Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޖަލަށް ފޯނާއި ޑްރަގް ވެއްދުން

ޖަލަށް ފޯނާއި ޑްރަގް ވެއްދުން - އަހަރެއް ވާ އިރު ވެސް މުވައްޒަފުން ވަކިކުރުމާއި މެދު ގޮތެއް ނުނިމޭ!

ދިވެހި ފުލުހުންގެ ހިދުމަތާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަހުގީގެއް ހިންގައި މައްސަލައިގައި 5 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް 2024 އޮގަސްޓު 22 ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 އެޕްރީލު 2025 | އަންގާރަ 09:40
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުން

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުން

ޖަލަށް ފޯނާއި ޑްރަގާއި އެހެނިގެން ސާމާނު ވެއްދުމުގެ ތުހުމަތުކުރާ 13 ކަރެކްޝަންސް މުވައްޒަފުންގެ މައްސަލަ ފެންމަތިވިތާ އަހަރެއް ވާ އިރު ވެސް މުވައްޒަފުން ވަކިކުރުމާއި މެދު ގޮތެއް ނުނިމޭކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައި ވަނީ ކަރެކްޝަންސްގެ ފަރާތުން އަންގާރަ ދުވަހު މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ހާމަ ކުރި މައުލޫމާތުތަކުންނެވެ.

Advertisement - newsAdvertisement

ޖަލަށް ފޯނާއި ޑްރަގާއި އެހެނިގެން ސާމާނު ވެއްދުމުގެ މައްސަލަ އެއް ފެންމަތިވެ އެކަމާއި ގުޅޭ ބޮޑު ތަހުގީގެއް ކުރަމުންދާ ކަން ހޯމް މިނިސްޓަރ އަލީ އިހުސާން ހާމަކުރެއްވީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށް 13 މީހަކު ހައްޔަރު ކުރިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން އެ ސަރވިސްގެ ވަޒީފާގައި ތިބެ، ގާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބުތަކާއި ހިލާފުވެ، އަދާކުރި ވަޒީފާގައި ހިންގާ ހުއްދަނޫން ކަންކަމުން މާލީ މަންފާ ހޯދައި، ވަޒީފާއާއި ނުބައްދަލު ފައިސާގެ މުއާމަލާތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވިގެން ދިވެހި ފުލުހުންގެ ހިދުމަތާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަހުގީގެއް ހިންގައި މައްސަލައިގައި 5 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް 2024 އޮގަސްޓު 22 ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އަދި މައްސަލައިގައި ދައުވާ އުފުލާފައިވާ ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ޝަރުތުތަކާއެކު ދޫކޮށްލުމުގެ އިއުތިރާޒެއް ނެތްކަމަށް ދައުލަތުން ވަނީ މިދިޔަ އޮކްޓޯބަރ މަހު މި މައްސަލައިގައި ބުނެފައެވެ.

މި މައްސަލަ އަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވަނީ އެ މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބެއް ސާފުކުރުމަށް ސުވާލުކޮށްފައެވެ. އެގޮތުން ހައްޔަރު ކުރި ކަރެކްޝަންސްގެ 13 މުވައްޒަފުން އެ ޚަބަރުގެ ސަބަބުން ކަރެކްޝަަންސްގެ ހުރިހާ މުވައްޒަފުން ބަދުނާމުވާ ކަމަށް ޒިޔާދު ވިދާޅުވިއެވެ. ޒިޔާދު ވަނީ އެ ތަހުގީގު ލަސްވާތީ ކަރެޝަންސް އިން ކަންބޮޑު ނުވޭތޯ ސުވާލު އުފައްދާފައެވެ.

ޖަވާބުގައި ކަރެކްޝަންގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް، އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ އެ މައްސަލައިގައި ފުލުހުން ކުރަމުންދާ ތަހުގީގާއި މެދު އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ. އެހެންނަމަވެސް ފުލުހުން އެ މައްސަލަ ތަހުގީގު ކުރިއަސް ކަރެކްޝަންސް އިން އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ޤާނޫނުގައި ބުނާ އިދާރީ ފިޔަވަޅު އަޅާނެ. ފުލުހުން މައްސަލަ ބެލިއަސް ޑިސިޕްލިން ބޯޑުން މައްސަލަ ބަލާނެ. ބަލަމުން ދަނީ. ބަލާފަ ގޮތެއް ނިންމާނެ." އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ރ. އުނގޫފާރު، އައިވަރީހައުސް، ޖިނާހު އަބްދުއްރަހީމް އާއި ކ. މާފުށި، ބީޗްހައުސް، އަލީ ހިޝާމް އާއި ހދ. ނޭކުރެންދޫ، ތަރާނާގެ، އަލީ ނާޒިމް އާއި ގއ. ވިލިނގިލި، ކުއްޅަވައްގެ، މުހައްމަދު ފަތޫހު ފަތުހުﷲގެ އިތުރުން ނ. ލަންދޫ، ކާމިނީގެ، އަލީ އަސްފާގުއެވެ.

ޕީޖީ އޮފީހުން ބުނީ، އޭގެ ތެރެއިން 3 މީހަކާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް ދައުލަތުން ނިންމާފައިވާ ކަމަށެވެ. އެއީ އަލީ ނާޒިމް، ތަރާނާގެ/ ހދ. ނޭކުރެންދޫ، މުހައްމަދު ފަތޫހު އަބްދުﷲ، ކުއްޅަވައްގެ /ގއ. ވިލިނގިލި، އަދި އަލީ އަޝްފާގު، ކާމިނީގެ/ނ. ލަންދޫއެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުގައި ބަންދު މުރާޖާކުރުމަށް ބޭއްވި އަޑުއެހުމުގައި ދިފާއުން ވަނީ މި މައްސަލައިގައި ހިމެނޭ ޒަޔާން ބަންދުކުރި ކުރުން އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އޭނާ މިނިވަން ވެފައިވާ ކަމަށް ފާހަގަކޮށްފައެވެ. އަދި އޭނާ މިނިވަންވެފައިވަނީ މާފުށީ ކޯޓަށް ހާޒިރުނުކޮށް ކްރިމިނަލް ކޯޓަށް ގެނައުމުން ކަމަށް ދިފާއީ ވަކީލު ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ޝަރީއަތް ނިމެންދެން އޭނާގެ މުވައްކިލުން ވެސް ބަންދުން ދޫކޮށްލުމަށް ވަނީ އެދިފައެވެ.

އެރު ބޭއްވި އަޑުއެހުމުގައި ދައުލަތުންވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އޮތް އޮތުން ބަދަލުކޮށް އެމީހުން ދޫކޮށްލުމަށެވެ. ނަމަވެސް ދޫކޮށްލާނީ ޝަރުތުކުރުމަށްފަހުގައި ކަމަށް ދައުލަތުން ވަނީ އެދިފައެވެ. އަދި އެމީހުންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށްވެސް ދައުލަތުން ވަނީ އެދިފައެވެ. އެއީ ރާއްޖެ ދޫކޮށް ފިލައި ގޮސްދާނެކަމުގެ ބިރު އޮތުމުންނެވެ.

ދައުލަތުން ޝަތުރުކުރުމަށް އެދުނު ކަންކަމުގެ ތެރޭގައި އެ މީހުން ޝަރީއަތަށް ހާޒިރުވާނެ ކަން ޔަގީންކުުރުމަށާއި ޝަރީއަތަށް ހުރަސްއެޅޭ ފަދަ ކަމެއް ނުކުރުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު