Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަމަދޫ ޢީދު އުފާ 1446

"އީދު ފާހަގަކުރަން ކަމަދޫއަށް ނުދާންވީ ސަބަބެއް ނެތް"

8 ޖޫން 2025 | އާދީއްތަ 13:48

އީދަކީ އުފާ ފާޅުކޮށް ގުުޅުން ބަދަހި ކުރުމަށް ލިބޭ ފުރުސަތަކަށްވާއިރު، ކަމަދޫ ފަދަ ރަށްތަކުން ގެންދަނީ އެ ނަމޫނާ ދައްކަމުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 8 ޖޫން 2025 | އާދީއްތަ 13:48
ކަމަދޫ ޢީދު އުފާ 1446 - ކަމަދޫގެ ކުޅިވަރުގެ ފޯރި، ވަރަށް ތަފާތު

ކަމަދޫ ޢީދު އުފާ 1446 - ކަމަދޫގެ ކުޅިވަރުގެ ފޯރި، ވަރަށް ތަފާތު

ބޮޑު އީދުގެ ހަރަކާތްތައް އެންމެ ފޯރިގަދަކޮށް ކުރިއަށްގެންދާނީ ކޮންރަށެއްގައިތޯ ސުވާލުވެސް އުފައްދާނެ ކަމެއް ނެތެއެވެ. ކަމަދޫގެ ނަން ފަހަތަށް ޖައްސާލުމަށްފަހު ލިސްޓްގެ ކުރިން ޖާގަ ހޯދޭނެ އެހެން ރަށެއް ނެތެއެވެ.

ކަމަދޫގެ އީދު ފޯރިން ފާހަގަކުރެވުނު އެންމެ މުހިއްމު ކަމަކީ ސަގާފީ ކުޅިވަރުތަކަށް ހުރި ފޯރިއެވެ. އަންހެން ފިރިހެން ކުދިބޮޑު އެންމެން ޝާމިލްވެގެން ކުރިއަށްގެންދާ ސަގާފީ ހަރަކާތްތަކުގައި ރަށަށް ދިރުން ގެނުވައިދެއެވެ. މަންޒަރު ބަލަން ތިބޭ މީހުންނަށްވެސް ޖޯޝުން ފުރިގެންވާ އުފާވެރިކަމެއް ގެނުވައިދެއެވެ.

Advertisement - newsAdvertisement

އެގޮތުން ބަލާއިރު ކޯޑި ކެނޑުމާއި، ބޮޑުމަސް ބޭނުމާއި، ސްޓޭޖް ޝޯވ ގެ އިތުރުން، ދަފި ނެގުމާއި، މާފަތީގެ ހަރަކާތްތަކާއި، ކުޅިވަރު ހަރަކާތްތަކާއެކު ކަމަދޫގެ ކުދިބޮޑު ރައްޔިތުން އީދު ފާހަގަކުރަމުންދަނީ ރަށަށް އީދަށް ޒިޔާރަތްކުރި މެހެމާނުންވެސް ހައިރާން ކޮށްލާފައެވެ. ސަބަބަކީ މިފަދަ ފުރިހަމަކޮށް އިންތިޒާމްކުރެވިގެން ސަގާފީ ހަރަކާތްތައް ނުފެންނާތީއެވެ. ޒަމާނަށް އަންނަ ބަދަލާއި ގުޅިގެން ސަގާފީ ކަންކަމަށް ބަދަލުތަކެއް އަންނައިރު، މިފަދަ ކުޅިވަރުތައް ދިރުވާއި އާލާކޮށް ކުރިއަށްގެންދިއުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އީދުގެ ދެވަނަ ދުވަހުވެސް ކަމަދޫގައި ފެނިގެންދިޔައީ މުޅިން ސަގާފީ ހަރަކާތްތަކެއެވެ. އެގޮތުން ކުރުދަނޑި އަދި ފަތިގަނޑު ނެށުމާއި، ފަތްމާލި ނެރުމާއި، ދެ ޖިންސުގެ ދަތި ނެގުމާއި އަދި ރޭގަނޑު އޮތީ ބޮޑުމަހުގެ ކުޅިވަރުތަކެއެވެ.

މީގެ އިތުރުން އާދިއްތަ ދުވަހު ކުރިއަށްގެންދިޔަ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ކުޅިވަރު ހާލި އަދި އަންހެނުންގެ ކޯޑި ހެދުމަށް ހުއްދަ ހޯދަން ދިއުމާއި އަގު ކިޔުމަށް ދިއުމާއި ފިރިހެންނުންގެ ކޯޑި ކުޅިވަރުވަނީ ބާއްވާފައެވެ. މިއީ ސަގާފީ ހަރަކާތްތަކުގެ ތެރެއިން އެންމެ ފޯރިގަދަ ކުޅިވަރެއެވެ. ކޯޑި ޖެހުމާއި ކޯޑި ކެނޑުމަކީ ދިވެހި ސަގާފީ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ފޯރިގަދަ ކުޅުމެކެވެ. މިހާރުވެސް އީދުގައި ރަށްރަށުގައި އެންމެ މަޖާ ނަގާ އެއް ކުޅިވަރަކީ ކޯޑީގެ ކުޅިވަރެވެ..

އެކި ރަށްރަށުގައި ކޯޑި ހަދާފައި ހުންނަނީ އެކި ގޮތަށެވެ. ބައެއް މީހުން ކޯޑި ހަދައިފައި ހުންނަނީ ބޮލުގައި އަޅާ ކޯރިއެއް ގޮތަށެވެ، އޭގެ ވަށައިގެން ހުންނަނީ ބޮންތިފަން އެލުވާފަ އެވެ، އަނެއްބައި މީހުން ދަނޑިން އޭގެ މައިގަނޑެއް ހަދައި މޫނެއް ލައިފައި ވަށައިގެން އެކި އެއްޗެހި އެލުވައި ކޯޑީގެ މަންޒަރު ރީތިކޮށް ދައްކާގޮތަށް ހަދައިފައި ހުރެ އެވެ.

ކޯޑި ކުޅޭއިރު ފިރިހެނުން ކޯޑި ޖަހަނީ އަންހެނެއްގެ ބޮލުގައެވެ، އަންހެނުން ކޯޑި ޖަހަނީ ފިރިހެނުން ބޮލުގައެވެ. މިގޮތައް އެއްބަޔަކު ކޯޑި ޖެހުމުން އަނެއް ބަޔަކު އެވީ ކޯޑި ކަޑާށެވެ. ކޯޑި ޖެހި މީހުން އުޅޭނީ ކޯޑި ކެނޑިޔަ ނުދޭށެވެ. އަތުނުވަން ކޮޅުކޮޅުމައްޗަށް ދުވެ އަދި ގަދަހަދައި އުޅޭނެ އެވެ. އެކަމަކު ހަލުއިކޮށް ރުއްގަހަށް އަރާ މީހުން ކޯޑި ހިފައިގެން ރުކަކަށް އަރައި ރުކުގެ ކުރިޔަށް ނޫނީ ގަހުގެ ކުރިޔަށް ކޯޑިލަ އެވެ.

އިހު ޒަމާނުގައި ކޯޑިއަކީ އަންހެނުންނާއި ފިރިހެނުންގެ މެދުގައި ވަރަށް ބޮޑު ވާދަވެރިކަމެއް އަދި ވަރަށް ބޮޑު ފޯރިއެއް އޮންނަ ކުޅިވަރެކެވެ. މަގުމަތީ ކުޅިވަރެއްގެ ގޮތުގައި ބުނެވޭ މި ކުޅިވަރަށް އިހުގައި އޮތް ފޯރިއެއް މިއަދަކު ނެތެވެ.

އޭގެފަހުން ކޯޑި ކަނޑަން ރުކަށް ނުވަތަ ގަހަށް އަރާތޯ ބަލަން އެމީހުން އެތާ ފާރައަށް ތިބެ އެވެ. އެއީ ރުކަށް ނުވަތަ ގަހަށް އެރިޔަ ނުދޭން ނުވަތަ ކޯޑި ކެނޑިޔަ ނުދޭށެވެ. ނަމަވެސް އެންމެ ފަހުން ސިއްރުސިއްރުން ރުކަށް ނުވަތަ ގަހަށް އަރައި ކޮންމެވެސް މީހަކު ކޯޑި ކަނޑާލަ އެވެ.

އީދުގެ ހަރަކާތްތަކަށް ބަލާއިރުވެސް، ޒަމާންވީ ދިވެހިވަންތަ ސަޤާފަތްތަކާއި ރަހަތަކުގެ ކުލަވަރު ކަމަދޫއިން ދަނީ ދައްކުވައިދެމުންނެވެ. ކަމަދޫވަނީ 1446 ވަނަ އަހަރުގެ އީދު ފާހަގަކުރުމަށްޓަކައި ދުރާލައި ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން އެންމެ ހާއްސަކަމަކަށް ކަމަދޫގެ ރައްޔިތުން ދެކެނީ ރަށަށް އަރާ މެހެމާނުންނަށް ހިނިތުންވުމާއި އެކު މަރުހަބާ ކިޔުމެއެވެ. މިއަހަރުގެ ޝިއާރެއްގެ ގޮތުގައިވެސް ކަމަދޫ އީދު އުފާ ހާއްސަކޮށްފައިވަނީ އެކަކު އަނެކަކަށް ހިނިތުންވުމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ރައީސް ޔާމީނަށް ތާއީދު ނުކޮށްގެން ކޫއްޑޫގެ ސީނިއަރ ހަތަރު މުވައްޒަފަކު ފެލިވަރަށް ބަދަލުކޮށްފި

17 އެޕްރީލު 2017
ރައީސް ޔާމީނަށް ތާއީދު ނުކޮށްގެން ކޫއްޑޫގެ ސީނިއަރ ހަތަރު މުވައްޒަފަކު ފެލިވަރަށް ބަދަލުކޮށްފި
07 އެޕްރީލު 2017

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރުމަކީ ރިޝްވަތު ދިނުމެއް ނޫން: އިބޫ

07 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރުމަކީ ރިޝްވަތު ދިނުމެއް ނޫން: އިބޫ
05 އެޕްރީލު 2017

އިގްތިސާދު މުޅި ދުނިޔެއަށް ހުޅުވާލަދިނީ ރައީސް ޔާމީން: މިނިސްޓަރ ސައީދު

05 އެޕްރީލު 2017
އިގްތިސާދު މުޅި ދުނިޔެއަށް ހުޅުވާލަދިނީ ރައީސް ޔާމީން: މިނިސްޓަރ ސައީދު
02 އެޕްރީލު 2017

ރައީސް ޔާމީންގެ ސިޔާސީ ތާއީދު އެ ދަނީ ފުނޑެމުން، ސައުދުގެ ނިންމެވުމަށް މަރުހަބާ: ރައީސް ނަޝީދު

02 އެޕްރީލު 2017
ރައީސް ޔާމީންގެ ސިޔާސީ ތާއީދު އެ ދަނީ ފުނޑެމުން، ސައުދުގެ ނިންމެވުމަށް މަރުހަބާ: ރައީސް ނަޝީދު
30 މާރިޗު 2017

ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ

30 މާރިޗު 2017
ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ
22 މާރިޗު 2017

ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް

22 މާރިޗު 2017
ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް
08 މާރިޗު 2017

މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން

08 މާރިޗު 2017
މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން
24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް