Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުއިއްޒު

މައުމޫނުގެ ވެރިކަމަށްވުރެ މި ސަރުކާރުގެ ސިއްރު ބޮޑު: ޔައުގޫބު

ރައްޔިތުން ވެސް ގަބޫލުކުރީ ކުރީގެ ސަރުކާރުތަކަށްވުރެ ހާމަކަން ބޮޑު ގޮތެއްގައި ވެރިކަން ކުރައްވާނެ ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2025 | އަންގާރަ 08:01
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބު އަބުދުﷲ - ފައިލް

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބު އަބުދުﷲ - ފައިލް

ރައީސް މައުމޫނުގެ ޒަމާނުގައި އޮތް މިންވަރަށްވުރެ ވެސް ބޮޑަށް މި ސަރުކާރުން ކަންކަން ސިއްރުކުރާ ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޔައުގޫބު ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކެމްޕޭނުގައި ވަޢުދުވެވަޑައިގެންނެވީ ހާމަކަން ބޮޑު ސަރުކާރެއް ގާއިމު ކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުން ވެސް ގަބޫލުކުރީ ކުރީގެ ސަރުކާރުތަކަށްވުރެ ހާމަކަން ބޮޑު ގޮތެއްގައި ވެރިކަން ކުރައްވާނެ ކަމަށް ކަމަށް ޔައުގޫބު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޔައުގޫބު ވިދާޅުވީ ރައްޔިތުން ޙަޤީޤަތުގައިވެސް ގަބޫލުކުރީ މި ސަރުކާރުން ވެރިކަން ކުރާއިރު، ކުރީގެ ސަރުކާރުތަކަށްވުރެ އެތައް ގުނައެއް ހާމަކަން ބޮޑު ގޮތެއްގައި ވެރިކަން ފެންނަ ގޮތަކަށް ވެރިކަން ކުރާނެ ކަމަށެވެ. ނަމަވެސް މިއަދު ފެންނަނީ މުޅިން އެހެން މަންޒަރެއް ކަމަށް ޔައުގޫބު ވިދާޅުވިއެވެ.

އެހެންނަމަވެސް، މިއަދު އަޅުގަނޑުމެންނަށް ދިވެހި ރައްޔިތުންނަށް ފެނިގެންދާ ޙަޤީޤަތަކީ ހުރިހާ ކަމެއް ހުރިހާ ކަމެއް، ރައީސް، މައުމޫނުގެ ޒަމާނުގައި އޮތް މިންވަރަށް ވުރެ ވެސް ބޮޑަށް ސިއްރުކުރަމުން، ސިއްރުކުރަމުން ގޮސް، ފާޅުގައި އަދި އެކަންކަން އެހެން އެގޮތަށް ސިއްރުކުރަމުން ދަނިކޮށް ފާޅު އާއްމުންނަށް ހާމަވެގެންދާއިރު ވެސް އެއަށް ވުރެ ވެސް ބޮޑަށް ސިއްރުކުރެވޭތޯ ބަލަމުންދާކަން މިހާރު މި ފެނިގެންދަނީ. މިސާލަކަށް ތި ފާހަގަކުރިހެން މަޖިލީހުގެ މަޖިލިސް މެންބަރަކު ވަޒީރަކާ ސުވާލުކުރަން ފޮނުވީމާ އެ ފޮނުވާ ދުވަހުން ފެށިގެން ސާދަ ދުވަސް ތެރޭގައި ވަޒީރު ޖަވާބުދާރީވާން ޖެހޭ. އަދި އެކަން އެޖެންޑާކުރަން އެއީ މަޖިލީހުގެ ރައީސަށް އޮތް ގާނޫނީ ޒިންމާއެއް އެއީ އަދި އެ މަޖިލީހުގެ ރައީސަކީ ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ބޭފުޅެއްކަމުގައި ވިޔަސް އަދި ޕާޓީއެއް ހިންގާ ޕާޓީއަށް ނިސްބަތްވާ ބޭފުޅެއްކަމަށް ނުވިޔަސް އެކަން ކުރައްވަން ޖެހިވަޑައިގަންނަވާނެ.
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ

ޔައުގޫބް ވިދާޅުވީ މިއަދު ފެންނަން އޮތް ހަގީގަތެއް އެބައޮތް ކަމަށާއި އެއީ ރައީސް މުޢިއްޒު ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އަމުރު ނެރުއްވާފައި އެތާ އޮންނަ ވަޓްސަޕް ގުރޫޕުގައި ސަރުކާރަށް ނިސްބަތްވާ އެއްވެސް ވަޒީރެއް ވެސް އަދި ކުންފުންޏެއްގެ އެއްވެސް ވެރިއެއް މަޖިލީހަށް އެއްވެސް ގޮތަކަށް ރައީސްގެ މުޢިއްޒުގެ ރުހުން ނެތި ހާޒިރުކޮށްގެންނުވާނެ ކަމަށެވެ. އެހެންނަމަވެސް، އެ އަމުރަކީ އެއީ ރައީސުލްޖުމްހޫރިއްޔާ ކުރެއްވޭނެ އަމުރެއް ނޫން ކަމަށާއި، ރައްޔިތުންގެ މަޖިލީހަކީ ވަކި މިނިވަން ބާރެއް އަދި ޚާއްޞަ ގޮތެއްގައި ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް ފާރަވެރިވާން އޮންނަ ތަނެއް ނަމަވެސް މިއަދު ފެނިގެން ދަނީ، ރައްޔިތުންގެ މަޖިލީހަކީ ވެސް ރައީސް މުޢިއްޒުގެ މުށުތެރެއަށް ލައިގެން ހިންގަމުންދާ ކުޑަކުޑަ ޔުނިޓެއް ގޮތަށް ކަމަށް ޔައުގޫބު ވިދާޅުވިއެވެ.

އެހެންވީމާ، އޭގެ ނަތީޖާއަކީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ މަންދޫބުން ރައްޔިތުން ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރަން ސުވާލުތައް ހުށަހެޅީމަ އޭގެ ޖަވާބު ނުދީ ފިއްލަވައިގެން އުޅޭ މަންޒަރު. ދެން އެހިސާބަށް ދިޔައިމާ އަޅުގަނޑަށް ހީވަނީ މިއަދު އަޅުގަނޑުމެންނަށް ފެނުނީ އެމް.ޑީ.ޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އަދި އެމް.ޑީ.ޕީގެ މެންބަރުން ފިނޭންސް މިނިސްޓްރީގެ ދަށަށް ދިޔަތަން. މާދަމާ އަޅުގަނޑުމެންނަށް ފެނިގެންދާނެ ޢާއްމު ރައްޔިތުންނާ ވެސް ދާ ތަން. އެއީ ޢާއްމު ރައްޔިތުން، މި ދައުލަތަށް، މި ދައުލަތުގެ މާލިއްޔާއަށް އަންނަ ބަދަލުތައް މި ވަނީ ކިހިނެއްކަން އެނގެން އެބަޖެހޭ. އެންމެންނަށް ވެސް އެނގޭ ޙަޤީޤަތަކީ، މިދިޔަ އަހަރު ވެސް، މި އަހަރު ވެސް ފަންސާސް ހަ ބިލިއަނުގެ ބަޖެޓެއް ފާސްކޮށްފައި، އެ ފައިސާ މިދިޔަ އަހަރު ވެސް އެ ބަޖެޓަށް ވީނުވީއެއް ނޭނގި، އެ ބަޖެޓް އޭގެ ޖަވާބުދާރީވީ، މިނިސްޓަރެއް ނެތް.
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ

ޔައުގޫބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއެއް އެއްވެސް ތަނެއް ޖަވާބުދާރީވީ ނުކުރެވެ ކަމަށެވެ. އަދި ސުވާލުތައް ފޮނުވީމާ އޭގެ ޖަވާބެއް ނުލިބޭ ކަމަށާއި، 56  ބިލިއަން ރުފިޔާ ހުސްވެއްޖެ ކަމަށެވެ. އަދި އާއްމު ގޮތެއްގައި އެކަހަލަ ކަންކަން އެގޮތަށް ދައުލަތުގެ މާލިއްޔާގައި ހުންނަ ފައިސާ ޚަރަދުކުރާއިރު، އޭގެ ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

ރައީސް މުއިއްޒުޔައުގޫބް އަބްދުﷲރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުރައްޔިތުންގެ މަޖިލިސްރޯޑް ކޯޕަރޭޝަންސަރުކާރުގެ ހިއްސާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު