Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނިއުޒިލެންޑުގައި ސިނގިރޭޓު މަނާކުރުން

ނިއުޒިލެންޑުގައި ސިނގިރޭޓު ބޭނުން ކުރުން ހުއްޓުވުމަށް ޤާނޫނެއް ފާސްކޮށްފި

2008 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކަށް ސިނގިރޭޓު ނުވަތަ ދުންފަތުގެ އެއްވެސް އުފެއްދުމެއް ވިއްކުން އަދި ބޭނުން ކުރުން މަނާވާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2022 | ބުދަ 02:12
ދުންފަތުގެ އިސްތިއުމާލު ކުރުން

ދުންފަތުގެ އިސްތިއުމާލު ކުރުން

ނިއުޒިލެންޑުގައި ސިނގިރޭޓު ނުވަތަ ދުންފަތުން އިސްތިއުމާލު ކުރުން އެއްކޮށް ހުއްޓުވުމަށް ހާއްސަ ޤާނޫނެއް ފާސްކޮށްފިއެވެ.

އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން އަންގާރަ ދުވަހު ފާސްކޮށްފައިވާ ޤާނޫނޫގެ ދަށުން 2008 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކަށް ސިނގިރޭޓު ނުވަތަ ދުންފަތުގެ އެއްވެސް އުފެއްދުމެއް ވިއްކުން އަދި ބޭނުން ކުރުން ވެސް މަނާވާނެއެވެ. ނަމަވެސް 2008 ވަނަ އަހަރުގެ ކުރިން އުފަން ވެފައިވާ މީހުންނަށް މި ޤާނޫނު ތަންފީޒު ކުރަން ފެށުމުން ވެސް އެ ޤައުމުގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭނެއެވެ.

ނިއުޒިލެންޑުން މި ޤާނޫނު ފާސްކޮށްފައިވަނީ ކުރިއަށް އޮތް ޖީލުތަކަކީ ދުންފަތާ ދުރު ޖީލުތަކަކަށް ހެދުމަށެވެ. އެގޮތުން މި ޤާނޫނާއެކު ކޮންމެ އަހަރަކު ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު މަދުވެ، 2050 ވަނަ އަހަރާ ހަމައަށް އުމުރުުން 40 އަހަރުގެ މީހުންނަށް ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރެވޭނެ ކަމަށް އެ ޤައުމުގެ ހެލްތު މިނިސްޓަރު އައިޝާ ވެރަލް ވަނީ ވިދާޅުވެފައެވެ. އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ވެސް އައިޝާއެވެ.

އޭނާ ވިދާޅުވީ މި ފިޔަވަޅާއެކު ދުންފަތުގެ ސަބަބުން ދިމާވާ ސިއްޙީ މައްސަލަތަކަށް ފަރުވާ ދިނުން މަދުވެ، ގިނަ ބަޔަކަށް ރައްކާތެރި އަދި ސިއްޙަތު ރަނގަޅު ދިރިއުޅުމެއް އުޅެވޭނެ ކަމަށެވެ. މީގެ ސަބަބުން ސިއްހީ ދާއިރާއިން 3.2 ބިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށް ވެސް އައިޝާ ވަނީ ވިދާޅުވެފައެވެ.

ނިއުޒިލެންޑުގައި މިހާރުވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު އާބާދީގެ ނިސްބަތުން ވަރަށް މަދެވެ. އެގޮތުން، މިއަހަރުގެ ރިޕޯޓުތައް ދައްކާ ގޮތުގައި އެ ޤައުމުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު އަރަނީ އެންމެ 8 އިންސައްތައަށެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 1.4 އިންސައްތައިގެ ދަށްވުމެކެވެ.

މި ބިލުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމުގެ އިތުރުން އެފަދަ ތަކެތި ވިއްކުން ހުއްޓުވުމަށް ވެސް ބާރު އަޅާފައިވެއެވެ. އެގޮތުން، މިހާރު އެ ޤައުމުގައި ދުންފަތް ހުންނަ 6000 ބާވަތް ވިއްކޭއިރު އައު ޤާނޫނާއެކު އެ އަދަދު 600 އަށް ވެއްޓޭނެއެވެ. އަދި އެތަކެތީގައި ނިކޮޓީން ބޭނުންކޮށްފައި ހުންނަ މިންވަރު ވެސް މަދުކުރަން ޖެހޭނެއެވެ. މީގެ ސަބަބުން އެ އުފެއްދުންތަކަށް އެޑިކްޓުވުން މަދުވާނެ ކަމަށް ބެލެވެއެވެ.

ދުންފަތް ހުންނަ ތަކެތި ބޭން ކުރަން މި ޤާނޫނުގެ ދަށުން ފިޔަވަޅު އެޅި ނަމަވެސް މި ޤާނޫނުގެ ދަށުން ވޭޕް މަނާ ނުވާނެއެވެ.

ނިއުޒިލެންޑްސިނގިރޭޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ވޭޕާ ގުޅުން ހުރި މައްސަލަތަކުގައި އޮކްޓޫބަރު މަހު އެކަނި ވެސް ދެ ލައްކަ ރުފިޔާގެ ބޮޑު ޖޫރިމަނާ އެއް

ވޭޕާ ގުޅުން ހުރި މައްސަލަތަކުގައި އޮކްޓޫބަރު މަހު އެކަނި ވެސް ދެ ލައްކަ ރުފިޔާގެ ބޮޑު ޖޫރިމަނާ އެއް

07 ނޮވެމްބަރު 2025
ބޮންޑެޑް ވެއަރހައުސް އިން ގެއްލުވާލި ސިނގިރޭޓަށް 14 ދުވަހުގެ ތެރޭ 47 މިމިއަން ރުފިޔާ ދައްކަން ހުކުމެއް

ބޮންޑެޑް ވެއަރހައުސް އިން ގެއްލުވާލި ސިނގިރޭޓަށް 14 ދުވަހުގެ ތެރޭ 47 މިމިއަން ރުފިޔާ ދައްކަން ހުކުމެއް

28 އޮކްޓޯބަރު 2025
މިވަގުތު ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ނުގަންނަން ނިއުޒިލެންޑް އިން ނިންމައިފި

މިވަގުތު ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ނުގަންނަން ނިއުޒިލެންޑް އިން ނިންމައިފި

27 ސެޕްޓެމްބަރު 2025
ފޮށި ތެރެއިން ކުޑަ ކުއްޖަކު ފެނިގެން ނިއުޒީލެންޑް ގައި އަންހެނަކު ހައްޔަރު ކޮށްފި

ފޮށި ތެރެއިން ކުޑަ ކުއްޖަކު ފެނިގެން ނިއުޒީލެންޑް ގައި އަންހެނަކު ހައްޔަރު ކޮށްފި

04 އޯގަސްޓު 2025
ނިއުޒިލޭންޑް މަޖިލީހުގައި އިހުތިޖާޖު ކުރުމުގެ ގޮތުން ނެށި ތިން މައޯރީ އެމްޕީއަކު ސަސްޕެންޑް ކޮށްފި

ނިއުޒިލޭންޑް މަޖިލީހުގައި އިހުތިޖާޖު ކުރުމުގެ ގޮތުން ނެށި ތިން މައޯރީ އެމްޕީއަކު ސަސްޕެންޑް ކޮށްފި

05 ޖޫން 2025

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު