Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާޑިއަން-ކްލާސް ޕެޓްރޯލް ބޯޓު

އޮސްޓްރޭލިއާ ސަރުކާރުން ޕެޓްރޯލް ބޯޓެއް ރާއްޖެއަށް ހަދިޔާ ކޮށްފި

2 ޖޫން 2025 | ހޯމަ 13:20

މިދިޔަ ސަރުކާރުން ހައިޑްރޮގްރަފީގެ މަސައްކަތް ކުރީ އިންޑިއާގެ ސަރުކާރާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން، ނަމަވެސް، ރާއްޖޭގެ ކަނޑުފަޅުތައް ދިރާސާކޮށް، ޗާޓު ހެދުން ފަދަ މަސައްކަތް ކުރުމަށް އެކުލަވާލި އެ އެއްބަސްވުން އައު ނުކޮށް އުވާލަން މި ސަރުކާރުން ނިންމި

އަލީ ޝާހީން
އަލީ ޝާހީން | 2 ޖޫން 2025 | ހޯމަ 13:20
އޮސްޓްރޭލިއާއިން ހަދިޔާ ކުރާ ގާޑިއަން ކްލާސް ޕްޓެރޯލް ބޯޓު

އޮސްޓްރޭލިއާއިން ހަދިޔާ ކުރާ ގާޑިއަން ކްލާސް ޕްޓެރޯލް ބޯޓު

އޮސްޓްރޭލިއާ ސަރުކާރުން ގާޑިއަން-ކްލާސް ޕެޓްރޯލް ބޯޓެއް ރާއްޖެއަށް ހަދިޔާ ކުރަން ނިންމައިފިއެވެ.

ރާއްޖެ އަށް ގާޑިއަން-ކްލާސް ޕެޓްރޯލް ބޯޓެއް ހަދިޔާކުރަން ނިންމާފައިވަނީ އޮސްޓްރޭލިއާގެ ބޮޑުވަޒީރުުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސްއާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ނެރުއްވި ޖޮއިންޓް ސްޓެޓްމެންޓެއްގައެވެ.

Advertisement - newsAdvertisement

ޑިފެންސުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ މުއާމަލާތަކީ ދެ ގައުމުގެ ގުޅުމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އަދި އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގެ ގާބިލުކަން އިތުރުކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިންމު ދައުރެއް އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މި ބޯޓުގެ ސަބަބުން ގަވައިދާ ޚިލާފަށް ކަނޑު ދަތުރުކުރާ ބޯޓުތަށް ހުއްޓުވުމަށާއި އެފަދަ ހަރަކާތްތައް ދެނެގަތުމަށް މަގުފަހި ވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އޮސްޓްރޭލިއާގެ ޑިފެންސުން ބުނިގޮތުގައި ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު މިހާރު ދަނީ ހަދަމުންނެވެ. އަދި އެ ބޯޓު އަންނަ އަހަރު ނިމޭނެ ކަމަށް ބެލެވޭ ކަމަށް ވަނީ ބުނެފައެވެ. ރާއްޖެއާ ގުޅިގެން އޮސްޓްރޭލިއާއިން އެ އުޅަނދަށް އެހީވުމުގެ ގޮތުން މެއިންޓެނެންސް އެންޑް ސަސްޓެއިނަބިލިޓީ ޕްލޭނެއް އެކުލަވާލާނެ ކަމަށް ވެސް އެ ގައުމުގެ ޑިފެންސުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވަނީ މަލްޓި ބީމް އެކޯ ސައުންޑާ އެކެވެ. މިއީ ހައިޑްރޮގްރަފީ ދިރާސާ ކުރުމަށް ބޭނުންކުރާ އާލާތެކެވެ. ދެ ގައުމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި އެހީއާއެކު ރާއްޖެއިން އަމިއްލައަށް ދިވެހި ކަނޑުތަކުގެ އަޑި މެޕް ކުރުމުގެ ގާބިލުކަން ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މިދިޔަ ސަރުކާރުން ހައިޑްރޮގްރަފީގެ މަސައްކަތް ކުރީ އިންޑިއާގެ ސަރުކާރާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، ރާއްޖޭގެ ކަނޑުފަޅުތައް ދިރާސާކޮށް، ޗާޓު ހެދުން ފަދަ މަސައްކަތް ކުރުމަށް އެކުލަވާލި އެ އެއްބަސްވުން އައު ނުކޮށް އުވާލަން މި ސަރުކާރުން ނިންމި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް