Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔުންމު ވައްޓާލި ހާދިސާ

ވަކި ބައެއް ހިމާޔަތްކޮށް ޔުމްނު އެކަނި ކުށްވެރިވާގޮތަށް ފުލުހުން މައުލޫމާތު ހާމަކުރި މައްސަލައަކީ ޕްރޮފެޝަނަލްކޮށް ތަހުގީގުކުރާ މައްސަލައެއް: އިހުސާން

12 މެއި 2025 | ހޯމަ 18:18

ފުލުހުން މި މައްސަލައިގައި ވަކި ބައެއްގެ މައުލޫމާތު ފޮރުވަން މަސައްކަތް ކުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 މެއި 2025 | ހޯމަ 18:18
18 އޭޕްރިލް ވަނަ ދުވަހު ހ.މިތާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް

18 އޭޕްރިލް ވަނަ ދުވަހު ހ.މިތާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް

ވަކި ބައެއް ހިމާޔަތްކޮށް ޔުމްނު އެކަނި ކުށްވެރިވާގޮތަށް ފުލުހުން މައުލޫމާތު ހާމަކުރި މައްސަލައަކީ ޕްރޮފެޝަނަލްކޮށް ތަހުގީގުކުރާ މައްސަލައެއް ކަމަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ "އަހާ" ފޯރަމުގައި ޔުންމު ވެއްޓުނު ހާދިސާއާއި ގުޅިގެން ރައުދު ހައްޔަރުކުރުން ލަސްވީ ކީއްވެގެންތޯ ބައިވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިހުސާން ވިދާޅުވީ ޔުންމު ވެއްޓުނު މައްސަލަ ބަލަމުން އަންނަ ކަމަށާއި، މި މައްސަލައިގައި އެންމެ ފުރަތަމަވެސް ރެސްޕޮންޑްކޮަށްފައިވަނީ ވެއްޓުނު އަންހެން ކުއްޖެއްގެ މައްސަލައިގައި ކަމަށެވެ. މިނިސްޓަރ އިހުސާން ވިދާޅުވީ މި މައްސަލައިގައި ސީސީޓީ ފުޓޭޖްއަށް ބެލި އިރު އެ ފުޓޭޖުން ދެން ފެނުނީ ރައުދު އަހުމަދު ޒިލާލު ކަމަށާއި، އެހެންކަމުން އޭނާ ގެނެސް މަސްތުވާތަކެއްޗަށް ވެސް ޓެސްޓް ކުރެވުނު ކަމަށެވެ. އަދި އެއިރު ތަހުގީގު ފެށީ މަސްތުވާތަކެތީގެ ތަހުގީގެއްގެ ގޮތުގައި ކަމަށާއި، ފަހުން ލިބުނު މައުލޫމާތާއެކު ހައްޔަރު ކުރަންޖެހުނު ހިސާބުން ހައްޔަރުވެސް ކުރި ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ ފުލުހުންގެ ތަހުގީގަކީ ޕްރޮގްރެސިވްކޮށް ލިބެމުންއަންނަ ހެކިތަކަށް ބަލާފައި ކުރަމުން އަންނަ ތަހުގީގެއް ކަމަށާއި އެއީ ހިތުލަފަޔަށް ހީކުރާ ކަންކަމަށް ކުރާ ކަމެއް ނޫން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޕްރޮފެޝަނަލް ތަހުގީގެއް ކުރަމުންދާއިރު، ހެއްކާއި ގަރީނާގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

ނަމަވެސް މި މައްސަލައިގައި ފުރަތަމަ ނޫސްވެރިންނަށް ފުލުހުން މައުލޫމާތު ދިން އިރު، ޔުންމު ވެއްޓުނުރޭ ހ. ފެންޓޮނޯއީ ގޭގައި ރައުދު މަސްތުގެ ހާލަތުގައި އުޅުނުކަން ފުލުހުންނަށް އޮތީ އެނގިފައެވެ. އަދި ޔުމްނު ވެއްޓުމުގައި އޭނަގެ ބައިވެރިވުން އޮތްކަމާއި، ޔުންމު ވެއްޓުމުން ވެސް ފުލުހުންނަށް މައުލޫމާތު ނުދީ އޭނާ ބާއްވާފައި ދިޔަކަން ވެސް ފުލުހުންނަށް އެނގެއެވެ. އަދި ފުރަތަމަ ޕްރެސްގައި ޔުމްނު އަމިއްލައަށް ފުއްމާލިކަމަށް ފުލުހުން ބުނެ ވަކި ބަޔަކު ދިފާއުކުރަން މަސައްކަތް ކޮށްފައިވެއެވެ.

އަދި މަސްތުވާތަކެތި ބޭނުންކުރިކަން އެނގޭ އިރުވެސް ފުލުހުން ރައުދު ހައްޔަރުނުކޮށް ދޫކޮށްލާފައި ހުރުމުން އާންމުންގެ ޕްރެޝަރާއެކު ފުލުހުންގެ ރާގާއި ވާހަކަ ބަދަލުވެ އޭނާ ހައްޔަރުކުރީ 4 ދުވަސް ފަހުންނެވެ. މީގެ އިތުރުން މަސްތުވާތަކެއްޗާއެކު ޕާޓީކުރިކަމަށް ތުހުމަތުކުރެވޭ 8 މީހެއްގެ ވަނަވަރު އާންމުކުރި އިރު، އެ ޕާޓީގައި ޓްރާންސްޕޯޓް މިނިސްޓަރުގެ ދެ ކޮށްކޮ ހިމެނޭތީ އެ މައްސަލައަށް މިނިސްޓަރު އަމީން އަންނަނީ ނުފޫޒުވެސް ފޯރުވަމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް