Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔުމްނު ވެއްޓުނު ހާދިސާ

ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން ނުވަ މީހެއްގެ ފޯނު ހިފަހައްޓައިފި

ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓި އަނިޔާވި އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 26 އެޕްރީލު 2025 | ހޮނިހިރު 12:03
ޔުމްނު ފުރާޅަށް ވެއްޓުނު ހާދިސާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފުލުހުން ބުނީ އެއ މައްސަލައާއި ގުޅިގެން މިހާރު ނުވަ މީހެއްގެ ފޯނު ހިފައްޓާފައިވާ ކަމަށް

ޔުމްނު ފުރާޅަށް ވެއްޓުނު ހާދިސާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފުލުހުން ބުނީ އެއ މައްސަލައާއި ގުޅިގެން މިހާރު ނުވަ މީހެއްގެ ފޯނު ހިފައްޓާފައިވާ ކަމަށް

އޭޕްރިލް 18 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފޯނު ހިފެހެއްޓުމުގެ އަމުރު ނަގާފައިވާ އެންމެންގެ ފޯނު މިހާރު ވަނީ ހިފަހައްޓާފައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިކަން ހާމަކޮށްފައި ވަނީ އެ ޚިދުމަތުން މީޑިއާތަކަށް ހިއްސާކުރި މެސެއްޖެއްގައި އެވެ.

Advertisement - newsAdvertisement

އެކަން ޔަގީން ކޮށްދިނުމަށް ފުލުހުމް ފޮނުވި މެސެޖުގައި ފުލުހުން ބުނީ 2025 އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފޯނު ހިފެހެއްޓުމުގެ އަމުރު ނަގާފައިވާ އެންމެންގެ ފޯނު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށާއި އެއީ ޖުމުލަ 9 މީހެއްގެ ފޯނު ކަމަށެވެ.

ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓި އަނިޔާވި، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އެވެ. އޭނާއާ އެކު އޭގެ ކުރީން އުޅުނީ ރައުދު އަހުމަދު ޒިލާލް އެވެ. އޭނާގެ އުމުރަކީ ވެސް 21 އަހަރެއެވެ.

އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ރައުދު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހާފަ އެވެ.

ފުލުހުން ކޯޓްގައި ބުނީ ތަހުގީގަށް އެެނގިފައިވާ ގޮތުގައި ރައުދު އާއި ޔުމްނު އާ މެދު ހަމަނުޖެހުމެއް އެ ރޭ ހިނގި ކަމަށެވެ. އަދި ޔުމްނު ވެއްޓުނު ހާދިސާއަށް ފަހު އޭގެ މާ ގިނައިރުތަކެއް ނުވަނީސް އޭނާ ކޮބައިތޯ ރައުދުއާ ސުވާލުކުރުމުން ވީތަނެއް ނޭނގޭ ކަމަށާ ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ބުނެފައިވާ ކަމަށެވެ.

ކޯޓް އަމުރުގައި ވަނީ ރައުދު ބަންދުކުރަން އަމުރުދިން ސަބަބުތައް ތަފްސީލުކޮށް ހިމަނާފަ އެެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު