Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޙައްޖު ދުވަސް

ހަނދު ފެނިއްޖެ: ޙައްޖު ދުވަހަކީ ޖޫން ފަހެއް، ޢީދު ވާނީ ޖޫން ހަޔަކަށް

27 މެއި 2025 | އަންގާރަ 17:41

މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ ޖޫން މަހުގެ ފަސް ވަނަ ދުވަސް ، އަދ ޢީދު ދުވަހަކީ އެ މަހުގެ ހަވަނަ ދުވަސް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 27 މެއި 2025 | އަންގާރަ 17:41
ޖޫން މަހުގެ ފަސްވަނަ ދުވަހަކީ މިއަހަރުގެ ޙައްޖު ދުވަސް ކަމުގައި ވަނީ ކަނޑައަޅާފަ

ޖޫން މަހުގެ ފަސްވަނަ ދުވަހަކީ މިއަހަރުގެ ޙައްޖު ދުވަސް ކަމުގައި ވަނީ ކަނޑައަޅާފަ

1446 ވަނަ އަހަރުގެ ހައްޖު ދުވަހަކީ އަންނަ ޖޫން މަހުގެ ފަސް ވަނަ ދުވަސް ކަމަށް ސައުދީ ސަރުކާރުން ކަނޑައަޅައިފި އެވެ.

ސައުދީ ސަރުކާރުން ކަނޑައަޅާފައިވާ ގޮތުގައި ޒުލްޣައިދާ މަހުގެ އެންމެ ފަހު ދުވަހަކީ މެއި މަހުގެ 27 ވަނަ ދުވަހެވެ. އެގޮތުން ޙައްޖުމަހުގެ ފުރަތަމަ ދުވަހަށް ވާނީ މެއި މަހުގެ 28 ވާ ބުދަ ދުވަހެވެ.

Advertisement - newsAdvertisement

ހައްޖު ދުވަހަކީ އަންނަ ޖޫން މަހުގެ ފަސް ވަނަ ދުވަހުއެވެ. އަދި ޙަޖުހެ އަޅުކަމާއި ގުޅިގެން އަންނަ އަޟްހާ ޢީދު ދުވަހަކީ ޖޫން މަހުގެ ހަ ވަނަ ދުވަހެވެ.

ސައުދީ ސަރުކާރުން އަންގާރަ ދުވަހުގެ ރޭ ބުނީ ހަނދު ފެނިފައިވާތީ މެއި މަހުގެ 28 ވާ ބުދަ ދުވަހަކީ ޙައްޖު މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ހަމަ އެގޮތަށް ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވެސް ބުނެފައިވަނީ މީލާދީ ސަނަތުން 2025 ވަނަ އަހަރުގެ މިހިނގާ މޭ މަހުގެ 28 ވާ ބުދަ ދުވަހަކީ 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 01 ވަނަ ދުވަސް ކަމުގަ އެވެ.

އެހެންކަމުން މީލާދީ ސަނަތުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ 05 ވާ ބުރާސްފަތި ދުހަކީ 1446 ވަނަ އަހަރުގެ ޙައްޖު (ޢަރަފާތު) ދުވަސް ކަމުގައި ދަންނަވާ ކަމަށެވެ.

މިމަހުގެ 28 ވާ ބުދަ ދުވަހަކީ ޙައްޖުމަހުގެ ފުރަތަމަ ދުވަސްކަމަށް ވުމުން، ދީނީ ދަންނަބޭކަލުން ވިދާޅުވާގޮތުންނަމަ ބަރަކާތްތެރިކަން އެންމެ ބޮޑު ދުވަސްތަކަކީ ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހެވެ.

އަދި ކީރިތި ރަސޫލާ މުސްލިމުންނަށް އަމުރު ކުރައްވަނީ، އެ ދުވަސްތަކުގައި ތަކްބީރާއި، ތަމްޙީދާއި ތަހްލީލާއި ތަސްބީޙަ ކިޔުން ގިނަ ކުރުމަށެވެ.

ޙައްޖުވެރިޔާ ނޫން މީހުން އަރަފާތު ދުވަހު ރޯދަ ހިފުމަކީ، ވޭތުވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުއްސަވާދެއްވާނެ ކަމެއް ކަމަށާއި ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ވޭތިވެދިޔަ އަހަރުގެ ފާފަތައް ފުއްސަވާދެއްވާނެ ކަމެއް ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

ހައްޖު މަސް މާދަމާ ފެށޭއިރު މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މައްކާއަށް މުސްލިމުން ދަނީ ޖަމާވަމުންނެވެ. ރާއްޖޭގެ ދެ ގުރޫޕެއް މިހާރު ވަނީ ސައުދީއަށް ގޮސްފަ އެވެ.

މި އަހަރު ވެސް ހައްޖުގެ އަޅުކަމަށް ދެ މިލިއަނަށް ވުރެ ގިނަ މުސްލިމުން މާތްވެގެން މައްކާއަށް ޖަމާވާނެ އެވެ. ރާއްޖެއިން 1،000 މީހުން މިއަހަރު ހައްޖަށް ދާނެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"

22 ފެބުރުއަރީ 2017
"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"
06 ފެބުރުއަރީ 2017

ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

06 ފެބުރުއަރީ 2017
ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް