Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބައްސާމް އިތުރުފުޅު ހެއްދެވުން

ސަރުކާރުން ދިން ފައިސާއާމެދު ބައްސާމް އިތުރުފުޅު ހައްދަވައިފި

ބައްސާމް ވިދާޅުވީ ސަރުކާރުން އަހަރަކު ދެނީ 1.2 މިލިއަން ރުފިޔާކަމަށް

ލީވާން އަލީ
ލީވާން އަލީ | 29 ޑިސެމްބަރު 2018 | ހޮނިހިރު 10:58
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

ސަރުކާރުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދިން ފައިސާއާމެދު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު އިތުރުފުޅު ހައްދަވައިފިއެވެ.

ހުކުރު ދުވަހު ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ، ދިވެހި ދައުލަތުން އެފްއޭއެމްއަށް ހަރަދުކުރަނީ 1.2 މިލިއަން ރުފިޔާ ކަމަށާއި، އެ ބަޖެޓަކީ ކުއާޓާތަކަކަށް ބަހާލެވިގެން ދެވޭ އެއްޗެއް ކަމަށެވެ.

އެގޮތުން ބައްސާމް ވިދާޅުވީ، މި ފައިސާ ސަރުކާރުން ދޫކުރަނީ ކޮންމެ ކުއާޓާއެއްގައި ފައިސާ ހަރަދުކުރި ރިޕޯޓް ހުށަހެޅުމުން ކަމަށާއި، އެނޫން ގޮތަކަށް ފައިސާ ދޫނުކުރާ ކަމަށެވެ. އަދި އެފްއޭއެމަކީ އޮޑިޓް ކުރެވި، ފައިސާގެ ކަންކަން ވަރަށް ރަނގަޅަށް ބަލަމުން އަންނަ ތަނެއް ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް މިހެން ވިދާޅުވި ނަމަވެސް، ޔޫތު މިނިސްޓްރީން ބުނީ، މި އަހަރު އެކަނިވެސް ސަރުކާރުން އެފްއޭއެމަށް 26.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި، މިދިޔަ އަހަރު ސަރުކާރުން އެފްއޭއެމަށް 26.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި މިނިސްޓްރީން ބުނީ މި އަހަރު އެކަނިވެސް ސަރުކާރުގެ ކުންފުނިތަކުން ކްލަބްތަކަށް 30 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

އެފްއޭއެމުން މި އަހަރަށް ނެރުނު ބަޖެޓުގައި ޔޫތު މިނިސްޓްރީން ދޭނެކަމަށް ބަޖެޓު ކުރެވިފައި ވަނީ 7،667،798.40 (ހަތް މިލިއަން ހަ ލައްކަ ފަސްދޮޅަސް ހަތްހާސް ހަތްސަތޭކަ އަށް ރުފިޔާ ސާޅީސް ލާރި) އެވެ.

އެގޮތުން ބައްސާމް ވިދާޅުވި، އަދަދުތައް އެފްއޭއެމުން ނެރުނު ބަޖެޓަށްވުރެ ވެސް ކުޑައެވެ. އަދި ފާހަގަކޮށްލެވޭ އަނެއް ކަމަކީ، ސަރުކާރުން ދޭނެކަމަށް ބުނެ އެފްއޭއެމުން ފާސްކުރި ބަޖެޓަށްވުރެ އެތައް ގުނައެއް އިތުރަށް އެފްއޭއެމަށް ޔޫތު މިނިސްޓްރީން ވަނީ ފައިސާ ދޫކޮށްފައެވެ.

އެފްއޭއެމުން މި އަހަރަށް ލަފާކުރި ބަޖެޓުގައި ފީފާއިން 27.5 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، އޭއެފްސީން 3.85 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ. މި އަހަރަށް އެފްއޭއެމުން ޖުމްލަ 62 މިލިއަނަށްވުރެ ބޮޑު ބަޖެޓެއް ފާސްކޮށްފައިވާއިރު، މިއީ 2.97 ގެ ޑެފިސިޓް ބަޖެޓެކެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

އަތޮޅު މުބާރާތުގެ ގަދަ ހަތަރަކަށް ސްޕޮންސަރުން ހަމަޖެހޭނެ: ބައްސާމް

04 އެޕްރީލު 2017
އަތޮޅު މުބާރާތުގެ ގަދަ ހަތަރަކަށް ސްޕޮންސަރުން ހަމަޖެހޭނެ: ބައްސާމް
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
26 މާރިޗު 2017

ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ

26 މާރިޗު 2017
ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ
21 މާރިޗު 2017

ރަނިއޭރީ ބޭރުކުރުމާއެކު މަރުގެ އިންޒާރުތަކެއް ވާޑީ އަށް ދިންކަމަށް އޭނާ ބުނެފި

21 މާރިޗު 2017
ރަނިއޭރީ ބޭރުކުރުމާއެކު މަރުގެ އިންޒާރުތަކެއް ވާޑީ އަށް ދިންކަމަށް އޭނާ ބުނެފި
26 ފެބުރުއަރީ 2017

ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް

26 ފެބުރުއަރީ 2017
ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު