Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ-ހަނގުރާމަ

އިސްރާއީލްގެ މުދާ އެތެރެ ކުރުން މަނާ ކުރަން އަޔަލެންޑް ސަރުކާރުން ނިންމަނީ

28 މެއި 2025 | ބުދަ 08:43

އާދީއްތަ ދުވަހު އަޔަލެންޑުގެ ސަރުކާރުން ވަނީ ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން، ޣައިރު ޤާނޫނީ ކަމަށް ބެލެވޭ އިސްރާއީލް އިން އުފައްދާ މުދާ އެތެރެ ކުރުން މަނާ ކުރުމަށް ބިލެއް އެކުލަވާލަން ނިންމާފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 މެއި 2025 | ބުދަ 08:43
އިސްރާއީލްގެ އަމަލުތަކާ ދެކޮޅަށް އަޔަލެންޑުގައި ނުރުހުން ފާޅު ކުރަނީ

އިސްރާއީލްގެ އަމަލުތަކާ ދެކޮޅަށް އަޔަލެންޑުގައި ނުރުހުން ފާޅު ކުރަނީ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ލާއިންސާނީ އަަމަލުތަކުގެ ސަބަބުން، އިސްރާއީލަށް ދަތި ކުރުމުގެ ގޮތުން އެ ޤައުމުގެ މުދާ އަޔަލެންޑަށް އެތެރެ ނުކުރެވޭނެ ކަމަށް އެ ޤައުމުގެ ސަރުކާރުން ނިންމައި، އެކަމާ ގުޅޭ ޚާއްސަ ބިލެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ. 

އާދީއްތަ ދުވަހު އަޔަލެންޑުގެ ސަރުކާރުން ވަނީ ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން، ޣައިރު ޤާނޫނީ ކަމަށް ބެލެވޭ އިސްރާއީލް އިން އުފައްދާ މުދާ އެތެރެ ކުރުން މަނާ ކުރުމަށް ބިލެއް އެކުލަވާލަން ނިންމައިފަ އެވެ. 

މިއީ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ޤައުމަކުން މި ފަދަ ފިޔަވަޅެއް އަޅާ ފުރަތަމަ ފަހަރެވެ. އަޔަލެންޑު ސަރުކާރުގެ މި ނިންމުން ބިނާވެފައި ވަނީ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން، ޣައްޒާގައި އިސްރާއީލް އިން ހިންގަމުން ދަނީ ޣައިރު ޤާނޫނީ އަމަލުތަކެއް ކަމަށް މިދިޔަ އަހަރު ކަނޑައަޅާފައި ވަނިކޮށެވެ. 

އަޔަލެންޑު ސަރުކާރުގެ ޚާރިޖީ ވަޒީރު އަދި ޑެޕިއުޓީ ބޮޑު ވަޒީރު ސައިމަން ހެރިސް ވިދާޅުވި ގޮތުގައި، ޔޫރަޕިއަން ޔޫނިއަންގެ އެހެން ޤައުމުތަކުން ވެސް އަޔަލެންޑުގެ އެ ނިންމުން މިސާލެއްގެ ގޮތުގައި ދެކޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެ ނިންމުމަކީ ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން އުފުލަން ޖެހޭ ޒިންމާއެއް ކަމަށް ވެސް އަޔަލެންޑުގެ ސަރުކާރުން ދެކެ އެވެ. 

އަޔަލެންޑުގެ މި ނިންމުމުގެ ސަބަބުން އިޤްތިސާދީ ގޮތުން މާ ބޮޑު އަސަރެއް ނުކުރި ނަމަވެސް، އެ ނިންމުމުގެ ރަމްޒީ މާނަ ބޮޑުވާނެ ކަމަށް މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ. 

މީގެ ކުރިން 2020 ވަނަ އަހަރުން 2024 ވަނަ އަހަރާ ދެމެދު ވަނީ މޭވާ، ތަރުކާރީ އަދި ލަކުޑީގެ ބާވަތްތަކެއް އެތެރެ ކޮށްފަ އެވެ. އެއީ ގާތް ގަނޑަކަށް އެއް މިލިއަން ޔޫރޯގެ އަދަދެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

އަޔަލެންޑް ސަރުކާރުން ހުށަހަޅާފައިވާ މި ބިލު ޤާނޫނަކަށް ވުމުގެ ކުރިން އިތުރު މަސައްކަތް ތަކެއް ކުރަން ޖެހޭނެ ކަމަށް ބެލެވެ އެވެ. އެ ޤައުމުގެ ސަރުކާރުން ބުނާ ގޮތުގައި އަންނަ ހަފްތާ ތަކުގައި ބިލުގެ ޑްރާފްޓާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރެވޭނެ އެވެ. ނަމަވެސް ބިލު ޤާނޫނަކަށް ވާނީ މި އަހަރުގެ ފަހު ކޮޅުގައި ކަމަށް ލަފާ ކުރެވެ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި އަޔަލެންޑުން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގަންނަން ވެސް ނިންމައިފަ އެވެ. އެ ފަހަރު އަޔަލެންޑުގެ އިތުރުން އެހެން ޤައުމުތަކަކުން ވެސް ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމައިފަ އެވެ.

އެގޮތުން ސްޕެއިން، ނޯވޭ، ޖަރުމަނު އަދި ސްލޮވޭނިއާ އިން ވެސް ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގަންނަން ނިންމައިފަ އެވެ. އޭގެ ފަހުން ފްރާންސް އިން ވެސް ވަނީ މި އަންނަ ޖޫން މަހުގެ ތެރޭގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނާނެ ކަމަށް ހާމަކޮށްފަ އެވެ. 

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
07 މާރިޗު 2017

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
14 ފެބުރުއަރީ 2017

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

14 ފެބުރުއަރީ 2017
ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި
10 ފެބުރުއަރީ 2017

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
08 ފެބުރުއަރީ 2017

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި
29 ޖެނުއަރީ 2017

އެމެރިކާއަށް ވަނުން މަނާ މުސްލިމް ޤައުމު ތަކުގެ ލިސްޓަށް ޕާކިސްތާން ލަނީ

29 ޖެނުއަރީ 2017
އެމެރިކާއަށް ވަނުން މަނާ މުސްލިމް ޤައުމު ތަކުގެ ލިސްޓަށް ޕާކިސްތާން ލަނީ
29 ޖެނުއަރީ 2017

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

29 ޖެނުއަރީ 2017
އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް