Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހައްޖު 1446

ޙައްޖުވެރިންނަށް އަމާޒުކޮށްގެން ދެ ބުރީގެ ފޭލި ގެތަކެއް

އެގޮތުން ކިދާނާ ކުންފުނިން ޤާއިމު ކުރި މި ފޭލި ގެތަކުގައި ގާތް ގަނޑަކަށް އަށް ހާސް ހައްޖާޖީން އަށް ތިބެވޭނެ ކަމަށް ލަފާ ކޮށްފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖޫން 2025 | ބުރާސްފަތި 08:02
ކިދާނާ ޑިވެލޮޕްމަންޓް ކުންފުނިން ޤާއިމު ކުރި ފޭލި ގެތަކުގެ އެތެރެ ފެންނަ މަންޒަރެއް

ކިދާނާ ޑިވެލޮޕްމަންޓް ކުންފުނިން ޤާއިމު ކުރި ފޭލި ގެތަކުގެ އެތެރެ ފެންނަ މަންޒަރެއް

މިއަހަރުގެ ޙައްޖު އަޅުކަން އަދާ ކުރުމަށް ގޮސް ތިބި ޙައްޖުވެރިންނަށް އަމާޒުކޮށްގެން، މިނާގައި ދެ ބުރީގެ ފޭލި ގެތަކެއް ޤާއިމުކޮށްފި އެވެ.

މި މަސައްކަތް ކޮށްފައި ވަނީ ކިދާނާ ޑިވެލޮޕްމަންޓް ކޮމްޕެނީ އިންނެވެ. އެ ކުންފުންޏަކީ މައްކާގެ ސަރަހައްދުތައް ތަރައްޤީކޮށް، އެ ސަރަހައްދު ތަކުގައި ތަންތަން ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏެވެ.

އެ ކުންފުނިން ވަނީ މައްކާގެ މުޤައްދަސް ތަންތަނުގައި ޙައްޖާޖީން އަށް މަޑުކޮށްގެން ތިބެވޭ ގޮތަށް ދެ ބުރީގެ ފޭލި ގެތަކެއް ޤާއިމު ކޮށްފަ އެވެ. އަދި މިއީ ޙައްޖާޖީން އަށް އެމީހުންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެހެން ޤާއިމު ކޮށްފައިވާ ގެތަކެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މީގެ އިތުރުން އެ ގެތަކުގައި ޙައްޖާޖީން އަށް އަރާމު ކޮށްލުމަށް މަޑު ކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. މިއީ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް މިއަހަރުގެ ޙައްޖުވެރިންނަށް ދިނުމުގެ މަޤުސަދުގައި ޚާއްސަ އިސްކަމެއް ދީގެން ޤާއިމު ކޮށްފައިވާ ތަންތަނެވެ.

އެ މަސައްކަތް ކުރި ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، ފޭލި ގެތައް ހެދުމަށް ވަނީ ޚާއްސަ އިސްކަމެއް ވެސް ދީފަ އެވެ. އަދި ފޭލި ގެތައް ހެދުމުގެ މަަސައްކަތް ކުރިއަށް ގެންދިޔައީ ސައުދީ އަރަބިއްޔާގެ އަމިއްލަ ވިޔަފާރިވެރިންގެ އެހީތެރިކަމާ އެކު ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ކިދާނާ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނިން ޤާއިމު ކޮށްފައިވާ ފޭލި ގެތަކުގައި 40 ގެ ވަނީ ޤާއިމު ކޮށްފަ އެވެ. އަދި އެ ތަންތަނުގައި ފާޚާނާ ކުރެވޭނެހެން ފާޚާނާ ޤާއިމު ކޮށްފައި ހުންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ. މިއީ ކުރު މުއްދަތެއްގެ ތެރޭގައި ކުރިއަށް ގެންެދެވުނު ކާމިޔާބު މަސައްކަތެއް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މިއަހަރު ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީ އަރަބިއްޔާ އަށް ގޮސް ތިބި އެންމެހާ ޙައްޖާޖީން އަށް، ފަސޭހަ ވާނެހެން އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީ އިން ވަނީ ޚާއްސަ އިސްކަމެއް ދީފަ އެވެ. އެގޮތުން ކިދާނާ ކުންފުނިން ޤާއިމު ކުރި މި ފޭލި ގެތަކުގައި ގާތް ގަނޑަކަށް އަށް ހާސް ހައްޖާޖީން އަށް ތިބެވޭނެ ކަމަށް ލަފާ ކޮށްފައިވެ އެވެ.

ހައްޖު 1446

އިތުރަށް ކިޔާލަން

05 ޖޫން 2025

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

05 ޖޫން 2025
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
05 ޖޫން 2025

އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

05 ޖޫން 2025
އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ
04 ޖޫން 2025

ގަދަ ހޫނުގައި މިލިއަނަކަށް ވުރެ ގިނަ މުސްލިމުން މި އަހަރުގެ ހައްޖުގެ އަޅުކަން ފަށައިފި

04 ޖޫން 2025
ގަދަ ހޫނުގައި މިލިއަނަކަށް ވުރެ ގިނަ މުސްލިމުން މި އަހަރުގެ ހައްޖުގެ އަޅުކަން ފަށައިފި
04 ޖޫން 2025

ހައްޖުވެރިން ހެނދުނު 10:00ން ހަވީރު 4:00ށް ކޭމްޕުން ބޭރަށް ނުނިކުންނަށް އިލްތިމާސް ކޮށްފި

04 ޖޫން 2025
ހައްޖުވެރިން ހެނދުނު 10:00ން ހަވީރު 4:00ށް ކޭމްޕުން ބޭރަށް ނުނިކުންނަށް އިލްތިމާސް ކޮށްފި
04 ޖޫން 2025

ދިވެހި ހުރިހާ ހައްޖާޖީން މިނާގައި، ހާލު ރަނގަޅު

04 ޖޫން 2025
ދިވެހި ހުރިހާ ހައްޖާޖީން މިނާގައި، ހާލު ރަނގަޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު