Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު ޤާނޫނު

އެސޯސިއޭޝަންތަކުގެ ހިންގުމަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނަން: ރައީސް

ޤާނޫނުގައި އޮތް ގޮތައް، އެކަންކަން ކުރަން ޖެހޭ ފަރާތްތަކުން ކަންތައް ކުރުމަށް ބާރު އެޅުން އެއީ ސަރުކާރުގެ ޒިންމާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 މެއި 2025 | އަންގާރަ 06:00
ކުޅިވަރުގެ ޤާނޫނަށް ގެނައި އިސްލާހު ތަސްދީޤު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު

ކުޅިވަރުގެ ޤާނޫނަށް ގެނައި އިސްލާހު ތަސްދީޤު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު

ދިވެހި ރާއްޖޭގެ އެއްވެސް ކުޅިވަރު އެސޯސިއޭޝަނެއްގެ ހިންގުމުގެ ތެރެއަށް ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ދިވެހި ރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

އެގޮތުން މިހާރު ވެސް ރާއްޖެގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑު ކޮށްފައިވާއިރު، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އޮތީ ނޯމަލައިޒް ކޮށްފަ އެވެ. އެ ދެ އެސޯސިއޭޝަންގައި ވެސް ޖެހިފައި ވަނީ ހިންގަން ތިބި ވެރިން ކޮރަޕްޝަން ހިންގާފައިވާ މައްސަލަ އެވެ.

ކުޅިވަރު ޤާނޫނަށް ގެނައި އިސްލާޙުގެ ސަބަބުން އެކަންކަން ހުއްޓުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން "ރާއްޖެ އެމްވީ" އިން ސުވާލު ކުރުމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްވެސް އެސޯސިއޭޝަނެއްގެ ސީދާ ހިންގުމުގެ ތެރެއަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުން ބާރު އަޅާނީ ޤާނޫނު ތަންފީޒު ކުރުމަށް ކަމަށެވެ. އަދި ޤާނޫނުގައި އޮތް ގޮތައް، އެކަންކަން ކުރަން ޖެހޭ ފަރާތްތަކުން ކަންތައް ކުރުމަށް ބާރު އެޅުން އެއީ ސަރުކާރުގެ ޒިންމާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

އެއްވެސް އެސޯސިއޭޝަނެއްގެ ސީދާ ހިންގުމުގެ ތެރެއަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނަން. ސަރުކާރުން އެންޝުއަރ ކުރާނީ ޤާނޫނު ތަންފީޒު ކުރުމަށް. ޤާނޫނުގައި އޮތް ގޮތަށް ކުރަން ޖެހޭ ހުރިހާ ކަމެއް، އެ ކުރަން ޖެހޭ ފަރާތްތަކުން ކުރުން އެންޝުއަރ ކުރުން ސަރުކާރުގެ ޒިންމާއަކަށް ވާނީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި، ކުޅިވަރާ ބެހޭ ސިޔާސަތެއް ތަންފީޒު ކުރުމަށް ޖުމުލަ ގޮތެއްގައި ސަރުކާރުން އެދޭނެ ކަމަށެވެ. އަދި އެސޯސިއޭޝަންތަކުގެ ކަންކަން ކުރަމުން ގެންދާނީ، އެ އެސޯސިއޭޝަނަކާ ގުޅުން ހުރި ބައިނަލްއަޤުވާމީ އިދާރާ ތަކުގެ ބެއްލެވުމުގެ ދަށުން ކަމަށް ވެސް ރައީސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އިތުރަށް ރައީސް ވިދާޅުވީ ކުޅިވަރުގެ ޤާނޫނަށް ގެނެވުނު އެއް ވަނަ އިސްލާހުގެ ދަށުން، ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަންކަން ކުރުމާއި، އެސޯސިއޭޝަންތަކުގެ ހިންގުން ޚަރުދަނާ ކުރެވި، ރަނގަޅަށް ހިންގުމަށް ބާރު އެޅިގެން ދާނެ ކަމަށެވެ. އަދި އެކަން ޔަގީން ކުރެވިގެން ދާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ މިދިޔަ އަހަރު އެފްއޭއެމް ނޯމަލައިޒް ކޮށްފަ އެވެ. އެކަމަށް މިހާރު އަހަރެއްވާން ކައިރިވެފައިވާއިރު، އަދިވެސް އެފްއޭއެމްގެ މައްސަލަ އަށް އެކަށީގެންވާ ޙައްލެއް ހޯދިފައި ނުވެ އެވެ.

އަނެއްކޮޅުން މިދިޔަ ހުކުރު ދުވަހު، ވާރލްޑް ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ވަނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ސަސްޕެންޑު ކޮށްފަ އެވެ. އެ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ދައުރު ހަމަވެ، އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު ވެސް، އައު ހިންގާ ކޮމެޓީ އޮތީ އިންތިޚާބު ނުކުރެވި އެވެ.

އިތުރަށް ކިޔާލަން

30 އޯގަސްޓު 2019

ކުޅިވަރު ސަރުކާރުން ނަގަނީ ވަރަށް ސީރިއަސްކޮށް: މަހްލޫފް

30 އޯގަސްޓު 2019
ކުޅިވަރު ސަރުކާރުން ނަގަނީ ވަރަށް ސީރިއަސްކޮށް: މަހްލޫފް
29 މާރިޗު 2019

މި ސަރުކާރުން އެސޯސިއޭޝަންތައް މަގުމަތިކޮށް ނުލާނަން: އަލީ ވަހީދު

29 މާރިޗު 2019
މި ސަރުކާރުން އެސޯސިއޭޝަންތައް މަގުމަތިކޮށް ނުލާނަން: އަލީ ވަހީދު
11 މާރިޗު 2019

ކްލަބްތަކަށް ލިބެމުން ދިޔަ އެއްޗެއް އުނިކުރަން ސަރުކާރުން ނުނިންމާ: އަލީ ވަހީދު

11 މާރިޗު 2019
ކްލަބްތަކަށް ލިބެމުން ދިޔަ އެއްޗެއް އުނިކުރަން ސަރުކާރުން ނުނިންމާ: އަލީ ވަހީދު
24 ޖެނުއަރީ 2019

މިއަހަރުވެސް ކްލަބްތަކަށް މާލީ އެހީދޭނީ ސަރުކާރުން، 2020 ފެށިގެން ދޭނީ އެފްއޭއެމް

24 ޖެނުއަރީ 2019
މިއަހަރުވެސް ކްލަބްތަކަށް މާލީ އެހީދޭނީ ސަރުކާރުން، 2020 ފެށިގެން ދޭނީ އެފްއޭއެމް
29 ޑިސެމްބަރު 2018

ސަރުކާރުން ދިން ފައިސާއާމެދު ބައްސާމް އިތުރުފުޅު ހައްދަވައިފި

29 ޑިސެމްބަރު 2018
ސަރުކާރުން ދިން ފައިސާއާމެދު ބައްސާމް އިތުރުފުޅު ހައްދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު