Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޯޓުތަކަށް ނުފޫޒު ފޯރުވާ މައްސަލަ

ކޯޓުތައް ކޮންޓްރޯލް ކުރުމަށް ފުރަތަމަވެސް ރައްޔިތުން މަޖިލިސް މެންބަރުންގެ އަނގައިގާ ތަޅު އެޅުވި: ބިގޭ

27 މެއި 2025 | އަންގާރަ 07:44

ފުރަތަމަ ކަމަކަށް އިލެކްޝަން ކޮމިޝަން މިނިވަން ކުރަންޖެހޭ

އަލީ ޝާހީން
އަލީ ޝާހީން | 27 މެއި 2025 | އަންގާރަ 07:44
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ކޯޓުތައް ކޮންޓްރޯލް ކުރުމަށް ފުރަތަމަ ކުރި ކަމަކީ ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އަނގައިގާ ތަޅުއަޅުވާ އެބޭފުޅުން ކިރިޔާވެސް ގަޔާނުވާ ކަމެއް ކުރެވިއްޖެއްޔާ ޕާޓީން ކަނޑާލާ ހިސާބުން މެންބަރުގެ ގޮނޑި ގެއްލޭނެ ގޮތަށް އެ ބާރުވެރިކަން ނެންގެވީ ކަމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ބިގޭ ވިދާޅުވީ މަޖިލިސްގެ ސުޕަ މެޖޯރިޓީ ސަރުކާރުގައި މިވަގު އޮތުމާއެކު ވެރިކަމުގެ ބާރާއި މަޖިލިސްގެ ބާރު އޮއްވާ ފެނިގެން ދިޔައީ މިނިވަންކޮށް އޮތް އަދުއިންސާފުގެ ބާރުގެތެރެއަށް އަތްބާނަން ފެއެއްޓެވިތަން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ބިގޭ ފާހަގަކުރެއްވީ މަޖިލިސް މެންބަރުންގެ ގޮނޑިތަކާއި ގުޅޭ ގޮތުން އެޅުވި ތަޅު ނައްޓުވާލުމަށްޓަކައި އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައެއް ސުޕްރީމްކޯޓުގައި ހިނގަމުން ދަނިކޮށް އެމައްސަލައިގެ ތެރެއަށް މުފޫޒު ފޯރުވިތަން ކަމަށެވެ.

ރައީސް މުޢިއްޒު ބޭނުންފުޅުވެގެން، އަންގަވައިގެން މިހާރުގެ އުއްތަމަ ފަނޑިޔާރު ހުޝާމް އަދި އޭގެ އިތުރުން ޕްރޮސިކިއުޓަރ ޖެނެރަލް އަދި ނުވިތާކަށް އޭސީސީއާ ފުލުހުންނަށް، ފުލުހުންނޭ މިދެންނެވީ ހޯމްމިނިސްޓަރުގެ ނުފޫޒާއެކު ފުލުހުން ބޭނުންކޮށްގެން މި ބާރުވެރިކަމުގެ ތެރެއިން ސުޕްރީމްކޯޓުގެ ތިން ފަނޑީޔާރަކު އެކަހެރި ކުރަން ކުރި މަސައްކަތް،
މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

މީގެ އިތުރުން ބިގޭ ވިދާޅުވީ، މިހާރު އޮތް ފިކުރުގެ ވެރިކަމުން ފެންނަނީ މިނިވަން މުވައްސަސާތަކުގެ ބާރު އަމިއްލަ މުށުތެތެރެއަށް ނެންގެވިތަން ކަމަށެވެ. އަދި އެ ބާރުތަށް ނެންގެވުމަށް ކަން ކުރެއްވީވެސް ވަރަށް ހުދުމުހުތާރު ހުތުރުކޮށް ކަމަށް ބިގޭ ފާހަގަކުރެއްވިއެވެ.

އިންތިހާބުތަކުގެ ވާހަކަ ދައްކާއިރު ފުރަތަމަ ކަމަކަށް އިލެކްޝާން ކޮމިޝަން މިނިވަން ކުރަންޖެހޭ ކަން ފާހަގަކުރަށްވާ ބިގޭ ވިދާޅުވީ އަދުލު އިންސާފުގެ ދާއިރާވެސް މިނިވަން ކުރަން ޖެހޭ ކަމަށެވެ. އަދި ފަސް އަހަރުގެ ކުރު މުއްދަތަކަށްޓާކައި މިރާއްޖެ ގެނބިގެން ދިޔަ ނުދެއްވަން އެ މުވައްސަސާތަކުގެ ވެރިންނަށް ބިގޭ ވަނީ ގޮވާލާފައެވެ.

ބިގޭ ވިދާޅުވީ އެންމެ ބޮޑު ފާރަވެރި އަދި ޖަވާބުދާރީ ކުރުވަން އޮންނަ ޕާޓީގެ ހައިސިއްޔަތުން ކަން އިންސާފުގެ މަގުން ގެންދިއުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން ކަމަށެވެ. އަދި އިންތިހާބުތަށް ކަށަވަރު ކުރެވިގެން ނޫނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުވާނެ އްވެސް ގޮތެއް ނޯންނާނެ ކަމަށާއި މިމަހަށް އެކަނި ބެލިޔަސް އެއްހާހަށްވުރު ގިނަ ވަޒީފާ އިއުލާން ކޮށްފައިވާކަމަށް ބިގޭ ވިދާޅުވިއެވެ. އޭގެ އިތުރުން ސިޔާސީ މުވައްޒަފުންގެ އަދަދު ނޭންގޭ ކަމަށާއި ޖަވާބުދާރީ ކުރުވޭނެ ގޮތެއްވެސް އަދި ނެތްކަން ބިގޭ ފާހަގަކުރެއްވިއެވެ.

މުވައްޒަފުންގެ އަނގަ ބަނދެ އަޅުވެތިކޮށްފައި ބައިތިއްބައިގެން އެބޭފުޅުންނަށްވެސް މަޖުބޫރުކޮށްގެން ވޯޓު ލުމުގެ ވިސްނުން އެބަގެންގުޅުއްވާކަމަށާއި އެކަންކަންވެސް "މައިތިރި" ކުރަންޖެހޭ ކަމަށް ބިގޭ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް