Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ'ދުލެއް ނުކުރާނަން' މުޒާހަރާ

'ދުލެއް ނުކުރާނަން' މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ހުރަސް އަޅައި ޕެޕަރ ސްޕްރޭ ޖަހައި ދެ މީހަކު ހައްޔަރު ކޮށްފި

މިމައްސަލަ ބަލަން ރައީސް އުފެއްދެވި ކޮމިޝަނަކަށް ރައްޔިތުންގެ އިތުބާރެއް ނެތް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 1 މެއި 2025 | ބުރާސްފަތި 18:50
ދުލެއް ނުކުރާނަން އިހްތިޖާޖް

ދުލެއް ނުކުރާނަން އިހްތިޖާޖް

ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ގޮވާލާ ކުރިއަށްގެންދާ "ދުލެއް ނުކުރާނަން" އިހްތިޖާޖްގެ ބައިވެރިން، ސަރުކާރަށް ކޮށްފައިވާ ޑިމާންޑްތައް ފުރިހަމަ ނުވަނީސް ގެޔަށް ނުވަންނާނެ ކަމަށް ބުނެ އަޑު އުފުލަމުން ދަނިކޮށް މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ހުރަސް އަޅައި ޕެޕަރ ސްޕްރޭ ޖަހައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ދިޔަ އިހްތިޖާޖްގެ ތެރެއަށް ފުލުހުން ވަދެ ވަނީ ސްޕީކަރު ގެންދަން މަސައްކަތްކޮށްފައެެވެ. ސުލްހަވެރިކަމާއި އެކު ކުރިއަށްދިޔަ މުޒާހަރާގެ ބައިވެރިންނަށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ފުލުހުން ވަނީ ވަދެ މުޒާހަރާގެ ބައިވެރިންނާއި ކުރިމަތިލާފައެވެ. އަދި ސްޕީކަރު ގެންދަން މަސައްކަތް ކުރުމުން މުޒާހަރާގެ ބައިވެރިން ހުރަސް އެޅުމުން ފުލުހުން ވަނީ ޕެފަރ ސްޕްރޭ ޖަހާފައެވެ.

އިހްތިޖާޖުގައި ވަނީ މިމުޒާހަރާތަކަކީ އިންސާފް ހޯދުމަށް ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދާ އިހްތިޖާޖްތަކެއް ކަމަށާއި ސަރުކާރަށްކޮށްފައިވާ ޑިމާންޑްތަކުގެ ތެރެއިން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މުޒާހަރާގެ ބައިވެރިންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމަށް ބުނެފައެވެ.

ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓަކުން ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާއި ގުޅިގެން މިކަމުގައި ޝާމިލްވާ ކަމަށް ތުހުމަތުކުރެވޭ ރައުދު އަަހުމަދު ޒިލާލް 21، ހައްޔަރުކޮށް ވަނީ އިތުރު 10 ދުވަސް ބަންދަށް ޖަހާފައެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޔުމްނު ވެއްޓުނު މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން ގޮސްފައެއް ނުވެ އެވެ.

އެހެން ނަމަވެސް ގިނަ ބަޔަކު މަގުތަކަށް އެއްވެ މުޒާހަރާކޮށް، އަޑުއުފުލަން ފެށުމުން ފުލުހުން ވަނީ މި މައްސަލަ ތަހުގީގުކުރަން ފަށާފައެވެ. ނަމަވެސް ފުލުހުން ހިއްސާކުރަމުންދިޔަ މައުލޫމާތުތަކުގައި ދޮގުތަކެއް އެކުލެވޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެއެވެ.

އަދި ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް، "ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" އެއް އުފައްދަވައި، ކޮމިޝަނުގެ ރައީސަކަށް ޑރ މުނައްވަރު ވަނީ އައްޔަންކުރައްވައިފާ އެވެ. މިކޮމިޝަނަށްވެސް އިތުބާރު ނުކުރާ ކަމަށް ޔުމްނުގެ އާއިލާއިންނާއި ގިނަ ބަޔަކު ދަނީ ބުނަމުންނެ އެވެ.

ހައްވާ ޔުމްނު ރަޝީދުއިހުތިޖާޖު ކުރިބައިޕޮލިސްރައްޔިތުންގެ މަޖިލިސް ރައީސްރައްޔިތުންގެ ރައީސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު