Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުކުރު ޚުތުބާ

އެންމެ ނުބައި މީހަކީ އެ މީހެއްގެ ގައުމު ޚަރާބުކޮށް، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ: ޚުތުބާ

އަނިޔާވެރިކަމާއި ފާޖިރުމަކުން ސިފަލިބިގެންވާ ބަޔަކަށް ވެސް ގައުމު އެއްގަލަކަށް ނޭރުވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 އެޕްރީލު 2025 | ހުކުރު 08:44
ހުކުރު ޚުތުބާ އަޑުއަހަނީ

ހުކުރު ޚުތުބާ އަޑުއަހަނީ

އެންމެ ނުބައި މީހަކީ އެ މީހެއްގެ ގައުމު ޚަރާބުކޮށް، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ ކަމަށް މަސްޖިދުއްނަބަވީގެ އިމާމު ޚަތީބު ފަޟީލަތުއްޝައިޚު ޞަލާހު އަލްބުދައިރު ދެއްވި ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

''ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއްކަމުގައިވާށެވެ'' މިމައުޟޫއަށް މަސްޖިދުއްނަބަވީގެ އިމާމު ޚަތީބު ފަޟީލަތުއްޝައިޚު ޞަލާހު އަލްބުދައިރު މަސްޖިދުއްސުލްތާނު މުހައްމަދު ތަކުރުފާނުލް އައުޒަމުގައި ދެއްވި ޚުތުބާގައި ވިދާޅުވީ އެންމެ ނުބައި މީހަކީ، އެ މީހެއްގެ ގައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގައިލައި، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ ކަމަށާއި، ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ގައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ ކަމަށެވެ. އަދި ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާ ހުތުބަހުން މުޚާތަބުކޮށް އަނިޔާވެރިވާ މީހުންނާއި، މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް އިންދައި، އެބައިމީހުންގެ ބަދަހި ސަފުތައް ވިސްސިވިހާލި ކޮށްލާ މީހުންނާއި، ތަންދޮރު ނުދަނެ ތިބެ ފަތުވާދީއުޅޭ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުމަކުން ސިފަލިބިގެންވާ ބަޔަކަށް ވެސް ގައުމު އެއްގަލަކަށް ނޭރުވޭނެ ކަމަށް ޚުތުބާގައި ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

ފުރެދުމާއި، ފަސާދައާއި، އިލްޙާދަށް ގޮވައިލައި، މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާމެދު ތިޔަބައިމީހުން ބިރުވެތިވުމަށާއި، ހިކުމަތްތެރިކަމާއި މެދުމިނުގައި ހިފަހައްޓުމަށް ޝައިޚު ޞަލާހު އަލްބުދައިރު ދެއްވި ޚުތުބާގައި ގޮވާލާފައިވެއެވެ.

ޚުތުބާގައި ވިދާޅުވީ މުސްލިމުންނަށް އުނދަގޫކޮށް، އެ މީހުންގެ މައްޗަށް ބާޠިލު ތުހުމަތުތައް ކޮށް ހަދައިގެން ނުވާނެ ކަމަށާއި، ދޮގު ބުހުތާން ވާހަކަތައް ފެތުރުމުގައި ބިރުވެތިވާންޖެހޭ ކަމަށެވެ.

އެކަކު އަނެކަކަށް ރަޙުމުކޮށް އޯގާވެރިވެ އުޅުމަކީ މަތިވެރި ކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ‎ މާނައީ: "ދެން އީމާންވެ، އަދި ކެތްތެރިވުމަށް އެކަކު އަނެކަކަށް ވަޞިއްޔަތް ކޮށް، އަދި މީސްތަކުންނަށް ރަޙުމު ބެހެއްޓުމަށް އެކަކު އަނެކަކަށް ވަޞިއްޔަތް ކޮށް އުޅުނުމީހުންގެ ތެރެއިން އޭނާ ވާނެތެވެ. ކަނާތްފަރާތުގެ މީހުންނީ، އެއުރެންނެވެ." އެހެންވީމައި ތިބާއީ އަމިއްލަ ނަފުސަށާއި، އެހެން މީހުންގެ މައްޗަށް އޯގާވެރި އަޅަކަށް ވާށެވެ! ތިބާގެ ޢިލްމުން ނުދަންނަ މީހުންނަށް އުގަންނައިދީ، އެ މީހުންގެ މައްޗަށް އޯގާވެރިވާށެވެ! ތިބާގެ މުދަލުން ފަގީރުންނަށް ހޭދަކުރާށެވެ! ބޮޑެތިމީހުންނަށް އިޙްތިރާމުކުރާށެވެ! ކުޑަކުދީންނަށް އޯގާވެރިވާށެވެ! ކުށުގެ ވެށީގައި އުޅޭ މީހުންނަށް މަގުދައްކާށެވެ! ޖަނަވާރުންނަށް ދާންދެން ތިބާ އޯގާވެރިވާށެވެ! ﷲގެ ރަހްމަތާ ކުއްތަންވެގެންވާ މީހުންނީ، އެ ކަލާނގެ ޚަލްޤުތަކުގެ މައްޗަށް އޯގާވެރިވާ މީހުންކަން ދަންނާށެވެ! އެފަދަ މީހުންނަށް މާތް ﷲ ރަހްމަތް ލައްވައި، އެ ކަލާނގެ ދީލަތިވަންތަކަމުގެ ގޮވައްޗަށް ވައްދަވާނެތެވެ. ކަށްވަޅުގެ ޢަޛާބާއި ނަރަކައިގެ ގިނި ހޫނުން މިންޖުކުރައްވާނެތެވެ. ޤިޔާމަތްދުވަހުގެ ބިރުވެރިކަމުން އަމާންކަން ދެއްވައި، އެ ކަލާނގެ ހިޔާވަހިކަން ދެއްވާނެތެވެ.
މަސްޖިދުއްނަބަވީގެ އިމާމު ޚަތީބު ފަޟީލަތުއްޝައިޚު ޞަލާހު އަލްބުދައިރު

ޝައިޚު ޞަލާހު އަލްބުދައިރު ދެއްވި ޚުތުބާގައި ވަނީ މާތްﷲއީ އަޅުތަކުންގެ ސިއްރުތައް ވަންހަނާކޮށްދޭ މީހުންގެ ސިއްރުތައް ވަންހަނާކޮށްދެއްވާ ރަސްކަލާނގެ ކަމަށާއި، އެ ކަލާނގެއީ މީސްތަކުންނަށް މައާފުކުރާ މީހުންނަށް ގިނަގިނައިން އަފޫކުރައްވާ، އެ މީހުންގެ ފާފަ ފުއްސަވާ ރަސްކަލާނގެ ކަމަށެވެ. އެއީ އެ ކަލާނގެ އަޅުތަކުން ކުރެ ރަހުމުހުރި އޯގާވެރީންގެ މައްޗަށް ނުހަނު އޯގާވެރި ރަސްކަލާނގެ ކަމަށާއި، ހިތް ހަރު، ހަރުކަށި މީހުން ދެކެ ކޯފާވެވޮޑިގެންވާ ރަސްކަލާނގެކަން ފާހަގަކުރައްވާފައެވެ.

މީހަކު އެހެން މީހުންގެ އަބުރަށް އަރައިގަނެ ފަޟީހަތްކުރުމާއިގެން ތެދުވެއްޖެނަމަ މާތް ﷲ އެމީހަކު ފަޟީހަތްކުރައްވާކަން ފާހަގަކުރައްވައި ޚުތުބާގައި ވިދާޅުވީ އެހެން މީހަކަށް ހެޔޮކަމެއް ލިބޭން ނޭދޭ މީހާ ހެޔޮކަމުން މަހްރޫމުކުރައްވާ ކަމަށާއި، މީހަކަށް ދަތިކޮށްފި މީހާއަށް ދަތިކުރައްވާ ކަމަށެވެ. އެހެން މީހަކަށް މަކަރު ހަދައި ކެހިދީފި މީހަކަށް އެކަމާ އެއްފަދަ ސަޒާ ދެއްވާ ކަމަށާއި، އަޅާ މީހަކާ މުއާމަލާކުރާ ގޮތަކަށް، ދުނިޔެއާއި އާޚިރަތުގައި ވެސް މާތް ﷲ އޭނާއާ މުއާމަލާ ކުރައްވާކަން ހަނދުމަކޮށްދެއްވިއެވެ.

ﷲގެ އަޅުތަކުންނަށް ފައިދާއެއް ކޮށްދިނުމަކީ އެންމެ މަތިވެރި ޚުލްޤެވެ. މީސްތަކުންނަށް ހެޔޮކޮށް ކަންތައްކުރާ މީހުން ދިރިއުޅޭނީ ޢިއްޒަތާއި ޝަރަފާއި ޤަދަރުވެރިކަމުގައެވެ. ފަހެ ތިބާއީ މީސްތަކުންނަށް ފައިދާހުރި، ހެޔޮފޯރުވައި އުޅޭ މީހަކަށް ވާށެވެ! ކީރިތި ރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "މީސްތަކުން ކުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން އެންމެ ބޮޑު މީހަކީ، މީސްތަކުންނަށް އެންމެ ފައިދާހުރި މީހާއެވެ. އަދި ﷲ ތަޢާލާ އެންމެ ރުހިވޮޑިގެންވާ ޢަމަލަކީ މުސްލިމެއްގެ ހިތަށް އުފާވެރިކަމެއް ގެނެސްދިނުމެވެ. ނުވަތަ އޭނާއަށް ޖެހިފައިވާ ބޮޑުކަމެއް ލުއިކޮށްދިނުމެވެ. ނުވަތަ އޭނާގެ ދަރަންޏެއް އަދާކޮށްދިނުމެވެ. ނުވަތަ އޭނާގެ ބަނޑުހައިހޫނުކަން ފިލުވައިދިނުމެވެ. އަހަރެންގެ އަޚާއަށް ޖެހިފައިވާ ކަމެއް ކޮށްދޭން މަސައްކަތްކުރުން މަސްޖިދުއްނަބަވީގައި އިޢުތިކާފަށް އިނުމަށް ވުރެ މާހެޔޮކަން ބޮޑެވެ.
މަސްޖިދުއްނަބަވީގެ އިމާމު ޚަތީބު ފަޟީލަތުއްޝައިޚު ޞަލާހު އަލްބުދައިރު

ތިބާގެ އެހީތެރިކަމާއި، ދީލަތިކަމާއި، ހޭދަކުރުން ދޫކޮށްނުލުމަށާއި، ތިބާ މުށްބާރުނުކުރުމަށް ޝައިޚު ޞަލާހު އަލްބުދައިރު ދެއްވި ޚުތުބާގައި ގޮވާލައްވާފައިވެއެވެ. އަދި ބޭނުމެއް ޖެހިގެން އަތްދިއްކޮށްލާ މީހާއަށް ކުޑަނަމަވެސް ހެޔޮކަމުގެ އަތެއް ދިއްކޮށްލުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ދުނިޔެއަކީ ދެމިހުރުން ހުރިތަނެއް ނޫން ކަމަށާއި، ކޮންމެ މީހަކީ މި ދުނިޔެ ދޫކޮށް ދާނޭ މީހެއް ކަމަށެވެ. އަދި ގޮސްނިމިފައިވާ މީހެއްގެ ދަރިއެކެވެ. ޒަމާނަކީ ހޭދަވާ ރޭދުވާފަދަ ވަގުތުކޮޅެކެވެ.

މަރު އޮތީ ދާދި ގާތުގައިކަން ފާހަގަކުރައްވައި، ޝައިޚު ޞަލާހު އަލްބުދައިރު ދެއްވި ޚުތުބާގައި ވިދާޅުވީ ދިރިހުރި އިންސާނާ ލާ ކޮންމެ ނޭވާއަކީ، އޭނާގެ ނަފުސު މަރާ ގާތްކޮށް، ދުނިޔެއަށް އަލްވަދާޢުކިޔާ ނޭވާއެއް ކަމަށެވެ. އަދި އިންސާނާ ނޭވާހޮޅިއަށް އެޅިއްޖައުމަށް ދާނދެން ތައުބާގެ ދޮރުކޮޅު ހުޅުވިފައިވާ ކަމަށާއި، ތައުބާވުން ގިނަ ކުރުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު