Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިންސްޓަން ޤައުމީ ޓީމަށް ކުޅުން ހުއްޓާލުން

ނިއުޒިލެންޑުގެ ކެޕްޓަން ވިންސްޓަން ރީޑް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ވެސްޓް ހޭމްގައި ވިންސްޓަން 11 އަހަރު ހޭދަކުރި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 19 ސެޕްޓެމްބަރު 2022 | ހޯމަ 14:37
ވިންސްޓަން ރީޑް

ވިންސްޓަން ރީޑް

ނިއުޒިލެންޑުގެ ޤައުމީ ފުޓްބޯޅަ ޓީމަށް ގިނަ ދުވަސްތަކެއް ވަންދެން ކެޕްޓަންކަން ކޮށްދިން ވިންސްޓަން ރީޑް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

ރީޑް ކުޅުން ހުއްޓާލީ އާދީއްތަ ދުވަހު، ނިއުޒިލެންޑާއި އޮސްޓްރޭލިއާ ކުޅުނު ރަހުމަތްތެރިކަމުގެ މެޗަށްފަހުއެވެ. ވެސްޓް ހޭމް ޔުނައިޓެޑަށް ދިގު މުއްދަތަކަށް ކުޅެދިން ރީޑް ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރީ ޤައުމުގެ ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައެވެ.

އުމުރުން 34 އަހަރުގެ ޑިފެންޑަރު ވަނީ ނިއުޒިލެންޑުގެ ޤައުމީ ޓީމަށް 32 މެޗު ކުޅެދީފައެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މެޗުގައި އޭނާ ވަނީ ޓީމުގެ ކެޕްޓަންކަން ކޮށްފައެވެ.

ނިއުޒިލެންޑުގެ އޯކްލެންޑަށް އުފަން ރީޑް އުޅެބޮޑުވީ ޑެންމާކުގައެވެ. އަދި ޤައުމީ ޓީމުގެ ޖޫނިއަރ ކެރިއަރުގައި އޭނާ ކުޅުނީވެސް ޑެންމާކުގެ ޓީމަށެވެ. ނިއުޒިލެންޑުގެ ޤައުމީ ޓީމަށް ރަޖިސްޓްރީކޮށް އެޓީމަށް ކުޅެން އޭނާ ފެށި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި ދިމާކޮށެވެ. އެމުބާރާތުގައި އޭނާ ވަނީ ސްލޮވާކިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ޓީމަށް މުހިންމު ލަނޑެއް ޖަހައިދީފައެވެ.

އެމުބާރާތާއި ގުޅޭގޮތުން ރީޑް ބުނީ އެވޯލްޑް ކަޕަކީ އޭނާއަށް ވަރަށް ޚާއްސަ މުބާރާތެއް ކަމަށެވެ. އެއީ އެމުބާރާތުގައި އޭނާ ޖެހި ތާރީޚީ ލަނޑާއި އުމުރުން ޒުވާން އިރުގައި އެމުބާރާތް ކުޅުމުންނެވެ. ރީޑް ވަނީ ޤައުމީ ޓީމަށް ކުޅުމަކީ އަދި ވަކިން ޚާއްސަކޮށް ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

ކްލަބު ފުޓްބޯޅައިގެ ކެރިއަރުގައި އަނިޔާގެ މައްސަލަތައް ދިމާވި ނަމަވެސް ރީޑް ވަނީ ވެސްޓް ހޭމް ޓީމަށް 200ށްވުރެ ގިނަ މެޗު ކުޅެދީފައެވެ. ވެސްޓް ހޭމްގައި ރީޑް 11 އަހަރު ހޭދަކުރިއެވެ.

ނިއުޒިލެންޑް

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2025

މިވަގުތު ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ނުގަންނަން ނިއުޒިލެންޑް އިން ނިންމައިފި

27 ސެޕްޓެމްބަރު 2025
މިވަގުތު ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ނުގަންނަން ނިއުޒިލެންޑް އިން ނިންމައިފި
04 އޯގަސްޓު 2025

ފޮށި ތެރެއިން ކުޑަ ކުއްޖަކު ފެނިގެން ނިއުޒީލެންޑް ގައި އަންހެނަކު ހައްޔަރު ކޮށްފި

04 އޯގަސްޓު 2025
ފޮށި ތެރެއިން ކުޑަ ކުއްޖަކު ފެނިގެން ނިއުޒީލެންޑް ގައި އަންހެނަކު ހައްޔަރު ކޮށްފި
05 ޖޫން 2025

ނިއުޒިލޭންޑް މަޖިލީހުގައި އިހުތިޖާޖު ކުރުމުގެ ގޮތުން ނެށި ތިން މައޯރީ އެމްޕީއަކު ސަސްޕެންޑް ކޮށްފި

05 ޖޫން 2025
ނިއުޒިލޭންޑް މަޖިލީހުގައި އިހުތިޖާޖު ކުރުމުގެ ގޮތުން ނެށި ތިން މައޯރީ އެމްޕީއަކު ސަސްޕެންޑް ކޮށްފި
08 އެޕްރީލު 2024

ނިއުޒިލަންޑްގެ ވިސާ ގަވާއިދު ހަރުކަށިކޮށްފި

08 އެޕްރީލު 2024
ނިއުޒިލަންޑްގެ ވިސާ ގަވާއިދު ހަރުކަށިކޮށްފި
12 މާރިޗު 2024

ނިއުޒިލަންޑަށް ދިޔަ ބޯޓަކަށް ކުރިމަތިވި ޓެކްނިކަލް މައްސަލަ އަކުން އެތައް ބައެއްގެ ބޯފެޅެން ދިމާވެއްޖެ

12 މާރިޗު 2024
ނިއުޒިލަންޑަށް ދިޔަ ބޯޓަކަށް ކުރިމަތިވި ޓެކްނިކަލް މައްސަލަ އަކުން އެތައް ބައެއްގެ ބޯފެޅެން ދިމާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު