Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ދުންފަތާ ދެކޮޅަށް މަސައްކަތްކުރުން

ދުންފަތުގެ އިސްތިޢުމާލު ކުރުމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ނިއުޒީލަންޑުން ކާމިޔާބީތަކެއް

ދުންފަތުގެ އިސްތިޢުމާލު ކުރުމާ ދެކޮޅަށް އެކުލަވާލި އާ ޤާނޫނުތައް ފާސްކޮށްފައި ވަނީ 76 މެންބަރުންގެ ތާޢީދާ އެކު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2022 | ބުރާސްފަތި 02:19
ދުންފަތުގެ އިސްތިއުމާލު ކުރުން

ދުންފަތުގެ އިސްތިއުމާލު ކުރުން

ނިއުޒީލަންޑްގެ ޒުވާން ޖީލު، ދުންފަތުގެ ނުރައްކާތެރި ވަބާއިން ސަލާމަތް ކުރުމަށްޓަކައި އެ ޤައުމުން ވަރުގަދަ ޤާނޫނުތަކެއް ފާސްކޮށްފިއެވެ.

ޑިސެމްބަރު 13 ވީ އަންގާރަ ދުވަހު ނިއުޒީލަންޑުން ފާސްކުރި ޤާނޫނުތަކަކީ ޒުވާނުން ދުންފަތުގެ އުފެއްދުންތައް ގަތުން މަނާ ކުރާ ޤާނޫނުތަކަކަށް ވާ އިރު، މިއީ މި މޭރުމުން ދުނިޔޭގެ ފެންވަރުގައިވެސް މިހާތަނަށް އެކުލަވާލި އެންމެ ހަރުކަށި ޤާނޫނުތަކުގެ ތެރޭގައި ގުނާލެވޭ ޤާނޫނުތަކެކެވެ.

ނިއުޒީލަންޑްގެ ޤާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް ޖެކީ ޑީން ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލު ކުރުމާ ދެކޮޅަށް އެކުލަވާލި އާ ޤާނޫނުތައް ފާސްކޮށްފައި ވަނީ 76 މެންބަރުންގެ ތާޢީދާ އެކުގައި ކަމަށެވެ. ޤާނޫނުތަކާ ދެކޮޅަށް ވޯޓު ދެއްވީ 43 މެންބަރެކެވެ.

ނިއުޒީލަންޑްގެ ޒުވާން ޖީލު، ދުންފަތުގެ ނުރައްކާތެރި ވަބާއިން ސަލާމަތް ކުރުމަށްޓަކާ އެ ޤައުމުން ފާސްކުރި ޤާނޫނުތަކަށް ބަލާއިރު، ޖެނުއަރީ 1، 2009 ގެ ފަހުން އުފަންވެފައިވާ ކުދިންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކައިފިނަމަ 150000 ނިއުޒީލަންޑް ޑޮލަރު ނުވަތަ 95910 އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ނޫން ޢަދަދަކުން، އެ ވިއްކި ފަރާތެއް ޖޫރި މަނާ ކުރުމަށް ބާރުދެއެވެ.

މީގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލުގެ ގޮތުގައި ބޭނުން ކުރާ އުފެއްދުންތަކުގައި ނިކޮޓީންގެ މާއްދާ ހިމެނޭނެ އެންމެ މަތީ މިންވަރު ވަނީ ދަށްކޮށްފައެވެ. އަދި ރީޓެއިލް އުސޫލުން، ދުންފަތުގެ އުފެއްދުންތައް ވިއްކޭ ވިޔަފާރި ވެރިންގެ ޢަދަދު 90 ޕަސެންޓަށް ދަށް ކުރުމަށްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، 2023 ވަނަ އަހަރު ނިމޭ އިރު، ރީޓެއިލް އުސލުން ދުންފަތުގެ އުފެއްދުންތައް ވިއްކޭ ފަރާތްތަކުގެ ޢަދަދު، 6000 އިން 600 އަށް މަދު ކުރުމަށް ޤާނޫނުން ވަނީ ގޮވާލާފައެވެ.

ނިއުޒީލަންޑްގެ އަދުގެ ހާލަތަށް ބަލާއިރު، ދުންފަތުގެ އިސްތިޢުމާލު ކުރުމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ނިއުޒީލަންޑްއަކީ ކާމިޔާބުތަކެއް ހޯދާފައިވާ ޤައުމެކެވެ. އޯގަނައިޒޭޝަން އޮފް އިކޮނޮމިކް ކޯޕަރޭޝަންގެ 38 މެންބަރު ޤައުމުތަކުގެ ތެރެއިން، ބޮޑެތި މީހުންގެ އާބާދީއަށް ބަލާއިރު ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންގެ ޢަދަދު، ނިސްބަތުން އެންމެ ދަށް ޤައުމަކީވެސް ނިއުޒީލަންޑްއެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުމާ ދެކޮޅަށް ނިއުޒީލަންޑް އިން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން ދާ އިރު، ނިއުޒީލަންޑްގެ ސަރުކާރުން އަމާޒު ހިފާފައި ވަނީ 2025 ވަނަ އަހަރު ނިމޭ އިރު، އެ ޤައުމަކީ ދުންފަތުގެ އިސްތިޢުމާލުން މުޅިން ސަލާމަތް ވެފައި ވާ ޤައުމަކަށް ހެދުމަށެވެ.

ނިއުޒިލެންޑް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިވަގުތު ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ނުގަންނަން ނިއުޒިލެންޑް އިން ނިންމައިފި

މިވަގުތު ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ނުގަންނަން ނިއުޒިލެންޑް އިން ނިންމައިފި

27 ސެޕްޓެމްބަރު 2025
ފޮށި ތެރެއިން ކުޑަ ކުއްޖަކު ފެނިގެން ނިއުޒީލެންޑް ގައި އަންހެނަކު ހައްޔަރު ކޮށްފި

ފޮށި ތެރެއިން ކުޑަ ކުއްޖަކު ފެނިގެން ނިއުޒީލެންޑް ގައި އަންހެނަކު ހައްޔަރު ކޮށްފި

04 އޯގަސްޓު 2025
ނިއުޒިލޭންޑް މަޖިލީހުގައި އިހުތިޖާޖު ކުރުމުގެ ގޮތުން ނެށި ތިން މައޯރީ އެމްޕީއަކު ސަސްޕެންޑް ކޮށްފި

ނިއުޒިލޭންޑް މަޖިލީހުގައި އިހުތިޖާޖު ކުރުމުގެ ގޮތުން ނެށި ތިން މައޯރީ އެމްޕީއަކު ސަސްޕެންޑް ކޮށްފި

05 ޖޫން 2025
ނިއުޒިލަންޑްގެ ވިސާ ގަވާއިދު ހަރުކަށިކޮށްފި

ނިއުޒިލަންޑްގެ ވިސާ ގަވާއިދު ހަރުކަށިކޮށްފި

08 އެޕްރީލު 2024
ނިއުޒިލަންޑަށް ދިޔަ ބޯޓަކަށް ކުރިމަތިވި ޓެކްނިކަލް މައްސަލަ އަކުން އެތައް ބައެއްގެ ބޯފެޅެން ދިމާވެއްޖެ

ނިއުޒިލަންޑަށް ދިޔަ ބޯޓަކަށް ކުރިމަތިވި ޓެކްނިކަލް މައްސަލަ އަކުން އެތައް ބައެއްގެ ބޯފެޅެން ދިމާވެއްޖެ

12 މާރިޗު 2024

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު