Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަމިއްލަ ވިޔަފާރިތަކާ ދެކޮޅުވުން

މި ސަރުކާރުން އަމިއްލަ ވިޔަފާރިތަކާ ދެކޮޅަށް ހަނގުރާމަ ވަނީ އިއުލާން ކޮށްފައި، މިއީ ނުރައްކަލެއް: އަމީރު

ވިޔަފާރިވެރިންގެ އޮތީ ރައްޔިތުންނަށް ދެރަ ނިކަމެތިކަން ދިނުމުގެ އާދައެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 ޖޫން 2025 | އާދީއްތަ 13:47
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ - 10.03.2025

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ - 10.03.2025

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އަމިއްލަ ވިޔަފާރިތަކާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފައިވާ ކަމަށާއި، މިއީ ނުރައްކަލެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިހެން ވިދާޅުވެފައިމިވަނީ އަމިއްލަ ވިޔަފާރިވެރިންނަށް އަމާޒު ކުރައްވައި، ރައީސް މުއިއްޒު ބަހުގެ ހަމަލާތަކެއް ދެއްވާފައިވަނިކޮށްށެވެ. 31 މެއި 2025 ގައި ދައުލަަތުގެ މީޑިއާއަށް ދެއްވި އިންޓަވިޔުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ ވިޔަފާރިވެރިންގެ އޮތީ ރައްޔިތުންނަށް ދެރަ ނިކަމެތިކަން ދިނުމުގެ އާދައެއް ކަމަށެވެ. ރައީސް މުއިއްޒު މީގެ ކުރިން ވެސް ވަނީ ވިޔަފާރިވެރިންނަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، އާދިއްތަ ދުވަހު އެކްސްގައި އަމީރު ވިދާޅުވީ ރައީސް މުއިއްޒު ނުކުމެ ރާއްޖޭގެ ވިޔަފާރިވެރިންނާ ޖައްސާލުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި، މިއަދު ރާއްޖޭގެ އިގްތިސާދީ، މާލީ ސިޔާސަތު ފެއިލްވެ ފާލުން ނެއްޓި، އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގާބިލްކަމެއް މިސަރުކާރުގަ ނެތުމުން، ސަރުކާރުން ނުކުމެ ވިޔަފާރިތަކާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުމަކީ ނުރައްކަލެއް ކަމަށެވެ.

ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ އެތައް ބިލިއަން ރުފިޔާ ނުދީ ހިފަހައްޓާ، ވިޔަފާރިތައް ބަނގުރޫޓު ކޮށްލާފައިވާކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ ލޯނު ލިބުން ދަތިވެފައިވާ ކަމަށާއި، ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތިވަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ އަމަލުތަކުން އެނގިގެންދަނީ މި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ވިސްނުމެއްވެސް ނެތްކަން ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ 2024 ވަނައަހަރުގެ އުފެއްދުންތެރިކަމުގެ ހިސާބުތަކަށް ބަލާއިރު، ސީދާ ސަރުކާރުން އުފެއްދުންތެރިކަމަށް 'ކޮންޓްރިބިއުޓް' ކޮށްފަ ހުރީ 8.6 އިންސައްތަ ކަމަށެވެ. އެއީ (ޖުމްލަ 101 ބިލިއަން ތެރެއިން 8.8 ބިލިއަން ރުފިޔާ) ކަމަށް އަމީރު ވިދާޅުވިއެވެ.

އެހެންކަމުން ގައުމީ އުފެއްދުންތެރިކަމުގެ 91.4 އިން ސައްތަ 'ވެލިއު އެޑް' ކުރަނީ ސީދާ ޕްރައިވެޓް ސެކްޓަރުގެ މަސައްކަތުން ކަމަށާއި، ޕްރައިވެޓް ސެކްޓަރުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ވަނުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަލާކުކޮށްލުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުން މި ވިޔަފާރިތަކަށް ވަންނަނީ އިސްރާފަށް ޖާގަދިނުމަށް ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުގެ ޚަރަދު ކުޑަކުރުމެއް ނެތި، ސިޔާސީ މުވައްޒަފުން ހައްދެއް ނެތި އިތުރުކުރަމުންދާކަން އަމީރު ފާހަގަކުރެއްވިއެވެ.

އަމީރު ވިދާޅުވީ ވިޔަފާރިވެރިންނާއި ސަރުކާރުން ޖައްސާލުމަކީ އިގްތިސާދަށް މި ސަރުކާރުން ގަސްތުގައި ދޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި، އިގްތިސާދުގެ އުފެއްދުންތެރިކަން ފަނާކުރަނިވި ކަމެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު