Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިލިމާލޭގައި ހޮސްޕިޓަލެއް އެޅުމަށް ހަވާލުކުރުން

ޗައިނާ އެހީގައި ވިލިމާލޭގައި ތަރައްގީކުރާ ހޮސްޕިޓަލުގެ ޑީޓެއިލްޑް ޑިޒައިން ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި އަޅާ ހޮސްޕިޓަލްގެ ޑިޒައިނިން މަސައްކަތް ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ޗައިނާ ސަރުކާރާއެކު ބުދަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ވިލިމާލޭގައި ހަދަނީ 112 އެނދުގެ ހޮސްޕިޓަލެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 4 ޖޫން 2025 | ބުދަ 11:00
ޗައިނާގެ އެހީގައި އަޅާ ވިލިމާލެ ހޮސްޕިޓަލްގެ ޑިޒައިނިން މަސައްކަތަށް ސޮއިކުރުން

ޗައިނާގެ އެހީގައި އަޅާ ވިލިމާލެ ހޮސްޕިޓަލްގެ ޑިޒައިނިން މަސައްކަތަށް ސޮއިކުރުން

ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި އަޅާ ހޮސްޕިޓަލްގެ ޑިޒައިނިން މަސައްކަތް ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ޗައިނާ ސަރުކާރާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު، އަބްދުالله މުއްތަލިބު އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގް ޝިއަންހު އެވެ.

އެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު، އަބްދުالله ނާޒިމް ގެ އިތުރުން ޗައިނާ ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ހޮސްޕިޓަލަށް ދީފައިވާ ނަމަކީ 'ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް'އެވެ.

ވިލިމާލޭގައި ހަދަނީ 112 އެނދުގެ ހޮސްޕިޓަލެއް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ ހޮސްޕިޓަލުގެ ޑިޒައިން މަރުހަލާ ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، ފީސިބިލިޓީ މަސައްކަތް ނިންމުމަށް ފަހުގައެވެ.

އައު ހޮސްޕިޓަލު އެޅުމަށް ހަމަޖެހިފައިވަނީ މިހާރު ވިލިމާލޭގެ ހޮސްޕިޓަލް ހިންގާ ބިމުގަ އެވެ. ނަމަވެސް، އެކަށީގެންވާ ޖާގަ ނުލިބޭ ނަމަ، ޓާޝަރީ ހޮސްޕިޓަލް އަޅާނީ ވިލިމާލެ ހޮސްޕިޓަލް މިހާރު ހިންގާ އިމާރާތް ތަޅައިލުމަށް ފަހު ކަމަށް ސަރުކާރުން މީގެކުރިން ބުނެފައިވެ އެވެ.

ވިލިމާލޭގައި އަޅާ ހޮސްޕިޓަލުގެ ދިރާސާތައް ނިންމައި އެ ދިރާސާތަކުގެ ހޯދުންތައް ޗައިނާ ސަރުކާރުން ދިވެހި ސަރުކާރާ ހަވާލު ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު 17، ގަ އެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހު، ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ހުންނަވައި ރައްޔިތުންނާ މުޚާތަބު ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މި މަޝްރޫއުއަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީ ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ހޮސްޕިޓަލް އަޅަން ބޭނުންވާ ބިން ވެސް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އެ ހޮސްޕިޓަލާ އެކު ވިލިމާލޭ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވިލިމާލޭ ހޮސްޕިޓަލްޗައިނާ ސަރުކާރުއަބްދުﷲ މުއްތަލިބުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ރ. ދުވާފަރު ގައި ފިއުލް ސްކިޑް އެއް ރައީސް ހުޅުއްވައިދެއްވައިފި

13 ޑިސެމްބަރު 2025
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ރ. ދުވާފަރު ގައި ފިއުލް ސްކިޑް އެއް ރައީސް ހުޅުއްވައިދެއްވައިފި
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު