Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްއަރަފާތު ދުވަސް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

5 ޖޫން 2025 | ބުރާސްފަތި 13:04

ތަޤްވާވެރި ވުމަށާއި އިސްލާމް ދީނަށް ތަބާވުމަށާއި ޢާއިލީ ގުޅުންތަކާއި، ތެދުވެރިކަމާއި، ރިވެތި އަޚްލާޤާއި، ނަމާދުގެ ރޫޙާނީ ފައިދާ ލިބިގަތުމަށް އަރަފާތު ދުވަހުގެ ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ރާއްޖެ އެމްވީ | 5 ޖޫން 2025 | ބުރާސްފަތި 13:04
ޝެއިޚް ޑރ.ސާލިހް ބިން ހުމައިދު އަރަފާތު ދުވަހުގެ ޚުތުބާ އިއްވަނީ

ޝެއިޚް ޑރ.ސާލިހް ބިން ހުމައިދު އަރަފާތު ދުވަހުގެ ޚުތުބާ އިއްވަނީ

ޢަރަފާތް ދުވަހުގެ ޚުޠުބާ ދެއްވަމުން، މައްކާ މަސްޖިދުލް ޙަރާމުގެ އިމާމު ޝައިޚް ޑރ. ޞާލިޙް ބިން ޙުމައިދު މުސްލިމުންނަށް ތަޤްވާވެރި ވުމަށާއި އިސްލާމް ދީނަށް ތަބާވުމަށާއި ޢާއިލީ ގުޅުންތަކާއި، ތެދުވެރިކަމާއި، ރިވެތި އަޚްލާޤާއި، ނަމާދުގެ ރޫޙާނީ ފައިދާ ލިބިގަތުމަށް ގޮވާލައްވައިފިއެވެ.

އަދި މިއީ ޙަޤީޤީ އީމާންކަމުގެ މުހިންމު ބައިތަކެއް ކަމުގައި އިމާމު ފާހަގަ ކުރެއްވި އެވެ.

ބުރާސްފަތި ދުވަހު ޙައްޖުވެރިން ޢަރަފާތުގައި ހުންނަ ނަމީރާ މިސްކިތަށް ޖަމާވެ މާތް ރަސޫލާގެ ސުންނަތާ އެއްގޮތަށް މެންދުރާއި ޢަޞުރު ނަމާދު ޖަމާޢަތުގައި އަދާކުރިއެވެ.

އެތައް ލައްކަ ހައްޖުވެރިން މިސްކިތަށް ޖަމާވި އިރު ސަލާމަތީ ކަންކަމާއި އެހެނިން ޚިދުމަތްތައް ހުރީ ވަރަށް ފުރިހަމަ އަށް އިންތިޒާމު ވެފައެވެ.

އިމާމު ޝައިޚް ޑރ. ޞާލިޙް ބިން ޙުމައިދު އަރަފާތު ދުވަހުގެ ޚުތުބާ ގައި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ އެންމެ ފަހު ރަސޫލާކަން ޤަބޫލުކުރުމުގެ ތެރޭގައި، އެކަލޭގެފާނުގެ އުގަންނަވައިދެއްވި ކަންތައްތަކަށް ފުރިހަމަ އަށް ކިޔަމަންވުމާއި، އެކަލޭގެފާނު ދެއްކެވި ގޮތާ އެއްގޮތަށް ޢަމަލުކުރުމާއި، ދީނަށް ތައާރުފް ކުރެވޭ އައު ކަންކަމަށް ނޫނެކޭ ބުނުން ހިމެނޭ ކަމަށެވެ.

ޚުތުބާގައި އިމާމު ވިދާޅުވީ ނަމާދަކީ އަޅާ ﷲ އާ ގުޅުވައިދޭ އެއްޗަކަށް ވުމުގެ އިތުރުން، އަމިއްލަ ނަފްސު ހަރުދަނާކޮށް، ސާފުކޮށް، ރޫޙާނީ ގޮތުން ހޭލުންތެރިކަން އިތުރުކޮށްދޭ އެއްޗެއް ކަމުގައެވެ.

ޢަރަފާތު ގައި އެންމެ ފާހަގަކޮށްލެވޭ ދީނީ ތަންތަނުގެ ތެރެއިން އެއް ބިނާ ކަމުގައިވާ ނަމީރާ މިސްކިތައް އަރަފާތު ދުވަހު އެތައް ހާސް ހައްޖުވެރިން އެއްވިއެވެ.

މި މިސްކިތަކީ އެންމެ ފުރަތަމަ ޢައްބާސީ ޚިލާފަތުގެ ދައުރުގައި ބިނާކުރެވުނު މިސްކިތެކެވެ. މިއީީ ފަހުން ސަޢޫދީ ވެރިކަމުގެ ދަށުން ވަރަށް ބޮޑަށް ބޮޑު ކުރެވި ތަރައްގީ ކުރެވިފައިވާ މިސްކިތެކެވެ.

މި މިސްކިތުގެ ބޮޑުމިނަކީ 110,000 އަކަ މީޓަރެވެ. މިސްކިތުގައި 350,000 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރަން ޖާގަ ލިބެއެވެ. މި މިސްކިތުގައި 6 މުންނާރާއި، 3 ގުއްބާއާއި، 64 ދޮރާއެކު 10 މައި ދޮރާށި ހުރެއެވެ.

އިމާމް ޝައިޚް ޑރ. ޞާލިޙް ބިން ޙުމައިދުމައްކާ މަސްޖިދުލް ޙަރާމްނަމީރާ މިސްކިތްއަރަފާތު ދުވަސްހައްޖު 1446

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

05 ޖޫން 2025

އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

05 ޖޫން 2025
އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ
05 ޖޫން 2025

ޙައްޖުވެރިންނަށް އަމާޒުކޮށްގެން ދެ ބުރީގެ ފޭލި ގެތަކެއް

05 ޖޫން 2025
ޙައްޖުވެރިންނަށް އަމާޒުކޮށްގެން ދެ ބުރީގެ ފޭލި ގެތަކެއް
04 ޖޫން 2025

ގަދަ ހޫނުގައި މިލިއަނަކަށް ވުރެ ގިނަ މުސްލިމުން މި އަހަރުގެ ހައްޖުގެ އަޅުކަން ފަށައިފި

04 ޖޫން 2025
ގަދަ ހޫނުގައި މިލިއަނަކަށް ވުރެ ގިނަ މުސްލިމުން މި އަހަރުގެ ހައްޖުގެ އަޅުކަން ފަށައިފި
04 ޖޫން 2025

ހައްޖުވެރިން ހެނދުނު 10:00ން ހަވީރު 4:00ށް ކޭމްޕުން ބޭރަށް ނުނިކުންނަށް އިލްތިމާސް ކޮށްފި

04 ޖޫން 2025
ހައްޖުވެރިން ހެނދުނު 10:00ން ހަވީރު 4:00ށް ކޭމްޕުން ބޭރަށް ނުނިކުންނަށް އިލްތިމާސް ކޮށްފި
04 ޖޫން 2025

ދިވެހި ހުރިހާ ހައްޖާޖީން މިނާގައި، ހާލު ރަނގަޅު

04 ޖޫން 2025
ދިވެހި ހުރިހާ ހައްޖާޖީން މިނާގައި، ހާލު ރަނގަޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް