރުގެ ހަށިގަނޑު ފެނިފައި ވަނީ އެ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމުގެ ދަށުން ކަމަށެވެ. އަދި ޑީއެންއޭ ޓެސްޓުތަކުން، އެއީ ސިންވާރުގެ ހަށިގަނޑުކަން ޔަގީން ކުރެވިފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. 

މުޙައްމަދު ސިންވާރު އަވަހާރަކޮށްލާފައިވާކަން އިސްރާއީލް އިން ހާމަކޮށްފައިވާއިރު، މިދިޔަ އަހަރު ވަނީ ހަމާސްގެ ލީޑަރަކަށް އޭރު ހުންނެވި އޭނާގެ ބޭބެ ޔަހްޔާ ސިންވާރު ވެސް އަވަހާރަކޮށްލައިފަ އެވެ. ހަމާސް ޖަމާއަތުގެ ލީޑަރަކަށް މުޙައްމަދު ސިންވާރު ހަމަޖެއްސީ އޭގެ ފަހުންނެވެ. 

އިތުރަށް ކިޔާލަން

31 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އުތުރު ކޮރެއާއާ ހަވާލުކޮށްފި

31 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އުތުރު ކޮރެއާއާ ހަވާލުކޮށްފި
28 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އެހެން ގަައުމަކަށް ފޮނުވާލާކަށް އަދި ނޫޅޭ: މެލޭޝިއާ

28 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އެހެން ގަައުމަކަށް ފޮނުވާލާކަށް އަދި ނޫޅޭ: މެލޭޝިއާ
18 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ

18 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ
15 މާރިޗު 2017

ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

15 މާރިޗު 2017
ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި
11 މާރިޗު 2017

އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި

11 މާރިޗު 2017
އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު