Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ގުޅިފައިވާ ޕާޓީތައް

ގާސިމްގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލް ކުރުމަށް ގާނޫނީ ގޮތުން ކުރެވެންހުރި ހުރިހާ ކަމެއް ކުރާނަން: އިބޫ

27 އޯގަސްޓު 2017 | އާދީއްތަ 11:28

ހުކުމް ގާނޫނާ ހިލާފް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 27 އޯގަސްޓު 2017 | އާދީއްތަ 11:28
ގާސިމްގެ މައްޗަށް ޝަރީއަތް ހިންގަމުންދަނިކޮށް، ހާލު ދެރަވެގެން މީގެ ކުރިން އޭޑީކޭގައި އެޑްމިޓް ކުރައްވައިގެންވެސް ވަނީ ފަރުވާ ދީފައި--

ގާސިމްގެ މައްޗަށް ޝަރީއަތް ހިންގަމުންދަނިކޮށް، ހާލު ދެރަވެގެން މީގެ ކުރިން އޭޑީކޭގައި އެޑްމިޓް ކުރައްވައިގެންވެސް ވަނީ ފަރުވާ ދީފައި--

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމް ބާތިލް ކުރުމަށް ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ މައިޖަގަހަ މ. ކުނޫޒުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އިބޫ ވިދާޅުވީ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަދި އެކަން ރާއްޖޭގެ ގިނަ ގާނޫނީ ވަކީލުންގެ އިތުރުން ގިނަ ދިވެހި ރައްޔިތުންވެސް ގަބޫލު ކުރައްވާ ކަމަށެެވެ.

Advertisement - newsAdvertisement

"ގާސިމްގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ވަރަށްސާފުކޮށް ސަރީހަ އިބާރާތުން އެއޮތީ ރާއްޖޭން ބޭރުން ގާސިމަށް ސިއްހީ ފަރުވާ ލިބޭނެގޮތް ހަމަޖެއްސުމަށް އަމުރެއް ކޮށްފަ. އެހުކުމުގެ އެއްބަޔަށް އަމަލު ކޮށްފަ އަނެއްބަޔަށް އަމަލު ނުކުރުމަށް ދައުލަތުގެ އެއްވެސް އިދާރާއަކަށް ނުހިފެއްޓޭނެ. އެކޮށްފައި އޮތް އަމުރު ތަންފީޒު ކުރަންޖެހެނެ. މިހާރުވެސް މާބޮޑަށް ލަސްވެއްޖެ،" އިބޫ ވިދާޅުވި އެވެ.

ގާސިމަށް ރާއްޖޭން ބޭރުން ބޭސްފަރުވާ ލިބޭނެގޮތް ހެއްދެވުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް ކޯޓުން އަމުރެއްކޮށްފައިވާއިރު، އެކަން ލަސްވަމުންދާތީ އިބޫގެ އިތުރުން ގުޅިފައިވާ ސިޔާސީ ހުރިހާ ޕާޓީތަކަކުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެެވެ.

"އެ ހުކުމަށް އަމަލު ކުރުމަކީ ކޮންމެ ބަޔަކަށްވެސް ލާޒިމްކަމެއް. ނަމަވެސް އަޅުގަނޑުމެންވެސް އަދި ގިނަ ގާނޫނީ ވަކީލުންވެސް ގަބޫލެއް ނުކުރައްވާ ގާސިމްގެ މައްޗަށް ހިންގާފައިވާ ޝަރީއަތް ކުރިއަށް ގެންދިޔައީ އަދި ހުކުމް ކުރައްވާފައިވަނީ ވެސް ގާނޫނާ އެއްގޮތައް ކަމަކަށް. އެހެންކަމުން އެހުކުމް އެގޮތަށް ކުރުމުން އަޅުގަނޑުމެން ދެންމިތިބީ ކުރަންޖެހޭ ކަންކަން ކުރުމުގައި. ހައިކޯޓަށް އެމައްސަލަ އިސްތިއުނާފް ވެސް ކުރާނަން. ހައިކޯޓުން ކާމިޔާބު ނުވެއްޖެނަމަ ސުޕްރީމް ކޯޓަށްވެސް ހުށަހަޅާނަން. ހަމައެގޮތަށް ސަރުކާރުންވެސް އެ ހުކުމުގައިވާ ގޮތަށް ގާސިމް ބޭސްފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ފުރުމުގެ ފުރުސަތު އަވަހަށް ފޯރުކޮށްދެންޖެހޭ،" އިބޫ ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ކްރިމިނަލް ކޯޓުން ވަނީ ގާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފަ އެވެ. އެ ހުކުމް ގާސިމްގެ މައްޗަށް އިއްވާފައި ވަނީ ދައުލަތުގެ ފަރާތުން ގާސިމްގެ މައްޗަށް ހުށަހެޅި ރިޝްވަތު ހުށަހެޅުމުގެ ކުށުގެ ދައުވާ އާއި ގުޅިގެންނެވެ.

ގާސިމްގެ މައްޗަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތު ކުރިއިރު، އެމައްސަލަ ފެންމަތިވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޖިލީހުގެ މެމްބަރުންގެ ވޯޓު ހޯދުމަށްޓަކައި ލައިވް ކުރަމުންދިޔަ ޖަލްސާއެއްގައި މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓުގައި މަޖިލީހުގެ ވީހާވެސް ގިނަ މެމްބަރުން އެބޭފުޅުންނާއި ގުޅިވަޑައިގަތުމަށް ގާސިމް އެދިވަޑައިގެންނެވުމާއި ގުޅިގެންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް