Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސުޕްރީމް ކޯޓު

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކުރެއްވީ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި ސިޔާސީ އެންގުންތަކަށް

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 14 މެއި 2025 | ބުދަ 10:24
ޑރ. އަޒްމިރަލްދާ ޒާހިރު

ޑރ. އަޒްމިރަލްދާ ޒާހިރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކުރެއްވީ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި ސިޔާސީ އެންގުންތަކަށް ބަޓަނަށް ފިތާލާ، ބުއްދީގެ ހަމަތަކާއި އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން ކަމަށް ފަނޑިޔާރުކަމުގެ މަގާމުން ބުދަ ދުވަހު ވަކި ކުރި ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވެއްޖެ އެވެ.

ޑރ. އަޒްމިރަލްދާ ޒާހިރު ގެ ގާނޫނީ ވަކީލުންގެ ޓިމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަޒްމިރަލްދާ ފަނޑިޔާރުކަމުގެ މަގާމުން ވަކިކޮށްފައިވަނީ އެއްވެސް އަސްލެއް އަސާސެއް ނެތް ދޮގު ތުހުމަތެއްގައި، ކަނޑައެޅިގެން ޤާނޫނު އެއްފަރާތްކޮށް ހައްގުތަށް ނިގުޅައިގެން ސިއްރިއްޔާތުގައި ހިންގި އިޖުރާއަތްތަކަށްފަހުގައި ކަމަށެވެ. އަދި އެނިންމެވުން ނިންމަވާފައިވަނި އަޒްމިރަލްދާގެ އެއްވެސް ކުށެއް ނުކުރާކަން ވެރިކަން ހިންގާ ޕާޓީއައް ނިސްބަތްވާ މަޖިލީހުގެ ސުޕަރ މެޖޯރިޓީ މެންބަރުންނަށްވެސް އެނގިވަޑައިގެން ތިއްބަވައިގެންކަމަށް އެބަޔާނުގައިވެއެވެ.

Advertisement - newsAdvertisement
އެނިންމެވުން ނިންމަވާފައިވަނި އަޒްމިރަލްދާގެ އެއްވެސް ކުށެއް ނުކުރާކަން ވެރިކަން ހިންގާ ޕާޓިއައް ނިސްބަތްވާ މަޖިލީހުގެ ސުޕަރ މެޖޯރިޓީ މެންބަރުންނަށްވެސް އެންގިވަޑައިގެން ތިއްބަވައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި ސިޔާސީ އެންގުންތަކަށް ބަޓަނަށް ފިތާލާ، ބުއްދީގެ ހަމަތަކާއި އިންސާފު އިސްނުކުރަށްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރަށްވައިގެން.
ޑރ.އަޒްމިރަލްދާ ޒާހިރު

ޑރ. އަޒްމިރަލްދާ ގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަޙާޒު އަލީ ޒާހިރުއާއި ފަނޑިޔާރު ޙުސްނޫސުއްސުޢުދު ސަސްޕެންޑް ކޮށްފައިވާއިރު ސަސްޕެންޝަން ބިނާވާ މައްސަލައިގެ ލިޔެކިއުންތަށް އަދި އަދަށްދާންދެން ލިބިފައިނުވާކަމަށް ގާނޫނީ ވަކީލުންގެ ޓިމުން ނެރުނު ނޫސްބަޔާނުގައި ވެއެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޖިނާއީ ތަހުގީގެއް ކުރާކަމަށް 26 ފެބްރުއަރީގައި ޖުޑީޝަލް ސާވިސް ކޮމިޝަނުނަށް އެންގިނަމަވެސް އަދި އަދަށްދާންދެންވެސް އެއްވެސް ސުވާލެއް އެކޮމިޝަނުން ކޮށްފައިނުވާކަމަށްވެސް ބަޔާނުގައިވެއެވެ.

26 ފެބްރުއަރީ 2025 ގައި އަޅުގަނޑާއި އެހެން ފަނޑިޔާރުން ސަސްޕެންޑް ކުރުމުގެ ޚަބަރު ލިބުމުން އެ ވަގުތުގައި އުއްތަމަ ފަނޑިޔާރު މުޢުތަސިމް އަދުނާނު ވިދާޅުވީ ދެން އަޅުގަނޑުމެން އެނބުރި ސުޕްރީމް ކޯޓަށް ނާންނާނެކަމަށް.
ޑރ.އަޒްމިރަލްދާ ޒާހިރު

އަޒްމިރަލްދާ ވިދާޅުވި، އޭނާގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލާފައި ވަނީ ނުހިނގާ ކަމެއް ހިނގި ކަމަކަށް ހަދައިގެން ކަމަށެވެ. ރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިނގާ ކަން އޭގެ ސަބަބުން ވެސް ހާމަވާ ކަމަށް އަޒްމިރާލްދާ ވިދާޅުވި އެވެ.

ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ވަކި ކުރައްވާފައި މިވަނީ މިމައްސަލަ މަޑު ޖައްސާލުމަށް ކަމާގުޅުންހުރި ބޭރުގެ ލޯފާމްތަކާއި، އެކި ޖަމިއްޔާތަކުން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ. އަދި މި ދެ ފަނޑިޔާރުން ވަކިކުރަންޖެހޭ ގާނޫނީ ހުއްޖަތެއް ދެއްކިފައެއް ނެތް ކަމަށާއި، މިއީ ކޮންގެންވާނެ ކަމެއް ނޫން ކަމަށް ގިނަ ގާނޫނީ ވަކީލުން ވިދާޅުވެފައިވެއެވެ. މިމައްސަލަ ކުރިއަށް ދިޔަ ގޮތާ ގުޅޭގޮތުން ބާ ކައުންސިލްގެ ގިނަ ވަކީލުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުރައްޔިތުންގެ މަޖިލިސްޑރ. އަޒްމިރާލްދާ ޒާހިރުޖުޑިޝަރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު