Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-ޔަމަން ހަނގުރާމަ

ޔަމަނުން ފޮނުވި މިސައިލެއް އިސްރާއީލްގެ ޑިފެންސް ބާރުތަކުން ނައްތާލައިފި

މިސައިލް ފޮނުވުމާ ގުޅިގެން އިސްރާއީލްގެ އެކި ސަރަހައްދު ތަކުގައި ސަލާމަތީ ނުރައްކަލުގެ ސައިރަންތައް އިއްވާފައިވާ ކަމަށް އިސްރާއީލް ސިފައިންގެ ބަޔާނުގައި ބުނެފައިވެއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އެޕްރީލު 2025 | ހޮނިހިރު 05:51
މީގެ ކުރިން، ޔަމަން އިން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި މިސައިލް ހަމަލާ ފެންނަ މަންޒަރެއް

މީގެ ކުރިން، ޔަމަން އިން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި މިސައިލް ހަމަލާ ފެންނަ މަންޒަރެއް

އިސްރާއީލަށް އަމާޒުކޮށް ޔަމަނުން ފޮނުވާލި މިސައިލް ހަމަލާތަކެއް ނައްތާލާފައިވާ ކަމަށް، އިސްރާއީލް އަސްކަރިއްޔާ އިން ބުނެފި އެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ހޮނިހިރު ދުވަހުގެ ހެނދުނު ހާމަކޮށްފައިވާ ގޮތުގައި ޔަމަނުން ފޮނުވި މިސައިލް ހަމަލާއެއް އިސްރާއީލްގެ ސަރަހައްދަށް ވަނުމުގެ ކުރިން ނައްތާލާފައިވާ ކަމަށެވެ.

މިސައިލް ފޮނުވުމާ ގުޅިގެން އިސްރާއީލްގެ އެކި ސަރަހައްދު ތަކުގައި ސަލާމަތީ ނުރައްކަލުގެ ސައިރަންތައް އިއްވާފައިވާ ކަމަށް އިސްރާއީލް ސިފައިންގެ ބަޔާނުގައި ބުނެފައިވެ އެވެ.

އީރާނާ ގުޅުންހުރި ޔަމަނުގެ ހޫތީ އިން މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފަ އެއް ނުވެ އެވެ. ހޫތީންގެ ފަރާތުން ފާއިތުވި ދުވަސް ތަކުގައި ވަނީ އިސްރާއީލަށާއި، އިސްރާއީލާ ގުޅުންހުރި ކަނޑު ދަތުރު ފަތުރުގެ އުޅަނދު ފަހަރަށް ހަމަލާދީފަ އެވެ.

މިފަދަ ހަމަލާތައް އަމާޒު ކުރަނީ ޣައްޒާގައި އިސްރާއީލް އިން ދެމުން އަންނަ ހަމަލާތަކާ ގުޅިގެން، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ކަމަށް ހޫތީނުން ބުނެ އެވެ.

މި ހާދިސާއާ ގުޅިގެން އަދި އިތުރު މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ސަރަހައްދުގައި ކަންކަން ހަލަބޮލިވަމުންދާ މި ދަނޑިވަޅުގައި، މިފަދަ ހަމަލާތައް އިތުރު ވެދާނެ ކަމަށް ސަލާމަތީ މާހިރުން ލަފާ ކުރެ އެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި

20 މެއި 2017
ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި
29 އެޕްރީލު 2017

އުތުރުކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި

29 އެޕްރީލު 2017
އުތުރުކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި
24 އެޕްރީލު 2017

ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017
ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
05 އެޕްރީލު 2017

އުތުރު ކޮރެއާ އިން ޖަޕާނު ކަނޑަށް މިސައިލެއް ފޮނުވާލައިފި

05 އެޕްރީލު 2017
އުތުރު ކޮރެއާ އިން ޖަޕާނު ކަނޑަށް މިސައިލެއް ފޮނުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު