Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވާދޫ ފެނަކަ ބްރާންޗު

ގދ. ވާދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުންނަށް ބިރުދެއްކުމާއި ފައިސާއާއި ތަކެއްޗަށް ހިޔާނަތްތެރިވި މައްސަލައެއް ފެންމަތިވެއްޖެ

ބްރާންޗު ހިންގުން ހަވާލު ކޮށްފައިވަނީ ދާއިރާގެ އެމްޕީ (މުހައްމަދު އަލީ)އާ ވަރަށް ގާތް ދެ މީހުންނަށް

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 17 މެއި 2025 | ހޮނިހިރު 12:02
ގދ. ވާދޫ

ގދ. ވާދޫ

ގދ. ވާދޫ ފެނަކަ ބްރާންޗުގައި މިވަގުތު ހިންގުމާއި ހާވާލުވެ ހުރި ދެ މީހެއްގެ ފަރާތުން އެ ބްރާންޗުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބިރު ދެއްކުމާއި އެ މުވައްޒަފުންނަށް ފުރައްސާރުކުރުމުގެ އިތުރުން ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ހިއްސާކުރި އެ ބްރާންޗުގގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނީ، އެ ބްރާންޗުގެ ބައެއް މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކުމާއި، އަމިއްލަ ބޭނުންތަކަށް އެ ބްރާންޗުގެ ޕެޓީ ކޭޝް ބޭނުންކޮށްފައިވާކަމަށާއި އެކި ގޮތްގޮތަށް އެ މުވައްޒަފުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި އެ ބްރާންޗުގައި މަސައްކަތް ކުރާ 14 މުވައްޒަފުންގެ ސޮއި އާއެކު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ނަޖާހުގެ ސަމާލުކަމަށް ވެސް އެކަން މިދިޔަ އޭޕްރިލް 13، ގައި ގެނެސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

14 މުވައްޒަފުންގެ ސޮއި އާއެކު އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޕެޓިޝަނެއް ލުމުން ލީގަލް ޓިމެއް މާޗް 17 ވަނަ ދުވަހުގެ ރޭ ދަންވަރު އެރަށަށް ވަނީ ގޮސްފައެވެ. މި ނޫހައް އެނގިފައިވާ ގޮތުގައި އެ ޓީމުގައި ހިމެނެނީ އެޗްއާރުގެ 2 މީހަކާއި ލީގަލް 2 އޮފިސަރުންނެވެ. މި ޓީމް އެރަށަށް ގޮސް 8 މީހެއްގެ ބަޔާން ވަނީ ނަގާފައެވެ. އަދި ޕެޓީ ކޭޝް އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާކަން އެޓީމަށްވަނީ ދެނެގަނެވިފައެވެ. ނަމަވެސް މިވީހާ ތަނަށް އެއްވެސް ހައްލެއް މިކަމަށް ލިބިފައި ނުވާކަމަށް އެ ބްރާންޗުގައި މަސައްކަތްކުރާ މުވައްޒަފަކު މި ނޫހަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ފެނަކައިން މިރަށަށް ފޮނުވި ޓީމުން ބޮޑު ހަރަދެއްކޮށް ރަށުގައި މިވަގުތު ހުރި އެންމެ ބޮޑު ގެސްޓްހައުސްގައި ތިބެ އެންމެ އަގުބޮޑު ރެސްޓޯރެންޓުން ފަރިއްކުޅުވައިގެން ޗުއްޓީ ހޭދަކޮށްލާފަ ދިޔައީ، ވީކަމެއް ނެތް އެއްކަމެއްވެސް،
ގދ. ވާދޫ ފެނަކަ ބްރާންޗުގައި މަސައްކަތްކުރާ މުވައްޒަފު

މީގެ އިތުރުން އޭނާ ބުނީ، އެ ބްރާންޗު ހިންގުން ހަވާލު ކޮށްފައިވަނީ ދާއިރާގެ އެމްޕީ (މުހައްމަދު އަލީ)އާ ވަރަށް ގާތް ދެ މީހުންނަށް ކަމަށެވެ. އަދި މި ހުރިހާ ކަމެއް މެނޭޖުމަންޓަށް ވެސް އެނގޭނެ ކަމަށާއި ފެނަކަ އެމްޑީއަށް ފޮނުވި ސިޓީގެ ކޮޕީއެއް ރައީސް އޮފީހަށް ވެސް ހިއްސާކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ޕެޓީ ކޭޝް ބޭނުން ކުރަމުންދާ ކަމަށް އެ ސިޓީގައި ބުނެފައި ވަނީ ވާދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން، ތަހުނީން އަހުމަދު އާއި ޑެޕިއުޓީ މެނޭޖަރު، ޝާމިހު އަހުމަދު އެވެ. މުވައްޒަފުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ފޮނުވި ސިޓީގައި އެދެމީހުންނާއި ގުޅޭ ވަރަށް ބައިވަރު ޝަކުވާތައް ކޮށްފައިވެ އެވެ. އެގޮތުން:

  • ބްރާންޗުގެ ދިދަ ނަގަނީ ތަން ހިންގަން ތިބި ދެމީހުން ބޭނުންވުމުން - ގިނަ ދުވަސް ދުވަހު ދިދަ ނުނަގާހުރުން
  • މުވައްޒަފުންގެ މެދުގައި ތަފާތުކޮށް، ވަކިވަކި މުވައްޒަފުންގެ ބަޔާން ނަގައި ބިރުދެއްކުން
  • ސީނިއާ މުވައްޒަފުން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، އެމީހުންގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަށް ބާރުތައް ދިނުން ގަވާއިދުން މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭންޖެހޭ ސްޕެޝަލް އެލެވެންސްތައް ނުދިނުން
  • ބްރާންޗުގެ ހިންގުން ދޯހަޅިވުމުގެ ސަބަބުން ކުންފުނީގެ ބައެއް އާލާތްތައް ގެއްލި، ފެނަކައިގެ ބައެއް އިމާރާތްތައް ވާވަނު
  • ވަޒީފާގެ ރަސްމީ ވަގުތުތަކުގައި ތަހުނީން އާއި ޝާމިހު މަސްވެރިކަމުގަ އާއި ކޮފީ ބުއިން ފަދަ ކަންކަމުގައި މަސްއޫލުވެއުޅުން
  • ވާދޫގައި އިމާރާތް ކުރަން ފަށާފައި ހުރި ފެނަކައިގެ އާ އިންޖީނު ގޭގެގައި ހުރި ސާމާނުތައް ވީރާނާ ވާން ދޫކޮށްލާފައި ހުރުން
  • ބްރާންޗުގެ އޮފިޝަލް ވައިބާ ގުރޫޕުގައި މުވައްޒަފުންނާއި ދިމާކުރުމާއި ފުރައްސާކުރުން
ގދ. ވަދޫ ފެނަކަ ބްރާންޗު
ގދ. ވަދޫ ފެނަކަ ބްރާންޗު
ގދ. ވާދޫ ފެނަކަ ބްރާންޗު
ގދ. ވާދޫ ފެނަކަ ބްރާންޗު

ގދ. ވާދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުންގެ މި ޝަކުވާތަކާއި ގުޅިގެން ތަނުގެ މެނޭޖުމެންޓުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް އޭނާ ބުނެ އެވެ. އަދި އެކަމުގެ ސަބަބުން މުވައްޒަފުންނަށް ބިރު ދެއްކުމާއި ކުރިން ދިމާވަމުން އައި ކަންކަން މިހާރު އިތުރަށް ބޮޑުވެ މަސައްކަތުގެ މާހައުލު ބިރުވެރިވެފައިވާކަން އެ މުވައްޒަފު ފާހަގަކުރި އެވެ.

ސަރުކާރުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމުންވެސް މިކަމަށް އެއްވެސް ހައްލެއް ނުލިބުމުން ނުހަނު ކަންބޮޑުވާކަމަށް އެމުވައްޒަފުން ފާހަގަކުރެ އެވެ. އެ މުވައްޒަފު މި ނޫހަށް މައުލޫމާތު ހިއްސާކުރަމުން ބުނީ މި ވާހަކަތަށް މިދައްކަނީ ބްރާންޗު ހިންގަން ހަވާލުވެ ތިބި މީހުންގެ ޝިކާރައަކަށްވެފައިވާ ހުރިހާ މުވައްޒަފުންގެ ހައްގުގައި ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ

ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ

11 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

31 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު