Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ

''ދުލެއް ނުކުރާނަން'' މުޒާހަރާގައި ހައްޔަރުކުރި ދެ ޒުވާނުން ވަގުތުން މިނިވަން ކުރުމަށް އެމްޑީއޭއިން ވެސް ގޮވާލައިފި

އިސްކޮށް އުޅުނު ދެ ޒުވާނުން ހައްޔަރު ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 މެއި 2025 | ހުކުރު 08:16
މަހްޒޫމާއި ޝިމަން މުޒާހަރާގައި

މަހްޒޫމާއި ޝިމަން މުޒާހަރާގައި

ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޒުވާނުން ކުރިއަށް ގެންދިޔަ މުޒާހަރާގައި އިސްކޮށް ހަރަކާތެރިވި ދެ ޒުވާނުން ވަގުތުން ވަގުތަށް މިނިވަން ކުރުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ގޮވާލައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޒުވާނުން ކުރިއަށް ގެންދިޔަ ''ދުލެއް ނުކުރާނަން'' މުޒާހަރާގައި ފުލުހުން މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ކުއްލިއަކަށް ވަދެގަނެ، ބާރުގެ ބޭނުންކޮށް، ހައްޔަރުކޮށްފައިވަނީ ބަގީޗާގެ / ނ.ކުޑަފަރި، ޢަބްދުﷲ މަހްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ / މާލެ، ޢާއިޝަތު ޝިމަން އަޙްމަދު (19އ) އެވެ.

Advertisement - newsAdvertisement

މި ދެ ޒުވާނުން ހައްޔަރު ކުރުމާއި ގުޅިގެން ހުކުރު ދުވަހު އެމްޑީއޭއިން ނެރުނު ނޫސްބަޔާނުގައި ބުނީ ޔުމްނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޒުވާނުން ކުރަމުންދާ މުޒާހަރާތަކާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބާރު ބޭނުންކޮށް، މުޒާހަރާގެ އިސްކޮށް އުޅުނު ދެ ޒުވާނުން ހައްޔަރު ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެއްވެސް ޝަރުތަކާ ނުލައި، އެ ދެ ޒުވާނުން ވަގުތުން ވަގުތަށް މިނިވަން ކުރުމަށް އެޕާޓީން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން އެމްޑީއޭއިން ބުނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުން ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިބޭ ކަމަށެވެ. ނަމަވެސް ސުލްހަވެރިކަމާއެކު އެއްވެ އެމީހުންގެ ޝުއޫރުތައް ފާޅުކުރަމުންދިޔަ ޒުވާނުންނާ ދެކޮޅަށް އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުންކޮށް، އެ އެއްވުން ރޫޅާލާފައިވަނީ ގާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ހައްގެއް ހަނިކުރުމުގެ މަގުސަދުގައި ކަމަށް އެޕާޓީން ބުނެއެވެ.

އެމްޑީއޭއިން ބުނީ މިފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ދިވެހި ފުލުހުންނަށް އަދި ދައުލަތުގެ އެންމެހައި އިދާރާތަކަށް އިލްތިމާސް ކުރާ ކަމަށެވެ. ހަމައެހެންމެ އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ފަރާތްތަކަށް ވެސް ވިހާވެސް ފުޅާ ދާއިރާއެއްގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި، ހިޔާލުފާޅު ކުރުމުގެ ފުރުސަތު ދިނުމަށް އެމްޑީއޭއިން ވަނީ ގޮވާލާފައެވެ.

''ދުލެއް ނުކުރާނަން'' މުޒާހަރާގައި ހައްޔަރުކުރި ދެ ޒުވާނުން ވަގުތުން މިނިވަން ކުރުމަށް ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ވެސް ދަނީ ގޮވާލަމުންނެވެ. އަދި މި ދެ ޒުވާނުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށް ފުލުހުން ބުނި ނަމަވެސް މުޒާހަރާ ލައިވް ކުރިއިރު، އެމަންޒަރު އާއްމުންނަށް ފެނިފައިނުވާ ކަމަށާއި، ފުލުހުން މިކަމުގައި ދޮގުހަދައި އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެއްވެސް އިންޒާރަކާ ނުލައި، މުޒަހަރާގެ ބައިވެރިންގެ ތެރެއަށް ފުލުހުންގެ ވަދެގަނެ، ޕެޕަރ ސްޕްރޭ ޖަހާފައިވާ ކަަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ.

ހައްވާ ޔުމްނު ރަޝީދުޢަބްދުﷲ މަޙްޒޫމް މާޖިދުޢާއިޝަތު ޝިމަން އަޙްމަދުމޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސްމާލެދިވެހި ފުލުހުންޔުމްނު ފުރާޅުޔުމްނު ވެއްޓުނު ހާދިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!

ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!

07 ޑިސެމްބަރު 2025
ސެލޫނެއް ތެރޭ މާރާމާރީ ހިންގި މައްސަލައެއް
ގައި ފުލުހަކު ހައްޔަރު ކޮށްފި

ސެލޫނެއް ތެރޭ މާރާމާރީ ހިންގި މައްސަލައެއް ގައި ފުލުހަކު ހައްޔަރު ކޮށްފި

07 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި

ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު