Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސުޕްރީމް ކޯޓުގެ ހުކުމް

ހުކުމް އަވަސް ކޮށްދޭން ފަނޑިޔާރުންގެ ކިބައިން އެދުމަށް ދިފާއީ ބާރުތަކަށް ރައީސް ނަޝީދު ގޮވާލައްވައިފި

ގާނޫނު އަސާސީ ނެގެހެއްޓުމުގެ ޒިންމާ ސިފައިންނާއި ފުލުހުން އަދާކުރަންޖެހޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 27 އޯގަސްޓު 2017 | އާދީއްތަ 06:38
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނު ސިފައިންގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނު ސިފައިންގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލައިގެ ހުކުމް އަވަސް ކޮށްދޭން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން އެދުމަށް ދިފާއީބާރުތަކަށް ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

އާދިއްތަ ދުވަހު ރައީސް ނަޝީދު ދެއްވި އޯޑިއޯ މެސެޖެއްގައި ވިދާޅުވީ ރާއްޖޭގެ ގާނޫނޫ އަސާސީ ދަމަހައްޓައި ނެގެހެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލާން ޖެހިވަޑައިގަންނަވާ އެއް ބަޔަކީ ސިފައިންނާއި ފުލުހުން ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދެކި، ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވުމުން މަޖިލީހުގެ އިދާރާއިން އިލެކްޝަންސް ކޮމިޝަނުން ބުނި ބަސް ގަބޫލުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، ރާއްޖޭގެ ގާނޫނު އަސާސީގައި މެންބަރެއްގެ ގޮނޑި ގެއްލެނީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ ދަށުން ކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކޮށް އެމަނިކުފާނު ވިދާޅުވީ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ މެންބަރުން ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާއަށް ފާލުން ނެއްޓިފައިވާ ކަމަށާއި ގާނޫނު ބުނާގޮތަށް މަޖިލިސް ޖަލްސާއެއް ނުބޭއްވޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 45 މެންބަރަކު ސޮއިކޮށް ގާނޫނާ އެއްގޮތަށް ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އޭގެ ތެރެއިން ގިނަ އަދަދެއްގެ މެންބަރުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވާ ކަމަށެވެ. އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ގާނޫނާ ޚިލާފަށް ހައްޔަރުކުރެވިފައިވާތާ 39 ދުވަސްވެފައިވާ ކަމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ މައްޗަށް "ގާނޫނީ ހުރިހާ ހަމައަކާ" ޚިލާފަށް ހުކުމްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިކަންކަމުގެ ސަބަބުން މައްސަަ މިދަނީ ގޯހުން ގޯހަށް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މެންބަރުންގެ މައްޗަށް އުފުލާފައިވާ ދައުވާއާއި، ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިތުރުން ގާސިމަށް ކޮށްފައިވާ ހުކުމުގެ އަސާސް ގުޅިފައިވަނީ ސުޕްރީމް ކޯޓުން ނިންމާން އޮތް ނިންމުމާ ކަމަށެވެ.

ފެބްރުއަރީ 7، 2012 ވަނަ ދުވަހު ރައީސް ނަޝީދާ ދެކޮޅަށް ނުކުތް ފުލުހުންނާ މުހާތަބުކޮށް އެ މަނިކުފާނު ޖުމްހޫރީ މައިދާނުގައި ހުންނަވައި ވާހަކަ ދައްކަވަނީ

މިކަންކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވަނީ ރާއްޖެއަށް ދިމާވެފައިމިވާ ދަތި އުނދަގުލުން ރާއްޖެ ސަލާމަތްކޮށް ދިނުމަށް ދިފާއީ ބާރުތަކުގެ ކިބައިން އެދިވަޑައިގަންނަވާފަ އެވެ. ދިފާއީ ބާރުތަކުގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަންނަވާފައިވަނީ ސުޕްރީމް ކޯޓަށް ވަޑައިގެން އެ ހުކުމް އަވަސްކޮށް ދެއްވުމަށް ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގަތުމަށެވެ.

"ރާއްޖޭގެ ސިފައިންނާއި ފުލުހުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ދަންނަވަން. ރާއްޖޭގެ ގާނޫނޫ އަސާސީ ދަމަހައްޓައި ނެގެހެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލާން ޖެހިވަޑައިގަންނަވާ އެއް ބަޔަކީ ތިޔަ ބޭފުޅުން. އެނގިވަޑައިގަންނަވާނެ ރައްޔިތުން މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ދެކި، އެ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފަ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އިލެކްޝަންސް ކޮމިޝަނުން ބުނި ބަސް ގަބޫލުކޮށްފަ. އެހެންނަމަވެސް، ރާއްޖޭގެ ގާނޫނު އަސާސީގައި މެންބަރެއްގެ ގޮނޑި ގެއްލެނީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ ދަށުން ކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފަ. އެހެންކަމުން ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ މެންބަރުން ވަނީ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހަޅާފަ. ތިޔަ ބޭފުޅުންނަށް ވެސް ވަރަށް ގާތުން ފެނިވަޑައިގަންނަވާނެ ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް މިވަނީ އިންތިހާއަށް ފާލުން ނެއްޓިފަ. ގާނޫނު ބުނާގޮތަށް މަޖިލިސް ޖަލްސާއެއް ނުބޭއްވޭ، ގާނޫނާ އެއްގޮތަށް މަޖިލީސް ޖަލްސާއެއް ބޭއްވުމަށް 45 މެންބަރަކު ވަނީ މަސައްކަތް ކޮށްފަ. އެ މެންބަރުންގެ ތެރެއިން 13 މެންބަރަކަށް ވަނީ ޖިނާއީ ދައުވާ އުފުލާފަ. މީގެ އިތުރުން ދިއްގަރު ދާއިރާގެ އިއްޒަތްތެރި މެންބަރު ފާރިސް މައުމޫން ގާނޫނާ ޚިލާފަށް ޖަލުގައި ހައްޔަރުވެފައި އިންނަވާތާ 39 ދުވަސް ވެއްޖެ. މާމިގިލީ ދާއިރާގެ އިއްޒަތްތެރި މެންބަރު އޮނަރަބަލް ގާސިމް އިބްރާހިމް ވަނީ ގާނޫނީ ހުރިހާ ހަމައަކާ ޚިލާފަށް ހުކުމްކޮށް ޖަލަށްލާފަ. މިކަންކަމުގެ ސަބަބުން މައްސަލަ މިދަނީ ގޯހުން ގޯހަށް. 13 މެންބަރުންގެ މައްޗަށް އުފުލިފައިވާ ދައުވާގެ އަސާސް ވެސް ގުޅިފައިވާ ސުޕްރީމް ކޯޓުން ނިންމާން އޮތް ނިންމުމަށް. ދިއްގަރު ދާއިރާގެ އިއްޒަތްތެރި މެންބަރާއި އަދި މާމިގިލީ ދާއިރާގެ އިއްޒަތްތެރި މެންބަރަށް އިއްވިފައިވާ ހުކުމް ވެސް ގުޅިފައިވަނީ ސުޕްރީމް ކޯޓުން ނިންމާން އޮތް ނިންމުމާ. އަޅުގަނޑު މިއަދު ރާއްޖޭގެ ދިފާއީ ބާރުތަކުގެ ކިބައިން އެދެނީ ރާއްޖެއަށް ދިމާވެފައިމިވާ ދަތި އުނދަގުލުން ރާއްޖެ ސަލާމަތްކޮށް ދެއްވުމަށް. ތިޔަ ބޭފުޅުންގެ ކިބައިން މި އެދެނީ ސުޕްރީމް ކޯޓުގެ ހުކުމް އަވަސްކޮށް ދެއްވުމަށް ބާރުއަޅުއްވައި ދެއްވުމަށް. ތިޔަބޭފުޅުން ސުޕްރީމް ކޯޓަށް ވަޑައިގެން އެ ހުކުމް އަވަސްކޮށް ދެއްވުމަށް ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގަތުމަށް."

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މައްސަލަ، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފަ އެވެ.

ކޮންމެ މެންބަރެއްގެ މައްސަލައިގައި ދެ އަޑުއެހުމެއް ބޭއްވިއިރު، އަޑުއެހުންތައް ނިންމާލާފައިވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. މި މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަނީ އިއުލާނުކުރައްވާފަ އެވެ. އޭގެ ފަހުން މިމަހުގެ 15 ވަނަ ދުވަހު މެންބަރުން ހާޒިރުކޮށް މައްސަލައިގެ ބަޔާންތަކުގައި ވަނީ ސޮއިކޮށްފަ އެވެ.

މައްސަލައިގެ އަޑުއެހުންތައް ނިންމާލިތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ހުކުމް އިއްވާފައިނުވާތީ ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމަށް ގުޅިފައިވާ ޕާޓީތަކުގެ އިސްވެރިން ސުޕްރީމް ކޯޓަށް ވަޑައިގެންނެވި އެވެ. އެހެން ނަމަވެސް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ކޯޓުގެ ރަޖިސްޓްރާއާ ވެސް ބައްދަުކުރެވޭ ގޮތެއް ނުވި އެވެ. ހުކުމް ލަސްވަމުންދާތީ އިދިކޮޅު ސިޔާސީ ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޕާޓީތަކުން ބުނާ ގޮތުގައި ހުކުމް ލަސްވަނީ ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާތީ އެވެ.

ސަރުކާރުން ފަނޑިޔާރުންނަށް ބިރުދައްކަމުންދާ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނަމުުންދަނިކޮށް، ހުކުރު ދުވަހުގެ ދަންވަރު ބަންޑާރަނައިބު މުހައްމަދު އަނިލް ސުޕްރީމް ކޯޓުން ނިކުމެވަޑައިގަންނަވަނިކޮށް ވަނީ ފެނިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު