Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފްރާންސް

މޫނު މަތީގައި ޖެހީ ނޫން ކަމަށް ވިދާޅުވެ، މެކްރޮން ވިދާޅުވީ އަނބިކަނބަލުންނާ މަޖާ ކުރެއްވީ ކަމަށް 

މެކްރޮން ބޯޓުން ފައިބައި ވަޑައިގެންނެވުމުގެ ކުރިން ބޯޓުގެ ދޮރު ހުޅުވާލި ވަގުތު، ބްރިޖިޓް މެކްރޮންގެ މޫނު މަތީގައި އަތުން ޖެއްސެވުމަށް ފަހު، ފަހަތަށް ޖެހޭ މަންޒަރު ފެނޭ. އަދި މެކްރޮން ވެސް އަތުން އިޝާރާތަކެއް ކުރައްވައި، ފަހަތަށް ޖެހި ވަޑައިގަންނަވާ މަންޒަރު ފެނޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 މެއި 2025 | އަންގާރަ 03:40
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަދި އަނބިކަނބަލުން ބޯޓުން ފައިބައި ވަޑައިގަންނަވަނީ

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަދި އަނބިކަނބަލުން ބޯޓުން ފައިބައި ވަޑައިގަންނަވަނީ

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އާއި އޭނާގެ އަނބިކަނބަލުން ބްރިޖިޓް މެކްރޮންއާ ދެމެދު ހިނގީ ސަމާސާއެއް ކަމަށް، މެކްރޮން ވިދާޅުވެއްޖެ އެވެ.

ދެކުނު އޭޝިއާ އަށް ކުރައްވާ ދަތުރުފުޅެއްގައި މެކްރޮން ވިއެޓްނާމަށް ވަޑައިގެންނެވި ދަތުރުގައި، ބޯޓުން ފޭބުމުގެ ކުރިން އޭނާގެ އަނބިކަނބަލުން މެކްރޮންގެ މޫނު މަތީގައި ޖަހާ މަންޒަރު ފެންނަ ވީޑިއޯ އެއް ވަނީ ސޯޝަލް މީޑިއާ ގައި ދައުރުވެފަ އެވެ. އަދި އެ ވީޑިއޯ އަށް ވަނީ ފްރާންސްގެ އަދި ބައިނަލްއަޤުވާމީ މީޑިއާ ތަކުގައި ޚާއްސަ ސަމާލުކަމެއް ލިބިފަ އެވެ. 

މެކްރޮން ބޯޓުން ފައިބައި ވަޑައިގެންނެވުމުގެ ކުރިން ބޯޓުގެ ދޮރު ހުޅުވާލި ވަގުތު، ބްރިޖިޓް މެކްރޮންގެ މޫނު މަތީގައި އަތުން ޖެއްސެވުމަށް ފަހު، ފަހަތަށް ޖެހޭ މަންޒަރު ފެނެ އެވެ. އަދި މެކްރޮން ވެސް އަތުން އިޝާރާތަކެއް ކުރައްވައި، ފަހަތަށް ޖެހި ވަޑައިގަންނަވާ މަންޒަރު ފެނެެ އެވެ. 

ފްރާންސްގެ މީޑިއާ ތަކުގައި އެކަމާ ގުޅިގެން ގިނަ ސުވާލުތަކެއް އުފައްދާފައިވާއިރު، "އެއީ ތަޅައިގަތުމެއް ތޯ ނުވަޔަ މަޖާ ކުރުމެއް ތޯ"، މި ސުރުހީގެ ދަށުން ވަނީ އެ ވާހަކަތައް ގެނެސްފަ އެވެ. 

އެކަމާ ގުޅިގެން މެކްރޮން ވިދާޅުވީ، އޭނާ އާއި އަނބިކަނބަލުންގެ ދެ މެދުގައި ހިނގީ މަޖާ ކުުރުމެއް ކަމަށާއި، މިހާރު އެކަން ދުނިޔޭގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމަކީ މައްސަލައެއްގެ ގޮތުގައި ދައްކާފައިވާ ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ. 

އެކަމާ ގުޅިގެން ފްރާންސް ރައީސްގެ އޮފީހުން ވެސް ބުނެފައި ވަނީ އެއީ ދަތުރުން ފޭބުމުގެ ކުރިން މެކްރޮން އާއި އަނބިކަނބަލުންނާ ދެމެދު ހިނގި މަޖާ ކުރުމުގެ ކަމެއް ކަމަށެވެ. 

މެކްރޮން އާއި ބްރިޖިޓް ކައިވެނި ބައްލަވައިގެންފައި ވަނީ 2007 ވަނަ އަހަރު އެވެ. މެކްރޮން އާއި ބްރިޖިޓްގެ ލޯބީގެ ގުޅުން ފެށިފައި ވަނީ، ބްރިޖިޓް ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ. އޭރު މެކްރޮން ވަނީ ދަރިވަރެކެވެ. އޭރު ވެސް ބްރިޖިޓްގެ ތިން ކުދިން ތިބި ނަމަވެސް، ފަހުން ވަނީ އެ ކައިވެނި ރޫޅާލައްވައި، މެކްރޮންއާ ކައިވެނި ބައްލަވައިގެންފަ އެވެ. 

މެކްރޮން މިހެން ވިދާޅުވި ނަމަވެސް، ބޯޓުން ފައިބައި ވަޑައިގަންނަވަމުން، އަތުގައި ހިއްޕެވުމަށް މެކްރޮން ބްރިޖިޓް އަށް އަތް ދިއްކޮށްލި ނަމަވެސް، އެކަމާ ބްރިޖިޓް ދެކޮޅު ހައްދަވާކަން ވެސް ވީޑިއޯ އިން ފެނެ އެވެ. 

މެކްރޮން އާއި ބްރިޖިޓް އަކީ އުމުރު ވެސް ތަފާތު ދެމަފިރިންނެވެ. އަދި އުމުރުން މާ ދޮށީ ބޭކަނބަލާ މެކްރޮން ކައިވެނި ކުރެއްވުމުން އެކަމަށް ވެސް ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފަ އެވެ. މެކްރޮން އަށް ވުރެ އޭނާގެ އަނބިކަނބަލުން ބްރިޖިޓް 25 އަހަރު ދޮއްޓެވެ. 

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

ތިމަންނައަކީ އެވަރެސްޓް ފަރުބަދަ ކަމަށް ބުނި ކްލިޗްކޯ ޖެހިޖެހީނުން ދަންމާލައިފި!

30 އެޕްރީލު 2017
ތިމަންނައަކީ އެވަރެސްޓް ފަރުބަދަ ކަމަށް ބުނި ކްލިޗްކޯ ޖެހިޖެހީނުން ދަންމާލައިފި!
30 އެޕްރީލު 2017

ޖަރުމަނުގައި ވަކި ބަޔަކަށް މޫނުބުރުގާ މަނާކުރަނީ

30 އެޕްރީލު 2017
ޖަރުމަނުގައި ވަކި ބަޔަކަށް މޫނުބުރުގާ މަނާކުރަނީ
18 އެޕްރީލު 2017

އޮރުދޮޣާން އަށް ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ

18 އެޕްރީލު 2017
އޮރުދޮޣާން އަށް ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ
01 އެޕްރީލު 2017

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު