ކ. މާލެ
|
26 އޯގަސްޓް 2017 | ހޮނިހިރު 21:06
ރައީސް ނަޝީދު ރާއްޖޭގެ ދިފާއީ ޚިދުމަތުގެ މައިމަރުކަޒުގައި - ބަޣާވާތެއް ނުކުރައްވާނެ ކަމަށް ވިދާޅުވި
ރައީސް ނަޝީދު ރާއްޖޭގެ ދިފާއީ ޚިދުމަތުގެ މައިމަރުކަޒުގައި - ބަޣާވާތެއް ނުކުރައްވާނެ ކަމަށް ވިދާޅުވި
ރައީސް އޮފީސް
ރައީސް ނަޝިދު
ރައީސް ޔާމީންގެ ސަރުކާރު ކޮންމެ ވަގުތެއްގައިވެސް ވެއްޓިދާނެ: ނަޝީދު
 
ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަ ކުރަން އިންޑިއާގެ އެހީ ބޭނުންވޭ
 
ރައީސް ޔާމީންގެ އިތުބާރު އެތައް މުއައްސަސާއެއްގެ ކުރިމަތީގައިވަނީ ވެއްޓިފައި
 
ބަޣާވާތެއް ނުގެންނާނަން

ރައީސް ޔާމީންގެ ވެރިކަން ކޮންމެ ވަގުތެއްގައިވެސް ވެއްޓިދާނެ ކަމަށް މިހާރު އިންޑިއާއަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އިންޑިއާގެ ނޫހެއް ކަމަށްވާ އިކޮނޮމިކް ޓައިމްސް އަށް ދެއްވި ބަސްދީގަތުމެއް ގައެވެ.

"ރައީސް ޔާމީންގެ ސަރުކާރު ކޮންމެ ވަގުތެއްގައިވެސް ވެއްޓިދާނެ، ރާއްޖޭގެ އެތައް މުއައްސަސާއެއްގެ ކުރިމަތީގައި އެމަނިކުފާނުގެ އިތުބާރުވަނީ ގެއްލިފައި" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މިކަން މިހެން އޮތް ނަމަވެސް ވެރިކަން ހޯދުމަށް އިދިކޮޅު ޕާޓީތަކުން ވެރިކަން ވައްޓާލުމަށް ބަޣާވާތެއް ނުކުރާނެ ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމަށް އިތުބާރު ކުރައްވާ ކަމަށާއި، މަސައްކަތް ކުރައްވާނީ ޑިމޮކްރަޓިކް ނިޒާމް ވަރުގަދަ ކުރައްވަން ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
6%
72%
0%
22%
0%
0%
ކޮމެންޓް
26 އޯގަސްޓް 2017 | ހޮނިހިރު 21:49
ޔާމީން2018
ބަޣާވާތޭ ކިޔައިގެން ގައުމު އަންދާލައި ލިބުނު ގެއްލުމުގެ ބަދަލު މީނާގެއަތުން އަތުލަންޖެހޭނެ. މީނާ ހެދިދޮގުގެ ސަބަބުން ކޯނީ ތަހުގީގުކުރުމަށް ދައުލަތުން އެތަކެއް މިލިއަން ރުފިޔާ ޚަރަދުކުރީ. އެ ޚަރަދުވެސް މީނާގެ އަތުން ނަގަންޖެހޭނެ.