Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަނޑިޔާރުގެއަށް ސަރުކާރުން އަތް ބޭނުން

މިއަދަކީ ބިރުވެރި ދުވަހެއް، ނާއިންސާފު ލިބޭތަން ބަލަން ދިވެހިންނެއް ނުތިބޭނެ - އާޒިމް

14 މެއި 2025 | ބުދަ 17:37

މި ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ފެންނަ ކަމަށް 68 މެންބަރަކު ވަނީ ވޯޓު ދީފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 މެއި 2025 | ބުދަ 17:37
ފަލަސުރުހީ ޕްރޮގްރާމްގައި މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވަނީ

މިއަދަކީ ބިރުވެރި ދުވަހެއް ކަމަށާއި ނާއިންސާފު ލިބޭތަން ބަލަން ދިވެހިންނެއް ނުތިބޭނެ ކަމަށް މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް ފަނޑިޔާރު ކަމުން ވަކިކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ އަދުލު އިންސާފުގެ ހައްގަކީ ދިވެހިން ވަރަށް އުނދަނގުލުން ހޯދި ހައްގެއް ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ޝަރުޢީ ދާއިރާ އަށް އިތުބާރު ހޯދާދެވުނު ކަމަށް ސިފަކުރައްވާ އާޒިމް ވަނީ އެ ހައްގުތައް ލިބުނު ދުވަސް މިހާރު މާޒީ ވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިއަދު އާއްމުން އިންސާފު ހޯދަން ދާނެ ތަނެއް ނެތް ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

ކުރިން ދަށު ކޯޓުތަކުން އިންސާފު ނުލިބުމުން ސުޕްރީމް ކޯޓުން އިންސާފު ލިބޭނެ ކަމަށް އުންމީދު ކުރި ނަމަވެސް އެ ކަން ދެން ނުވާނެ ކަމަށް އާޒިމް ވަނީ ފާހަގަކުރައްވާފަ އެވެ. ދެން އަނެއްހާވެސް އިންސާފު ހޯދަން ނިކުންނަން ޖެހޭނީ މަގުމައްޗަށް ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ. އާޒިމް ވަނީ ދިރި ހުރިހާ ދުވަހަކު އަނިޔާވެރިކަމާއި ދެކޮޅަށް ނުކުންނަ ފުރަތަމަ މީހަކަށް ވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އިންސާފު ނުލިބޭނެކަން ޔަޤީންވުމަކީ ވަރަށް ހިތްދަތިވާކަމެއް ކަމަށް އާޒިމް ވިދާޅުވި އެވެ. އަބަދުވެސް އިންސާފު ލިބޭނެކަން ދިވެހިންނަށް އިހުސާސްވާން ޖެހޭ ކަމަށާއި އެކަން އެގޮތަށް ވަމުން ނުދާ ކަމަށް އާޒިމް ވިދާޅުވި އެވެ.

ރައްޔިތުން ނުތިބޭނެ މިހެން ނާއިންސާފު ލިބޭ އިރު ބަލަހައްޓައިގެން. އަޅުގަނޑު މިއަދުވެސް ބުނަން ބޭނުންވޭ ޔުމްނުގެ ހާދިސާގަ ވެސް ފުލުހުން އޮޅުވާލި ކަމަށް ހުރިހާ ރައްޔިތުން ޤަބޫލުކުރޭ. އިންސާފު ހޯދަން ހުންނަ ތަންތަނުން ސަރުކާރާ ނުފޫޒު ގަދަ މީހުންގެ ހިމާޔަތުގައި މަސައްކަތް ކުރުމަކީ ވަރަށް ދެރަ ކަމެއް. އަޅުގަނޑަކީ އެއްބަނޑު އެއް ބަފާ ބޭބެ ޖަލަށް ލައިގެން މިނިވަން ކުރަން އެތައް ދުވަހަކު މަަސައްކަތް ކުރި މީހެއް. އެކަން ކުރީ ހަމައެކަނި ބޭބެ މިނިވަން ކުރާކަށް ނޫން. އެ ހައްގު ހޯދަން.
މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް ފަނޑިޔާރު ކަމުން ވަކިކުރުން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

މި ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ފެންނަ ކަމަށް 68 މެންބަރަކު ވަނީ ވޯޓު ދީފައެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ އެންމެ 11 މެންބަރުންނެވެ. އެއާއެކު އެ ދެ ބޭފުޅުން ވެސް ވަނީ ފަނޑިޔާރު ކަމުން ވަކިވެފަ އެވެ.

އާދަމް ޢާޒިމްމާލެ ސިޓީސުޕްރީމް ކޯޓުއިންސާފުރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
06 ޑިސެމްބަރު 2025

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!
03 ޑިސެމްބަރު 2025

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް
28 ނޮވެމްބަރު 2025

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް
27 ނޮވެމްބަރު 2025

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް